Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ޚިޔާނާތް

ފުލުހުންގެ އިކޮނޮމިކް ކްރައިމްގެ ހެޑް ރަޖުނީގެ އަނބިމީހާ އަށް ގަވައިދާ ޚިލާފަށް ވިނަރެސް ފްލެޓް ލިބުނު ކަމުގެ ތުހުމަތު

މި މައްސަލައިގައި އޭނާ ޖަވާބުދާރީވާން ޖެހޭ ކަމަށާއި، ވަގު ގޯތީ ގެ މައްސަލައިގެ ތަހުގީގުން އޭނާ ދުރުވާން ޖެހޭ ކަމަށް ވެސް އާއްމުން ދަނީ ބުނަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2024 | ހޮނިހިރު 04:12
 ފުލުހުންގެ ނޫސްވެރިންގެ  ބައްދަލުވުން

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން

ފުލުހުންގެ އިކޮނޮމިކް ކްރައިމްގެ ހެޑް ސްޕްރިޑެންޓް ރަޖުނީ ޝުޢައިބު އަށާއި އޭނާގެ އަނބިމީހާ އަށް ވިނަރެސް ފްލެޓް ލިބުނު ކަމަށް ބުނާ "ޑޭޓާ" ތަކެއް ސޯޝަލް މީޑިއާ ގައި ދައުރުވާން ފަށައިފިއެވެ.

މިކަން އާންމުގެ ސަމާޅު ކަމަށް އައިސްފައި ވާއިރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން ބިންވެރިޔާ ސްކީމަށް ޝަރުތުު ފުރިހަމަ ނުވާ އަދި ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމްގެ ދަށުން ގޯތިތަކެއް ދިން މައްސަލަ ވަނީ ފަޅާ އަރާފައެވެ.

ވަޒީރުންގެ ފެންނވަރުގައި ޑރ. މުއިއްޒު މަގާމު ދެއްވާފައިވާ އެޗްޑީސީ ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު، ގަވައިދާ ޚިލާފަށް ގޯތި ލިބުނު މީހުންގެ ތެރޭގައި ހިމެނޭ އިރު، މި މައްސަލަ ތަހުގީގު ކުރާ ޓީމުގައި ރަޖުނީ ޝުއައިބު ހިމެނޭކަން ވަނީ ފާހަގަ ކުރެވިފައެވެ.

ރަޖުނީ އަކީ މިފަދަ މައްސލަަތައް ބަލާ އިކޮނޮމިކް ކްރައިމްގެ އިސް ފަރާތް ވެސް މެއެވެ.

ރަޖުނީގެ ދެމަފިރިންނަށް ވިނަރެސް ފްލެޓް ލިބުނު ކަމަށް ބުނާ ޑޭޓާތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާޢިރު މިކަމާއި ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އެއްވެސް ފަރާތަކުން މިކަން ދޮގުކޮށްފައެއް ނުވެއެވެ.

ރަޖުނީގެ ދެމަފިރިންނަށް ފްލެޓް ލިބުނު އިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަށީގެންވާ އަދަދަކަށް ފުލެޓް ނެތުމުގެ ސަބަބުން، ޝަރުތު ހަމަވާ ވަރަށް ގިނަ މީހުންނަށް ވިނަރެސް ފްލެޓް ގަތުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.

މި މައްސަލަ ފެންމަތިވެފައިވާާއިރު، ނު އަގުގައި އިއުލާނު ކުރުމެއް ނެތި ސަރުކާރު ހިންގާ ޕާޓީގެ ބައެއް މަޖިލިސް މެމްބަރުންނަށާއި، ސަރުކާރުގެ ބައެއް ވެރިންނަށް ހުޅުމާލެ އިން ބިން ވިއްކި މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.

ސަރުކާރުގެ ތެރޭގައި ހިނގަމުން ދާ ސީރިއަށް ކަރަޕްޝަން މައްސަލަތައް ހާމަ ކުރަމުންދާ އެކައުންޓް "ހަސަންކުރުސީ" އެކްސް ގައި ކޮށްފައިވާ ޕޯސްޓުގައ ވަނީ ރަޖުނީ އަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ރަޖުނީގެ އަނބިމީހާ ޒުހުދާ އަށް ވިނަރެސް ފްލެޓް ލިބުނީ އެކަމަށް އެދި ހުށަހަޅާފައި ނުވަނީސް ކަމަށް ވަނީ ބުނެފައެވެ.

އަދި އެކަން ހިނގާފައިވަނީ އުސޫލާއި ޚިލާފަށް ސުވާލު އުފެދޭ ފަަދަ ގޮތަކަށް ކަމަށާއި އެކަން ކޮށްފައި ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

ހުޅުމާލެ އިން ގަވައިދާ ޚިލާފަށް ގޯތި ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ވަކި މިސްރާބަކަށް ތަހުގީގު ގެންދާކަމަށް އާއްމުން ދަަނީ ތުހުމަތުކުރަމުންނެވެ. އަދި ފުލުހުން މި މައްސަލަ ސިޔާސީ ކުރަމުން ދާ ކަމަށް ވެސް ބައެއް އާއްމުން ދަނީ ބުނަމުންނެވެ.

އާއްމުން ވަނީ މިކަމާއި ގުޅިގެން ރަޖުނީގެ އަނބިމީހާ އަށް ފްލެޓް ލިބުނު ގޮތް ތަހުގީގުކުރުމަށް ގޮވާލާފައެވެ. އަދި މި މައްސަލައިގައި އޭނާ ޖަވާބުދާރީވާން ޖެހޭ ކަމަށާއި، މިހާރު ހިންގަމުންދާ ވަގަށް ގޯތި ދިން މައްސަލަތަކުގެ ތަހުގީގުން އޭނާ ދުރުވާން ޖެހޭ ކަމަށް ވެސް އާއްމުން ދަނީ ބުނަމުންނެވެ.

އެޗްޑީސީޕޮލިސްސަރުކާރުގެ ޚިޔާނާތް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު