Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިހިސްގެ ޕަބްލިކް ޕޯޓަލް އިފްތިތާހްކުރުން

އަމިއްލަ ސިއްހީ ހުރިހާ މައުލޫމާތެއް ލިބޭ ޕޯޓަލް ތައާރަފް ކޮށްފި

26 ޑިސެމްބަރު 2024 | ބުރާސްފަތި 04:45

މި ޕޯޓަލްގައި 01 ޖެނުއަރީ 2025 އިން ފެށިގެން އުފަންވާ ތުއްތު ކުދިންގެ ވެކްސިން ކާޑުގައި ހުންނަ މައުލޫމާތު ފެންނަން ހުންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޑިސެމްބަރު 2024 | ބުރާސްފަތި 04:45
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މި ޕޯޓަލް އިފްތިތާހް ކޮށްދެއްވަނީ

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މި ޕޯޓަލް އިފްތިތާހް ކޮށްދެއްވަނީ

"މޯލްޑިވްސް އިންޓެގްރޭޓެޑް ހެލްތު އިންފޮރމޭޝަން ސިސްޓަމް" ( މިހިސް ) ގެ ޕަބްލިކް ޕޯޓަލް އިފްތިތާހްކޮށްފިއެވެ.

ބުދަ ދުވަހު މި ޕޯޓަލް އިފްތިތާހް ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

Advertisement - newsAdvertisement

"މިހިސް" ގާއިމުކުރުމުގެ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގައި މައުލޫމާތު އެއްކުރުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކުގައި ހިމެނޭ މައުލޫމާތު އެއްހަމަކޮށް، ސިއްހީ މައުލޫމާތު އެއްތަނަކުން ފޯރުކޮށްދިނުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ. މި ޕޯޓަލްގެ މަގުސަދަކީ އާންމުންނަށް މުހިންމު ސިއްހީ މައުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ރައްކާތެރިކަމާއިއެކު އަދި ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މި ޕޯޓަލް އިފްތިތާހް ކޮށްދެއްވާ މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖެ އުފެދިފައި އޮންނަގޮތުން ކުދި އާބާދީތަކަށް ފޯރުކޮށްދޭ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިއީ އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ޕޯޓަލްއިން މައުލޫމާތުތައް ފެނުމަކީ ބަލި ޖެހިއްޖެ ހާލަތެއްގައިވެސް އަމިއްލަ ސިއްހީ ހާލަތު ގާތުން ބަލައި ލިބެންޖެހޭ ފަރުވާތައް ހޯދުމަށް އަމިއްލައަށް ބާރުވެރިވެގެންދާނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މި ޕޯޓަލްގައި 01 ޖެނުއަރީ 2025 އިން ފެށިގެން އުފަންވާ ތުއްތު ކުދިންގެ ވެކްސިން ކާޑުގައި ހުންނަ މައުލޫމާތު ފެންނަން ހުންނާނެއެވެ.

އެގޮތުން ޑިޖިޓަލް ވެކްސިނޭޝަން ކާޑާއި، ހެދި ބޮޑުވުމުގެ ޗާރޓާއި ހެދިބޮޑުވަމުންދާ މިންވަރު ދެނެގަނެވޭނެ ހަރުފަތްތަކާއި ކުއްޖާއަށް ދޭ ވިޓަމިން އޭ އަދި ފަނިބޭހުގެ މައުލޫމާތު ބެލެނިވެރިންނަށް މި ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ. މީގެ އިތުރުން ހެދިބޮޑުވަމުންދާ މިންވަރު މޮނިޓަރކޮށް، ވެކްސިން ޖަހަންޖެހޭ ދުވަސް ކަރިވުމުން ބެލެނިވެރިންނަށް ހަނދާންކޮށްދިނުމަށް މި ސިސްޓަމް މެދުވެރިކޮށް ނޮޓިފިކޭޝަން ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ހެލްތް މިނިސްޓްރީން ބުނީ ޕްރައިމަރީ ހެލްތު ކެއަރ މޮޑިއުލް ރޯލްއައުޓް ކުރަމުންދާ އަތޮޅު ތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެފަރާތެއްގެ މައުލޫމާތު މި ޕަބްލިކް ޕޯޓަލް އިން ފެންނަން ހުންނާނެ ކަމަށެވެ. އަދި ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމްގައި އެންރޯލްވެފައިވާ ފަރާތްތަކުގެ ތެރެއިން ފޮލޯއަޕް ހަދަންޖެހޭ ފަރާތްތަކަށް ޑޮކްޓަރަށް ދައްކަންޖެހޭ ދުވަސް ކައިރިވުމުން ނޮޓިފިކޭޝަނެއް ލިބޭނެ ކަމަށެވެ. ކުރިމަގުގައި މި ޕޯޓަލް އިތުރަށް ފުޅާކޮށް، އާންމު ސިއްހަތާއި ގުޅުން ހުރި މައުލޫމާތުތަކުގެ އިތުރުން ޑޮކްޓަރަށް ދައްކައިގެން ހޯދަމުންދާ ފަރުވާ އާއި ޑައިގްނޯސްޓިކްސް ޓެސްޓު ތަކުގެ ނަތީޖާތައްވެސް ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން، ރާއްޖޭގައި ހުންނަ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އިސްވެރިންވެސް ބައިވެރިވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް