Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ޚިޔާނާތް

އެޗްޑީސީގެ ކަރަޕްޝަންގެ ޒިންމާ ރައީސް މުއިއްޒު ނަންގަވަން ޖެހޭނެ: އަލީ ހުސެއިން

ބޯޑަށް އެނގުމެއް ނެތި ފަޒުލް ގެ އަނބިކަނބަލުންނަށް ބިމެއް ވިއްކި

ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2024 | ހުކުރު 15:05
މުއިއްޒު، ފަޒުލް އަދި ފަޒީލް (ކ)

މުއިއްޒު، ފަޒުލް އަދި ފަޒީލް (ކ)

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި ހިނގާފައިވާ ކަރަޕްޝަންގެ ޒިންމާ ރައީސް މުހައްމަދު މުއިއްޒު ނަންގަވަން ޖެހޭނެ ކަމަށް ކުރީގެ މަޖިލިސް މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ، އެޗްޑީސީ ގެ ކުރީގެ ޗެއަރމަން މީގެ އެތައް މަހެއް ކުރިން އެ ކޯޕަރޭޝަންގެ ތެރޭގައި ހިނގަމުންދާ ކަރަޕްޝަންގެ ކަންކަން ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްފައި ވީ ނަމަވެސް އެކަންކަމާ އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާ މައްސަލައިގައި ސޯޝަލް މީޑިއާ ގައި ކުރެއްވި ކޮމެންޓެއްގައެވެ.

Advertisement - newsAdvertisement

"ރައީސުލް ޖުމްހޫރިއްޔާ ގެ ސަމާލުކަމަށް މިކަން މީގެ 6 މަސް ކުރިން ގެނެވިފައި ވަނިކޮށް އެއްވެސް ފިޔަވަޅެއް ނާޅުއްވައި ހުންނެވުމަކީ މި ހުރިހައި ކަމަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ޒިންމާވާންޖެހޭނެ ކަމެއް." އަލީ ހުސެއިން ލިޔުއްވާފައިވެއެވެ.

އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު މި ދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ތާރީޚުގައި ރައީސް މުއިއްޒު އަށް ފޮނުއްވި ހަތް ސަފްހާގެ ދިގު ސިޓީގައި އެޗްޑީސީގެ އެތެރޭގައި ހިނގަމުންދާ ކޮރަޕްޝަންގެ ވަރަށް ގިނަ ވާހަކަތައް ފާހަގަ ކުރައްވާފައިވެއެވެ.

ޒުހޫރު ވިދާޅުވާ ގޮތުގައި އެޗްޑީސީގެ އެތެރެއިން ކަންކަން ވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ދޭ މީހާއަށެވެ.

"ތަކުރާރުކޮށް ވިޔަފާރިވެރިންނާއި އާންމުންގެ ފަރާތުން އަޑުއިވެނީ އެޗްޑީސީން ކަމެއް ވަނީ ފައިސާ ދޭ މީހާ އަށް ކަން މަނިކުފާނުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ޒުހޫރު މަގާމުން ވަކި ކުރި ފަހުން މުއިއްޒަށް ފޮނުއްވި ސިޓީގައި ލިޔުއްވާފައިވެއެވެ.

ޒުހޫރު މަގާމުން ވަކި ކުރެއްވީ މި އަހަރުގެ މޭ މަހުގެ ތެރޭގައެވެ.

ޒުހޫރު ވިދާޅުވެފައިވަނީ ފަޒުލްގެ ހަމައެކަނި ބޭނުމަކީ އަމިއްލަ ބޭނުމަށް ފައިސާ ހޯދުން ކަމަށެވެ.

ވިނަރެސް ފްލެޓް ދިނީ ވެސް ރިޝްވަތު ދޭ މީހުންނަށް ކަމަށާއި، ބިމާއި ފްލެޓް އަޅަން ފުރުސަތު ދެނީވެސް ރިޝްވަތު ދޭ ފަރާތްތަކަށް ކަމަށް އަޑުތައް އިވިފައިވާ ކަމަށް ޒުހޫރު ލިޔުއްވާފައިވެއެވެ.

ޒުހޫރުގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުން، ފަޒުލް އެޗްޑީސީ ހިންގަވަމުން ގެންދަވަނީ އޭނާ އަށް ފެންނަ ގޮތަކަށެވެ. ބޯޑު މެމްބަރުން ލައްވާ ކަންކަން ކުރުވަނީ "ރައީސް ކުރައްވާ ކަމެއް" ގެ ގޮތުގައި މެމްބަރުންނަށް އަންވައިގެންނެވެ. އޭގެ އިތުރުން ކޯޕަރޭޝަންގެ ބޯޑަށް އެނގުމެއް ނެތި ފަޒުލް ގެ އަމިއްލަ ފައިދާ އަށް އެތައް ކަމެއް ގެންދެވީ ކުރައްވަމުންނެވެ.

ބޯޑަށް އެނގުމެއް ނެތި ފަޒުލް ގެ އަނބިކަނބަލުންނަށް ބިމެއް ވިއްކާ، އެ ބިމުގެ އަގު ފަސް އަހަރުން ދައްކާ ގޮތައް ހައްދަވައިދެއްވިކަން ފާހަގަ ކުރައްވާފައިވެއެވެ.

އޭގެ އިތުރުން ފަޒުލް ގެ މަސްލަހަތު ހުންނަ ކުންފުނިތަކަށް ބޮޑެތި ބިންތައް އެކުންފުނިތަކުން އެދޭ ގޮތައް ހަމަ ޖައްސައި ދިނުމާއި، ބިން ބަދަލު ކޮށްދިނުމާއި، ބިން ލާޖެއްސުން ފަދަ ކަންކަން ކޮށްދެއްވާފައިވެއެވެ. މީގެ ތެރޭގައި  ވެސްޓްޕާކްގެ ބަދަލުގައި ހުޅުމާލޭން ތިން ބިމެއް އެއްވެސް އުސޫލެއް ނެތި ފަޒުލް ހަމަ ޖައްސައިދެއްވި ކަމަށާއި އެމްޑަބްލިއުއެސްސީ އަށް ދީފައިވާ ބިމެއް ނަގައި ފަޒުލްގެ މަސްލަހަތު އޮންނަ ކުންފުންޏަށް އެ ބިން ދީފައިވާ ކަން ޒުހޫރު ވަނީ ފާހަގަ ކުރައްވާފައެވެ.

ޒުހޫރު ވިދާޅުވެފައިވާ ގޮތުގައި ލަގްޒަރީ ހައުސިންގެ މަޝްރޫއެއް ހިންގަން ފަސް ކުންފުންޏަކާ ހަވާލު ކުރި އިރު އެއިން ކޮންމެ ޕްރޮޖެކްޓަކުން ވެސް މިލިއަން ޑޮލަރު ވަނީ ނަގާފައެވެ.

ޒުހޫރު ވިދާޅުވެފައިވަނީ އެޗްޑީސީގެ ތެރޭގައި ކަރަޕްޝަންގެ މައްސަލަތަކުގެ މައުލޫމާތު ރައީސަށް ދަންނަވަން ފުރުސަތަކަށް އެދިވަޑައިގެންނެވި ނަމަވެސް އޭނާ ވަޒީފާ އިން ވަކި ކުރެއްވި އިރުވެސް އެފުރުސަތު ރައީސް ނުދެއްވި ކަމަށެވެ. ޒުހޫރުގެ ސިޓީގައި ވިދާޅުވީ އޭނާ މަގާމުން ވަކި ކުރެއްވި އިރު ކަން ހިނގާފައިވާ ގޮތް އެއްވެސް ވަރަކަށް ބައްލަވާފައި ނުވާ ކަމަށެވެ.

ޒުހޫރު މީގެ ހައެއްކަ މަސް ކުރިން ރައީސް މުއިއްޒު އަށް ފޮނުއްވި ކަންބޮޑުވުމުގެ ސިޓީ ގެ ވާހަކަތައް މީޑިއާ ގެ ސަމާލު ކަމަށް މިއައީ ހުޅުމާލެއިން ގަވައިދާ އުސޫލުތަކާ ޚިލާފަށް ބަޔަކަށް ގޯތި ތަކެއް ދޫކުރުމުގެ އިތުރުން މާކެޓް ރޭޓަށް ވުރެ ކުޑަ އަގުގައި އިއުލާނު ކުރުމެއް ނެތި ސަރުކާރު ހިންގާ ޕާޓީ އަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންނަށާއި، ސަރުކާރުގެ ނުފޫޒު ގަދަ ބައެއް ފަރާތްތަކަށް ހުޅުމާލެއިން ބިން ވިއްކި ސީރިއަސް މައްސަލަތަކެއް ފެންމަތިވި ދަނޑިވަޅެއްގައެވެ.

ސަރުކާރުގެ ޚިޔާނާތްއެޗްޑީސީއިބްރާހީމް ފަޒުލް ރަޝީދު ބިން ފޭރުން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު