Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިން ވައްކަން

ބިން ވިއްކުމުގެ ބޮޑު ވައްކަން ފަޅާ އަރާފައި ވަނިކޮށް، އެޗްޑީސީގައި މަސައްކަތް ކުރާ 14 މުވައްޒަފަކު ވަކިކޮށްފި ކަމަށް ބުނެ ލިޔުންތަކެއް ދައުރުވާން ފަށައިފި

ނާސިފް އެ ސިޓީގައި ސޮއި ކުރައްވާފައިވަނީ، އެޗްއާރު ހެޑް ސޮއިކުރަން ދެކޮޅު ހެދުމާ ގުޅިގެން މައުލޫމާތު ލިބޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2024 | އާދީއްތަ 11:33
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މަސައްކަތް ކުރަމުންދިއަ މުވައްޒަފުންތަކެއް ވަކިކޮށްފި ކަމަށް ބުނެ ލިޔުންތައް ދަނީ ދައުރުވަމުން

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މަސައްކަތް ކުރަމުންދިއަ މުވައްޒަފުންތަކެއް ވަކިކޮށްފި ކަމަށް ބުނެ ލިޔުންތައް ދަނީ ދައުރުވަމުން

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މަސައްކަތް ކުރަމުންދިއަ 14 މުވައްޒަފެއް އަވަސް އަރުވާލައިގެން ވަކިކޮށްފި ކަމަށް ބުނެ ލިިޔުންތަކެއް ދައުރުވާން ފަށައިފިއެވެ.

ހަސަން ކުރުސީ ނަމަކަށް ކިޔާ އެކްސް އެކައުންޓަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެޗްޑީސީގައި މަސައްކަތް ކުރަމުންދާ 14 މުވައްޒަފަކު ކުއްލި ގޮތަކަށް ވަކިކޮށްފައިވާ ކަމަށް އަންގާފައިވަނީ އާދިއްތަ ދުވަހު އެވެ. އެ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން އުވާލި ކަމަށް ބުނާ ލިޔުމެއް ވެސް ވަނީ އާއްމުކޮށްފައެވެ.

Advertisement - newsAdvertisement

އެޗްޑީސީގެ ޗެއަރޕާސަން އަޙުމަދު ނާސިފް ސޮއިކުރައްވާފައިވާ އެ ސިޓީގައި ބުނެފައިވަނީ، ވަޒީފާއާއި ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ހަވާލާދީ، ވަޒީފާއާއި ބެހޭ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. ނާސިފް އެ ސިޓީގައި ސޮއި ކުރައްވާފައިވަނީ، އެޗްއާރު ހެޑް ސޮއިކުރަން ދެކޮޅު ހެދުމާ ގުޅިގެން ކަމަށްވެސް ބުނެފައިވެއެވެ.

ހުޅުމާލެއިން "ބިންވެރިޔާ" ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ގޯތިތަކެއް ވަގަށް ދިން މައްސަލަ ފަޅާ އެރުމާއެކު، އެޗްޑީސީ ގެ ތެރެއިން ހިނގަމުންދާ ވައްކަމާ، ޚިޔާނާތާއި މަކަރު ހީލާތް ހެދުމުގެ އެތައް ކަމެއް ދަނީ ފެންމަތިވަމުންނެވެ.

އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރ މައުރޫފް ޖަމީލު މިއަދު އައްޔަނު ކުރި ނަމަވެސް، މި ސިޓީތަކުގައި އަވަސް އަރުވާލައިގެން ސޮއި ކޮށްފައިވަނީ، މައުރޫފް ވަޑައިގަތުމުގެ ކުރިން ކަމަށް ސޯޝަލް މީޑިއާގެ މަސްދަރުތަކުން ބުނެފައިވެއެވެ. އެކްސްގައި ދައުރުވާ މައުލޫމާތުތަކުން އިނގޭ ގޮތުގައި، ޗެއަރމަން ބޭނުންފުޅުވަނީ މި މަޤާމުތަކަށް އޭނާގެ އަމިއްލަ މީހުން ލެއްވުމަށް ޖާގަ ހުސްކުރުމަށް ކަމަށާއި، އަދި މިހާ އަވަސް އަރުވާލައިގެން ނާސިފް މި ސިޓީތަކުގައި ސޮއިކުރެއްވީ ކަމެއް ފޮރުވަންތޯއާއި، އޭނާގެ މަޤްޞަދަކީ ކޮބައިތޯ ވަނީ ސުވާލު އުފައްދާފައެވެ.

ނާސީފް މި ސިޓީތަކުގައި ސޮއިކުރައްވާފައިވަނީ، ކޮމްޕެނީ ސެކްރެޓަރީ، ކޯޕަރޭޓް ލީގަލް ހެޑް އަދި ޗީފް އިންޓަރނަލް އޮޑިޓަރު އޭނާއަށް އެއްވެސް ސިޓީއެއްގައި ސޮއިނުކުރުމަށް ލަފާދެއްވާފައި ވަނިކޮށް ކަމަށް ދައުރުވާ މައުލޫމާތު ތަކުގައި ބުނެފައިވެއެވެ.

ނާސިފަކީ ނޮން-އެގްޒެކެޓިވް ޑިރެކްޓަރެއް ކަމަށާއި، މިފަދަ ސިޓީތަކުގައި ސޮއިކުރުމުގެ ބާރު އޭނާ އަށް ލިބިގެން ނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ސޯޝަލް މީޑިއާގެ މަސްދަރުތަކުގައި، އެޗްޑީސީގެ ބައެއް މުވައްޒަފުންގެ ލިސްޓެއް ފުލުހުން ދީފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

މުވައްޒަފުންތަކެއް ވަކި ކުރި މައްސަލަ އާއި ގުޅިގެން ޤާނޫނީ ވަކީލު އަހުމަދު މައުރޫފް އެކްސްގައި ލިޔުއްވާފައިވަނީ، އެޗްޑީސީ މިހާރުވެސް އެ ދަނީ ޤާނޫނާ ހިލާފުވަމުން ކަމަށެވެ.

ދައުރުވަމުންދާ ލިޔުމަށް އިޝާރާތްކުރައްވާ މައުރޫފް ވިދާޅުވެފައިވަނީ، ޗެއަރމަން އަކީ ބޯޑުގެ ނަން-އެކްޒެކެޓިވް މެންބަރެއް ކަމަށާއި، ކުންފުނީގެ އެތެރޭގެ ހިންގުމުގެ ކަންކަމުގައި ގޮތް ނިންމައި، ލިޔެކިޔުމުގައި ސޮއިކޮށް ނުހެދޭނެ ކަމަށެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ހަވާލާދީ ޓާރމިނޭޓް ކުރި ކަމަށް ބުނާއިރު، އެ މައްދާތަކުގައި އޮތީ، ނޯޓިހެއް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއި، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުތަކުގައި ކަމަށެވެ. މި 2 ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ކަން އަންގައި، އެ މުވައްޒަފަކު ވަޒިކުރާ ސަބަބު ސާފުކޮށް ބަޔަންކޮށްދޭންޖެހޭނެ ކަމަށެވެ. 2 މާއްދާއަކަށް ހަވާލާދިނަކަސް، އެއީ ކޮން ކަމެއްކަން މުވައްޒަފުންނަށް ސާފެއްނުވާނެ ކަމަށާއި، ޖާވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ނުދީ އިދާރީ ފިޔަވަޅެއް ނޭޅޭނޭ ކަމަށް މައުރޫފް ވިދާޅުވެފައިވެއެވެ.

ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަން (substantive fairness) އަދި އިޖުރާއީ އަދުލުވެރިކަން (procedural fairness) ގާއިމުކުރުމަކީ ޤާނޫނީގޮތުން ލާޒިމުކަމެއް ކަމަށް ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ، އެ ބަޔަކު މަގާމުތަކުގައި ތިބުމުގެ ސަބަބުން، ހިނގަމުންދާ ތަހުގީގަކަށް ހުރަސްއެޅޭނެ ކަމަށް ބެލެވެންޏާ އެ މުއްދަތައް މަސްއޫލިއްޔަތުން އެކަހެރި ކުރެވިދާނެ ކަމަށެވެ. ތަހުގީގު ނިމުމުން، އެމީހަކު ހިޔާނާތްވީކަން ނުވަތަ އެފަދަ ކަމެއްގައި ބައިވެރިވީކަން ނުވަތަ އިތުރަށް މަގާމުގައި ބަހައްޓައިފިނަމަ ތަނުގެ ހިންގުމަށް ދަތިވެދާނެކަމަށް ތަހުގީގުން ފާހަގަކުރެވިއްޖެ ނަމަ، ސަބަބު އަންގައިދިނުމާއެކު ވަޒީފާއިން ވަކިކުރެވިދާނެ ކަމަށެވެ.

މި ލިޔުމުގައި މި އޮތީ، ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެންނަން "މި ކޯޕަރޭޝަނުން ނިންމައިފައި" ވާ ކަމަށް ކަމަށާއި، އެހެން ކަމަށްވާނަމަ ބޯޑު ރެޒޮލިޔުޝަނެއް އޮންނަންވާނެ ކަމަށެވެ. އަދި ކޯޕަރޭޝަނުގެ ނިންމުމެއް ކަމަށްވާނަމަ ނިންމޭނީ، ޑިރެކްޓަރުންގެ ބޯޑުގެ ރެޒޮލިޔުޝަނަކުން ކަމަށްވާއިރު، ވަޒީފާއިން ވަކިކުރި މީހުން ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައި، ކޯޕަރޭޝަނުގެ ނިންމުން" ނިންމި ބޯޑު ރެޒޮލިޔުޝަން ކޮބައިތޯ ސުވާލުކުރެވިދާނެ ކަމަށެވެ. އޭރުން ދައްކާނެ އެއްޗެއް ނޯންނާނެ ކަަމަށް މައުރޫފް ވިދާޅުވިއެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ހަވާލާދިނަސް، އެފަދަ ހާލަތެއް މެދުވެރިވިކަން ބަޔާންކޮށްދިނުން އެޗްޑީސީގެ މައްޗަށް ލާޒިމުވާނެ ކަމަށް މައުރޫފް އިތުރަށް ފާހަގަކޮށްފައިވެއެވެ. ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކުރަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއް ކަމުގައި ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ބެލެވޭނެކަމަށެވެ.

ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ ވަގު ޑޮކިއުމެންޓް ހަދައިދިންކަން ކަށަވަރުވެ، އެޗްޑީސީ އަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވަނީ އިސްތިއުފާދެއްވައިފައެވެ.

ހުޅުމާލެއިން ގޯތި ވިއްކުމުގެ ބޮޑު ވައްކަން ފަޅާ އަރާ އެކަމާ ގުޅުންހުރި އެކި ވާހަކަތައް ތިލަވަމުން ދަނިކޮށް މީގެ 2 ހަފްތާ ކުރިން ވެސް ކުރީ ސަރުކާރުގެ ނަމުގައި ވަގު ޑޮކިއުމެންޓް ހަދައިދީގެން ހައުސިންގ ޑިވެލޮމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގޯތި ވިއްކި ކަން ރާއްޖެއެމްވީ އަށް ވަނީ ކަށަވަރުވެފައެވެ.

ބިން ފޭރުންއެޗްޑީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު