Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޯތި ވައްކަން

ކުރީ ސަރުކާރުގެ ނަމުގައި ވަގު ޑޮކިއުމެންޓް ހަދައިދީގެން މި ސަރުކާރުގެ ތެރެއިން ވިއްކި 5 ގޯތި ގަތް މީހެއްގެ ވާހަކަ

އެންމެ 65،000 ރުފިޔާގެ ރޭޓުން 1250 އަކަފޫޓޫގެ 5 ބިން މީގެ ދެ ހަފްތާ ކުރިން އެޗްޑީސީން ވަނީ ވިއްކާފައި

ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2024 | ހޮނިހިރު 10:36
ކުރީ ސަރުކާރުގެ ނަމުގައި ވަގު ޑޮކިއުމެންޓް ހަދައިދީގެން މި ސަރުކާރުން ވިއްކި ގޯތީގެ މައްސަލަ

ކުރީ ސަރުކާރުގެ ނަމުގައި ވަގު ޑޮކިއުމެންޓް ހަދައިދީގެން މި ސަރުކާރުން ވިއްކި ގޯތީގެ މައްސަލަ

ހުޅުމާލެއިން ގޯތި ވިއްކުމުގެ ބޮޑު ވައްކަން ފަޅާ އަރާ އެކަމާ ގުޅުންހުރި އެކި ވާހަކަތައް ތިލަވަމުން ދަނިކޮށް މީގެ 2 ހަފްތާ ކުރިން ވެސް ކުރީ ސަރުކާރުގެ ނަމުގައި ވަގު ޑޮކިއުމެންޓް ހަދައިދީގެން ހައުސިންގ ޑިވެލޮމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގޯތި ވިއްކި ކަން ރާއްޖެއެމްވީ އަށް ކަށަވަރު ވެއްޖެއެވެ.

ހުޅުމާލެއިން ގޯތި ގަތް މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީ އަށް ވަރަށް ތަފްސީލު ކޮށް ކިޔައިދިން ގޮތުގައި އޭނާ 1250 އަކަފޫޓުގެ ގޯތި ގަތީ އެންމެ 65،000 ރުފިޔާގެ ރޭޓުންނެވެ. އޭނާ ވަނީ އެ ބޮޑުމިނުގެ 5 ބިން އެޗްޑީސީ އިން 5 މީހަކަށް ގަނެދީފައެވެ.

Advertisement - newsAdvertisement

މި ބިންތަކުގެ ވަގުތީ ރަޖިސްޓްރީ ވެސް އެޗްޑީސީން އޭނާއަށް ވަނީ ހަދާދީފައެވެ. ބިންތަކުގެ ރަޖިސްޓްރީ ހަދައިދިނުމުގެ ކުރިން ރަޖިސްޓްރީ ހަދައިދެވޭނީ ބެކްޑޭޓަށް ކަމަށާއި، ކުރީގެ ހައުސިން މިނިސްޓްރީގެ ނަމުގައި ކަމަށް އެމީހުން އޭނާ ގާތު ބުނި ކަމަށް އޭނާ ކިޔައިދިނެއެވެ.

"ރައްޓެއްސަކު އެއްދުވަހަކު އަޅުގަނޑަށް ގުޅަނީ. ގުޅާފަ އޭނާ ބުނަނީ ހިޔާ ފްލެޓުން ފްލެޓަކާ، ވިނަރެސް ފްލެޓުން ފްލެޓެއް އޭނާ ގަތް ވާހަކަ. އޭނާ އެހެން ބުނީމާ އަޅުގަނޑު ބުނިން މަށަކަށް ނެތްހޭ. ބުނީމަ އޭނާ ބުނީ ހިޔާ ފްލެޓްގެ ފްލެޓެއް ބޭނުމިއްޔާ 35،000 ޕޭ ކޮށްލާށޭ. ބުނީމަ އަޅުގަނޑު 35،000 ޕޭ ކޮށްލައިފިން. ދެން ބުނީ ވިނަރެސް ފްލެޓެއް ބޭނުންހޭ. އަޅުގަނޑު އެހިން ކިހާ ވަރަކަށްހޭ. އޭނާ ބުނީ ކަލޭ ވެއްޖިއްޔާ 120،000 ޕޭ ކޮށްލާށޭ. ދެން އަޅުގަނޑު ޕޭ ކޮށްލައިފިން. ދެން އެހީ މިހާރު މިއުޅޭ 4،000 ހައުސިން ޔުނިޓުން ފިހާރަ އެއް ބޭނުންހޭ. އަޅުގަނޑު ބުނިން ކިހާ ވަރެއްހޭ. އޭނަ ބުނީ 80،000 ރުފިޔާ އޭ. ދެން އެވެސް ޕޭ ކޮށްލައިފިން. ދެން އެހީ ރައީސް ސާލިޙް އެޅުއްވި 4000 ފްލެޓުން ފްލެޓެއް ޔަގީން ކުރަން ބޭނުންހޭ. އަޅުގަނޑު އެހިން ކިހާ ވަރަކަށް ހޭ. އޭނާ ބުނީ 35،000 ޕޭ ކުރީމަ ލިސްޓަށް ލައިދޭނަމޭ. އަޅުގަނޑު ބުނިން ލިސްޓަށް ނާރުވަނީސް ޕޭ ނުކުރާނަމޭ. އެކަމަކު އެ ލާރި އަޅުގަނޑު އޮގަސްޓް މަހު ޕޭ ކުރިން. ނޮވެމްބަރު މަހާ ހަމައަށް އައި އިރުވެސް ލިސްޓު އާއްމު ނުކުރުމުން އަޅުގަނޑު އޭނާ ކައިރީ ބުނީ ނޮވެމްބަރު 25 ހަމައަށް ލިސްޓު އާއްމު ނުކޮށްފި ނަމަ އެ ލާރި ބޭނުމޭ. ދެން އަޅުގަނޑު އަޑި އަޑިން ބެލި އިރުން އެކަން ކުރިއަކަށް ނުދޭ. ދެން އެހެން އުޅެނިކޮށް އަޅުގަނޑާ ދިމާވީ އަސްލު މިކަން ކުރާ އެޗްޑީސީގެ ބޭފުޅާއާ. ދެން އޭނާއާ ވާހަކަ ދެއްކުމުގެ ތެރޭގައި އޭނާ ބުނީ ބްރޯ ބޭނުންވަނީ ކޮންކަމެއްހޭ. އަޅުގަނޑު ބުނިން ބޭނުންވަނީ ބިމެކޭ. އޭނާ ބުނީ 65،000 ރުފިޔާ ޕޭ ކޮށްލާށޭ. ދެން އަޅުގަނޑު އެ ޕޭކޮށްލީ. އެއީ 1250 އަކަ ފޫޓުގެ ގޯއްޗަކަށް. ދެން އެމީހުން ރަޖިސްޓްރީ ގެނެސް ދިނީ. އޭގައި އޮތީ 1250 އަކަ ފޫޓު ކަމަށް. އެކަމަކު އޭގައި ހުރި އަދަދުތައް ކަލްކިއުލޭޓް ކޮށްލީމާ ވަނީ 2200 އަކަފޫޓް، އެހެންވެ އަޅުގަނޑު ބުނިން މި ފޭކޭ. ދިމައެއް ނުވެއޭ. ބޭނުމެއް ނޫނޭ. ދެން އެމީހުން އެ ގެންގޮސް ތިން ދުވަސް ފަހުން ރަނގަޅު ކޮށްގެން ގެނެސްދިނީ." ރާއްޖެއެމްވީ އާ ވާހަކަ ދައްކަމުން އޭނާ ކިޔައިދިނެވެ.

ބެކްޑޭޓްގައި ދިނުމުން މައްސަލަ ނުޖެހޭނެތޯ އެމީހުން ގާތު ނާހަންތޯ ރާއްޖެއެމްވީން ސުވާލު ކުރުމުން އޭނާ ބުނީ އެވާހަކަ އެހިން ކަމަށާއި، އެމީހުންގެ ޖަވާބަކަށް ވީ ކުރީގެ ސަރުކާރުން ހުޅުމާލެއިން ދޫކުރަންޖެހޭ ގޯތިތައް ލިބޭ ފަރާތްތައް ކަނޑައަޅާފައި އޮތުމުން މިއަހަރު ލީގަލީ އެމީހުންނަށް އެކަން ކުރެވެން ނެތުމުން މި ގޮތަށް މިކަން ކުރަނީ ކަމަށެވެ.

އޭނާ އަށް ދިން ގޯތި މި ދެނީ ފޭސް 3ން ކަމަށާއި، ފޭސް 2ން ކުރީ ސަރުކާރުން ދީފައި ހުރި ގޯތި ތަކުގެ ތެރެއިން 160ށް ގޯތި އެހެން ދިމާތަކަށް ބަދަލު ކުރަން ޖެހޭތީ އެ ބަދަލު ކުރާއިރު އޭނާގެ ގޯތި ވެސް އޭގެތެރެ އަށް ފައްތާލަ ދީ ފޭސް 2 ށް ބަދަލުކޮށްދޭނެ ކަމަށެވެ.

ހިޔާ ފްލެޓާށާއި، ވިނަރެސް ފްލެޓަށް ޕޭ ކުރި ފައިސާއަށް ވީ ކިހިނެއްތޯ ސުވާލުކުރުމުން އޭނާ ބުނީ ހިޔާ ފްލެޓް ފަހުން އޭނާ ދޫކޮށްލީ ކަމަށާއި، އެކަމަކު ވިނަރެސް ފްލެޓް ލިބި އެއްބަސްވުން ހަދާ، އެއްބަސް ވުމުގައި ސޮއި ވެސް ކުރިކަމަށެވެ. އެއްބަސްވުމުގައި ސޮއި ކުރީ އެޗްޑީސީގެ މި ވައްކަން ފަޅާއެރި ދުވަހުގެ ކުރީ ދުވަހު ކަމަށެވެ.

ހުޅުމާލޭގެ ފޭސް 2ން މި ގޮތަށް ޖުމްލަ 5 ބިމެއް އޭނާ ގަނެ އެޗްޑީސީން ބެކްޑޭޓްގައި ކުރީ ސަރުކާރުގެ ނަމުގައި ރަޖިސްޓްރީ ހަދާ އޭނާއަށް ރަޖިސްޓްރީ ހަވާލުކޮށްދީފައިވާ ކަން ރާއްޖެއެމްވީއަށް އޭނާ ކަށަވަރުކޮށް ދިނެވެ. ރާއްޖެއެމްވީ އަށް ފެނިފައިވާ ރަޖިސްޓްރީގައިވާ ގޮތުން، ރަޖިސްޓްރީގައި ކޮށްފައި އޮތީ ކުރީގެ ހައުސިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމްގެ ސޮއެވެ.

އެޗްޑީސީގެ ގޯތީގެ ބޮޑު ވައްކަމާ ގުޅިގެން ކުރީ ސަރުކާރާއި އެ ސަރުކާރުގެ އިސްވެރިންގެ ބޮލުގައި މިކަން އެޅުވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތަކެއް ރައްޔިތުން ކުރަމުންދާއިރު، މިކަމާ ގުޅުންހުރި ހަގީގީ މައުލޫމާތު ދަނީ ފެންމަތިވަމުންނެވެ.

ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަން ބިން ފޭރުންއެޗްޑީސީސަރުކާރުގެ ޚިޔާނާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު