Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމިހާތަނަށް ހެއްދި އެންމެ ބަރު ބަރަބޯ

އެމެރިކާގެ ދަނޑުވެރިއަކު 1200 ކިލޯއަށްވުރެ ބަރު ބަރަބޮލެއް ހައްދައިފި

ބަރަބޯ ހެއްދި މީހާއަށް ވަނީ އިނާމަކަށް 30 ހާސް އެމެރިކާ ޑޮލަރު ލިބިފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 11 އޮކްޓޯބަރު 2023 | ބުދަ 15:06
މިނެސޯޓާގެ ދަނޑުވެރިޔާ ހެއްދި ބަރަބޯ

މިނެސޯޓާގެ ދަނޑުވެރިޔާ ހެއްދި ބަރަބޯ

އެމެރިކާގެ މިނެސޯޓާގެ ދަނޑުވެރިއަކު 1،247 ކިލޯގެ ބަލަބޮލެއް ހައްދައި، ރިކޯޑެއް ގާއިމްކޮށްފިއެވެ. ހޯޓިކަލްޗަރ (ނުވަތަ ޚާއްސަ ގޮތްގޮތަށް ގަސްހެއްދުމުގެ އިލްމުގެ) ޓީޗަރެއް ކަމަށްވާ ޓްރެވިސް ގިއެންގަރ ބުނިގޮތުގައި އޭނަހެއްދި ބަރަބޯ އެހާ ބޮޑުވެފައިވަނީ ވެޔޮގަޑަށް ޚާއްސަ ފަރުވާއެއް ދީ، އަދި ދުވާލަކު 12 ވަރަކަށް ފަހަރު ފެންދީ، ކާނާއަޅައި ބެލެހެއްޓުމުގެ ސަބަބުންނެވެ. ކެލިފޯނިޔާގައި އޮންނަ ޕަމްކިން ވޭއޯފް ވަރލްޑް ޗެމްޕިއަންޝިޕަށް ބަރަބޯ ގެންދިއުމުން އިނާމަކަށް އޭނާއަށް ވަނީ 30 ހާސް އެމެރިކާ ޑޮލަރު ލިބިފައެވެ.

ގިއެންގަރ ހެއްދި ބަރަބޮލަށް އޭނާ ދީފައިވާ ނަމަކީ މައިކަލް ޖޯޑަންއެވެ. އޭނާ ބުނިގޮތުގައި އެނަން ބަރަބޮލަށް ދިނީ، މައިކަލް ޖޯޑަންއަކީ ބާސްކެޓްބޯޅާގައި އެންމެ "ބޮޑު" ކުޅުންތެރިޔާއަށް ވާއިރު، އޭނާ ހެއްދި ބަރަބޮލަކީވެސް އެންމެ ބޮޑު ބަރަބޮލަށް ވާތީއެވެ.

މި ބަރަބޮލުގެ ބަރުދަން، މީގެކުރިން ރިކޯޑް ލިބުނު ބަރަބޮލަށްވުރެ 21.31 ކިލޯ ބަރެވެ.

ދަނޑުވެރިޔާ މި ބަރަބޯ ވެޔޮ އިންދާފައިވަނީ އެޕްރިލް 10 ވަނަ ދުވަހު ކަމަށް ވެއެވެ. އަދި މިދިޔަ ހަފުތާގައި ބަރަބޯ ކެނޑުމާ ހަމަޔަށް، ގަސްކާނާއާއި ފެނާއި އަދި އެހެނިހެންވެސް ފަރުވާއަށް 15ހާސް ޑޮލަރު، ވެޔޮގަނޑަށް ޚަރަދުކޮށްފައި ވާކަމަށް ވެއެވެ.

އުމުރުން 43 އަހަރުގެ ގިއެންގަރއަކީ ބަރަބޯ ހައްދައި، އެޔަށް ބަދަލުތައް ގެނައުމަށް ޚާއްސަ ޝައުގުވެރިކަމެއް ހުންނަ މީހެކެވެ. "ޓީނޭޖް" އުމުރުން ފެށިގެން އޭނާ މިކަން ކުރާކަމަށްވެއެވެ. އަދި ތިން ފަހަރު އިނާމު ހޯދާފައި ވާކަމަށް ވެއެވެ.

އެންމެ ބަރު ބަރަބޮލެއް ކިރުމުގެ މުބާރާތް ފަށާފައިވަނީ 1974 ވަނަ އެމެރިކާގެ ކެލިފޯނިޔާގެ ދެ ސިޓީއެއްގެ ދެމެދުގައި މިކަމުގައި އުފެދުނު ވާދަވެރި ކަމެއްގެ ތެރެއިން، މަޖަލަކަށް ކަމަށްވެއެވެ. ނަމަވެސް މިހާރު މިކަން މި ވަނީ ވަރަށް ސީރިއަސްކޮށް ކުރިއަށްގެންދާ ކަމަކަށް ބަދަލުވެފައެވެ.

ގިއެންގަރ ބުނިގޮތުގައި އޭނާ ހެއްދި ބަރަބޯ ގެނައީ 23 ނަމްބަރު ޖަހާފައިވާ ޖަރޒީއެއްވެސް ލައްވައިގެންނެވެ. އެއީ 2023 ވަނަ އަހަރާ ގުޅުވާލާފައެވެ. އަދި އެއީ މީހުން ހެއްވައިލުމަށް ކުރި ކަމެއް ކަމަށް އޭނާ ބުނެފައި ވެއެވެ. (:

ދަނޑުވެރިކަން

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު

25 ސެޕްޓެމްބަރު 2025
ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު
05 ސެޕްޓެމްބަރު 2025

ދ އަތޮޅު ކައުންސިލުން 50 މިލިއަން ރުފިޔާއަށް އެއަތޮޅު މިނިމަސްގަލި ކުއްޔަށްދީފި

05 ސެޕްޓެމްބަރު 2025
ދ އަތޮޅު ކައުންސިލުން 50 މިލިއަން ރުފިޔާއަށް އެއަތޮޅު މިނިމަސްގަލި ކުއްޔަށްދީފި
20 އޯގަސްޓު 2025

2 އަހަރުގެ ތެރޭގައި މި ސަރުކާރުން ތޮއްޑޫއަށް ކުރި ކަމަކީ ސިއްހީ މަރުކަޒުގެ ނަން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ވައުދާއި އެއްބަސްވުންތަކެއްގައި ސޮއިކުރުން

20 އޯގަސްޓު 2025
2 އަހަރުގެ ތެރޭގައި މި ސަރުކާރުން ތޮއްޑޫއަށް ކުރި ކަމަކީ ސިއްހީ މަރުކަޒުގެ ނަން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ވައުދާއި އެއްބަސްވުންތަކެއްގައި ސޮއިކުރުން
25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
27 އެޕްރީލު 2024

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!
29 ނޮވެމްބަރު 2023

ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމާއި ބެހޭގޮތުން މަޝްވަރާކޮށްފި

29 ނޮވެމްބަރު 2023
ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
07 އެޕްރީލު 2023

"ަސަބްސިޑީ" އަށް ވުރެ ފޮނި އެތައް ކަމެއް ދަނޑުވެރިންނަށް

07 އެޕްރީލު 2023
"ަސަބްސިޑީ" އަށް ވުރެ ފޮނި އެތައް ކަމެއް ދަނޑުވެރިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު