Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެދޮރުވެރިޔާ ސްކީމް

ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި ދައުވާ ކުރުމާމެދު މަޝްވަރާ ފަށައިފި

25 ޑިސެމްބަރު 2024 | ބުދަ 18:46

ދައުވާ ކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދެން ކުރަންޖެހޭ މަސައްކަތްތައް ވަރަށް އަވަހަށް ކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޑިސެމްބަރު 2024 | ބުދަ 18:46
ފްލެޓުތައް ދޫނުކޮށް ހިފަހައްޓަމުންދާތީ އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރަނީ

ފްލެޓުތައް ދޫނުކޮށް ހިފަހައްޓަމުންދާތީ އާއްމުން އޭސީސީ އަށް އެއްވެ ނުރުހުން ފާޅުކުރަނީ

ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ މަސައްކަތް ކުރި ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމާ މެދު މަޝްވަރާ ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނުންަ ތަހުގީގު ކުރަމުން އަންނަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދޫކުރުމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާއެކު ރަސްމީކޮށް އެ ކޮމިޝަނުން ޑިއުޓީ ޕްރޮސިކިއުޝަން ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އާއްމު މަސްލަހަތު ބޮޑު މި މައްސަލައިގެ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާ ނިންމައި ދައުވާ ކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދެން ކުރަންޖެހޭ މަސައްކަތްތައް ކޮމިޝަނުން ވީ އެންމެ އަވަހަކަށް ކުރަމުން ގެންދާނެ ކަމަށް ވެސް އޭސީސީ ގެ ބަޔާނުގައި ބުނެއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4,000 ފްލެޓް ލިބޭ ފަރާތްތައް ގެޒެޓްކޮށް، އޭގެ ތެރެއިން 3,778 ފަރާތާއެކު ކުރީ ސަރުކާރުން އެގްރީމެންޓް ވެސް ވަނީ ހަދާފައެވެ. ނަމަވެސް ކުރީ ސަރުކާރުން އެކުލަވާލި ފްލެޓު ލިސްޓުގެ ބޮޑު ޕަސެންޓެއް ޝަރުތު ހަމަ ނުވާ ކަމަށް އޭސީސީ އިން އިއުލާން ކުރީ 5 ފެބްރުއަރީ 2024 ގައެވެ. އަނެއް ކޮޅުން މައްސަލައެއް ނެތް ފަރާތްތަކަށް ފްލެޓުތައް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހައުސިންގ މިނިސްޓްރީ އަށް އޭސީސީ އިން ލަފާދީފައިވާއިރު، މިހާތަނަށް އެމަސައްކަތް ވެސް ހައުސިންގ މިނިސްޓްރީ އިން ކޮށްފައެއް ނުވެއެވެ. އަދި ސަރުކާރުން ވަނީ ފްލެޓް ލިސްޓުގެ މައްސަލަ ބަލާ ދެ ކޮމިޓީއެއް ވެސް އުފައްދާފައެވެ. ނަމަވެސް އެ ކޮމިޓީތަކުގެ މަސައްކަތުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައި ނުވާއިރު، ސޯޝަލް މީޑިއާ ގައި ދައުރުވާ ވާހަކަތަކަށް ބަލާއިރު ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ބޮޑުން ރުހޭ ބަޔަކަށް ފްލެޓް ތައް "ބަހާލުމުގެ" މަސައްކަތް ކުރަމުންނެވެ.

ކުރީ ސަރުކާރުން ދޫކުރި ފްލެޓްތަކަށް މުއިއްޒުގެ ސަރުކާރުން ހަދާ ނުހަދާ އެއް ނޭނގޭތީ އާއި ފްލެޓުތައް ދޫކުރާނެ ދުވަހެއް ވެސް ނޭނގޭތީ ގިނަ އަދަދެއްގެ އާއްމު ރައްޔިތުން އަންނަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިސްތިއުފާއަށް ގޮވާ ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ.

ފްލެޓް ގެ މަސައްކަތުގައި ކުރީ ސަރުކާރުން ޝާމިލުވި ފާރާތްތައް އެންމެ ފަހުން ކުށްވެރިންނަށް ހަދަން މުއިއްޒު ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވައުދުވެވަޑައިގެންފައިވަނީ ކުރީ ސަރުކާރުން ފްލެޓާއި ގޯތި ދީފައިވާ ފަރާތްތަކަށް އެއްވެސް ބަދަލެއް ގެނައުމެއްނެތި އެ ތަކެތި އެމަނިކުފާނުގެ ވެރިކަމެއްގައި ހަވާލު ކުރައްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް