Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ފީފާ އަދި ސަރުކާރުން ވެސް ކުލަބުތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރު ކޮށްދެނީ

24 ޑިސެމްބަރު 2024 | އަންގާރަ 04:00

ފީފާ އިން އަންނަނީ އެއް މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ދިނުމަށް މަސައްކަތް ކުރަމުންނެވެ. އަދި ސަރުކާރުން އަންނަނީ 1.5 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ދިނުމަށް މަސައްކަތް ކުރަމުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޑިސެމްބަރު 2024 | އަންގާރަ 04:00
ކުޅިވަރު ވަޒީރު ރާފިޢުއާ ބައްދަލު ކުރެއްވުމަށްފަހު ފީފާ ވަފުދުގެ ބޭފުޅުން އަދި އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ ބައެއް ބޭފުޅުން

ކުޅިވަރު ވަޒީރު ރާފިޢުއާ ބައްދަލު ކުރެއްވުމަށްފަހު ފީފާ ވަފުދުގެ ބޭފުޅުން އަދި އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ ބައެއް ބޭފުޅުން

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އާއި ދިވެހި ސަރުކާރުން، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

"ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަވަމުން ޒުހޫރު ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅަ ސީޒަން އަންނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. ނަމަވެސް، އެކަމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި، އެންމެ ބޮޑު ގޮން ޖެހުމަކީ ކުލަބުތަކަށް އޮތް މާލީ މައްސަލަ ކަމަށް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ.

ޒުހޫރު ވިދާޅުވީ އަލުން ފުޓުބޯޅަ ފެށުމަށްޓަކައި ކުލަބުތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފީފާއާ ކުރި މަޝްވަރާތަކުގައި، އެކަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް އަހަރަށް، ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް އެއް މިލިއަން ރުފިޔާގެ އެހީތެރިކަން ހަމަޖެއްސުމަށް ފީފާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ޒުހޫރު ވިދާޅުވި އެވެ. މީގެ ކުރިން އެފްއޭއެމް އިން ކުލަބުތަކަށް ފައިސާ ދެމުން އައި ނަމަވެސް، ފީފާ އިން މާލީ ގޮތުން ވެދޭ އެހީތެރިކަމަކީ ދާއިމީ ކަމެއް ނޫންކަން ފާހަގަ ކުރައްވައި ޒުހޫރު ވިދާޅުވީ، އެއީ އަލުން ފުޓުބޯޅަ ފެށުމަށް ފީފާ އިން ވެދޭ އެހީތެރިކަމެއް ކަމަށެވެ.

ފީފާގެ އިތުރުން، ސަރުކާރުން ވެސް ކުލަބުތަކަށް އެހީތެރިކަން ދިނުމަށް މަސައްކަތް ކުރަމުން އަންނަކަން ޒުހޫރު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް 1.5 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ޒުހޫރު ވިދާޅުވެފައިވެ އެވެ. ފުރަތަމަ ޑިވިޝަންގެ އިތުރުން، ދެ ވަނަ ޑިވިޝަންގެ ކުލަބުތަކަށް ވެސް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި ޒުހޫރު ވަނީ ވިދާޅުވެފަ އެވެ.

ފީފާ އިން ރާއްޖެ ނޯމަލައިޒް ކޮށްފައިވާއިރު، ނޯމަލައިޒިން ކޮމެޓީން އަންނަނީ އަލުން ފުޓުބޯޅަ ސީޒަން ފެށުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ޒުހޫރު ވިދާޅުވެފައި ވަނީ، އެފްއޭއެމް އިން ކުލަބުތަކަށް ފައިސާ ދިނުމުގެ ކަންކަން ކޮށްފައި ވަނީ އެކަން ކުރަން އޮންނަ ގޮތަށް ނޫން ކަމަށެވެ. ޚާއްސަކޮށް ކުލަބުތަކަކީ އެފްއޭއެމް އިން ފައިސާ ދީގެން ހިންގަން އޮންނަ ތަނެއް ނޫން ކަމަށާއި، ނަމަވެސް އެފްއޭއެމް އިން ސްޕޮންސާ ހޯދުމުގެ މަސައްކަތް ކުރެވިދާނެ ކަމަށް ވެސް ޒުހޫރު ވިދާޅުވެފައިވެ އެވެ.

ފީފާފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ 2024

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
06 ޑިސެމްބަރު 2025

ވޯލްޑް ކަޕް ގެ ގުރު ނަގައިފި

06 ޑިސެމްބަރު 2025
ވޯލްޑް ކަޕް ގެ ގުރު ނަގައިފި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

ފީފާގެ ރައީސްއާ ދެކޮޅަށް އަޑު އުފުލި މީހުން ދަނޑުން ބޭރު ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ

25 އޮކްޓޯބަރު 2025
ފީފާގެ ރައީސްއާ ދެކޮޅަށް އަޑު އުފުލި މީހުން ދަނޑުން ބޭރު ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް