Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޑީސީން ލެޕްޓޮޕްތައް ގެއްލުން

އެޗްޑީސީން ވަގަށްނެގި ލެޕްޓޮޕްތައް ހޯދިއްޖެ: ފުލުހުން

24 ޑިސެމްބަރު 2024 | އަންގާރަ 03:25

އެޗްޑީސީން ފަސް ލެޕްޓޮޕް ވަގަށްނެގި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހޯމަ ދުވަހު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 24 ޑިސެމްބަރު 2024 | އަންގާރަ 03:25
އެޗްޑީސީ އޮފީސް ހުންނަ އިމާރާތް

އެޗްޑީސީ އޮފީސް ހުންނަ އިމާރާތް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަގަށްނެގި ލެޕްޓޮޕްތައް މިހާރު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭ 09:43 ހާއިރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ އެޗްޑީސީއިން ފަސް ލެޕްޓޮޕް ވަގަށްނެގި މައްސަލަ ފުލުހުންނަށް ހޯމަ ދުވަހު ރިޕޯޓުކުރިކަމަށާއި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

އެއަށްފަހު ފުލުހުންގެ ތަރުޖަމާނު އޭސީޕީ އަހްމަދު ޝިފާން ވިދާޅުވީ ލެޕްޓޮޕްތައް ގެއްލުނު ކަމަށް ބުނާ މައްސަލަ ހުށަހެޅީ އެޗްޑީސީއިން ކަމަށާއި އެ ފަސް ލެޕްޓޮޕަކީ ފަރުކޮޅުފުށީގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުގައި ހުރި ފަސް ލެޕްޓޮޕް ކަމަށެވެ. އަދި އެކަމުގައި ތުހުމަތުކުރެވޭ މީހާ ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިކަމަށްވެސް ސީޕީ ޝިފާން ވިދާޅުވިއެވެ.

ތުހުމަތުކުރެވޭ މީހާ ފުލުހުންނަށް އެއްބާރުލުން ދެމުން އަންނަކަން ޝިފާން ހޯމަ ދުވަހުގެ ރޭ ހާމަކުރެއްވުމަށްފަހު އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ވިދާޅުވީ މިހާރު އެ ފަސް ލެޕްޓޮޕް ރިކަވަރ ކުރެވިފައިވާކަމަށެވެ.

ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޓީޑީސީ)ން ވަގަށް ގޯތިތަކެއް ދިން މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަމުންދަނިކޮށް، އެ ކުންފުނިން ލެޕްޓޮޕްތަކެއް ވަގަށް ނެގިކަން ފުލުހުން ހާމަކުރީ ހޯމަ ދުވަހުގައެވެ.

ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދޫކޮށްގެން އުޅޭ މައްސަލައިގެ ތަހުގީގު ފުލުހުން އަންނަނީ ހިންގަމުންނެވެ. ގޯތިތައް ދޫކޮށްފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ކަމަށް ހަދައިގެން ކަމަށް ހާމަވެފައިވާ ލިޔެކިޔުންތަކުންނެވެ. ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެޗްޑީސީ އިން ވަގަށް ދޫކުރި ގޮތިތަކަށް ދީފައިވަނީ ފޯޖުކޮށްފައިވާ ލިޔުންތަކެކެވެ.

ވަގަށް ގޯތި ދިން ފަރާތްތަކުގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލް ރަޝީދު ހިމެނެއެވެ. އޭނާ އަށް ބިންވެރިޔާ ސްކީމްގެ ދަށުން ނުލިބޭ ބިމެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ކަން ފަޅާއަރާފައިވާއިރު، ހައުސިން މިނިސްޓްރީ އިން އާއްމުކޮށްފައިވާ ލިސްޓުގައި ފަޒީލް ރަޝީދު ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތުހަމަނުވާކަން ހާމަވެއެވެ.

ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ ވަގު ޑޮކިއުމެންޓް ހަދައިދިންކަންވަނީ ކަށަވަރުވެފައެވެ.

ހުޅުމާލެއިން "ބިންވެރިޔާ" ސްކީމް ގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ގޯތިތަކެއް ވަގަށް ދިން މައްސަލަ ފަޅާ އެރުމާއެކު، އެޗްޑީސީ ގެ ތެރެއިން ހިނގަމުންދާ ވައްކަމާ، ޚިޔާނާތާއި މަކަރު ހީލާތް ހެދުމުގެ އެތައް ކަމެއް ދަނީ ފެންމަތިވަމުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއެޗްޑީސީއެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
04 ޑިސެމްބަރު 2025

ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟

04 ޑިސެމްބަރު 2025
 ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް