Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިން ފޭރުން

ފަޒުލްގެ ބޭބެ އަށް ވަގަށް ދިން ގޯތި ވެރިފައި ކުރަން ހައުސިންގ އަށް ފޮނުވީ، އިންފާރު ރާނަން ހުއްދަ ވެސް ދީފަ

ފަޒުލްގެ ބޭބެ ފަޒީލް އަށް ގޯއްޗެއްދީ އިންފާރު ރާނަން ހުއްދަ ދިން އިރު އެއީ ބޭބެ ކަމެއް ނޭނގެ

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2024 | ބުރާސްފަތި 06:52
ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ

ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ

ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ މުޙައްމަދު ފަޒީލް ރަޝީދަށް ވަގަށް ދިން ގޯތި ވެރިފައި ކުރަން ހައުސިން މިނިސްޓްރީއަށް ފޮނުވީ އިންފާރު ރާނަން ހުއްދަ ވެސް ދީފަ ކަން ފާޒުލްގެ ވާހައިން ފަޅާ އަރައިފިއެވެ.

ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދޫކޮށްގެން އުޅޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެކަން ތަހުގީގު ކުރުމަށް ކަމަށް ބުނެ ފުލުހުން ވެސް ވަނީ ބުދަ ދުވަހުގެ ވަގުތެއްގައި އެޗްޑީސީ އަށް ވަދެފައެވެ.

Advertisement - newsAdvertisement

ވަގަށް ގޯތި ދިން ފަރާތްތަކުގެ ތެރޭގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ކަން ފަޅާ އެރުމާ ގުޅިގެން، އެކަން ދިފާއުކޮށް ބުދަ ދުވަހުގެ ރޭ އެޗްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފަޒުލް ވިދާޅުވީ، އޭނާގެ ބޭބެ އަށް، މުޙައްމަދު ފަޒީލް ވުމަކީ އިއްތިފާގެއް ކަމަށެވެ. އެކަމުގައި އޭނާގެ މައްސަލައެއް ނެތް ކަމަށެވެ.

"ވެރިފިކޭޝަން ޕްރޮސެސް އަޅުގަނޑުމެން ކުރިއަށް އިނީޝިއޭޓް ކޮށްފަ އިންނާނީ،" ފަޒުލް ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީން ވެރިފިކޭޝަން ލިބުމުގެ ކުރިން ފަޒުލްގެ ބޭބެ ފަޒީލް އަށް ގޯއްޗެއްދީ އިންފާރު ރާނަން ހުއްދަ ދިން އިރު އެއީ ފަޒުލްގެ ބޭބެކަން އެނގިލައްވާތޯ، ރާއްޖެޓީވީން ސުވަލުކުރުމުން، ފަޒުލް ވިދާޅުވީ "ނޭނގޭ ކަމެއެވެ. ވެރިފައި ނުކޮށް ހުއްދަ ދިނީ ކީއްވެތޯ ރާއްޖެޓީވީން ތަކުރާރުކޮށް ސުވާލު ކުރުމުން ފަޒުލް ވަނީ ސުވާލުގެ ޖަވާުބުގެ މިސްރާބު ބަދަލުކޮށްލަން މަސައްކަތް ކޮށްފައެވެ.

"ނޫން އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑެއް ނޫން ހުއްދަ ދިނީކީ. ހުއްދަ ދޭނީ މިތަނުގެ މުނިސިޕަލްއިން. މިތަނުގެ ޕްރޮސެސްއަކީ އޮޓަމޭޓެޑް ޕްރޮސެސް އެއް، މިތަނުގެ މުނިސިޕަލް އަށް އަންނަ ކޮންމެ މައުލޫމާތަކީ އަޅުގަނޑަށް އެނގޭނެ މައުލޫމާތެއް ނޫން" ފަޒުލް ވިދާޅުވިއެވެ.

ފަޒުލް މިހެން ވިދާޅުވި އިރު، މި ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، މިތަނުގައި ހިނގައި އެއްވެސް ކަމެއް އޭނާ އަށް ނޭނގި ނުހިގާނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މި ދައްކާ ޖަވާބު ސުވާލު، އެސެސް ރަނގަޅަށް ނުކުރައްވަނީ ހެން. މިކަން ހައިލައިޓްވީމަ ސާފުކުރަން ވެގެން މި ފޮނުވަނީ ދެއްތޯ. އެ ފޮނުވާފަ އޭގެ ޖަވާބު ހައުސިންގ ފަރާތުން މިއަންނަނީ" ފަޒުލް ވިދާޅުވިއެވެ.

ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދުމުން ފަޒުލް ބުދަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް ބޭއްވި ނޫސް ކޮންފަރެންސް ގައި ނޫސްވެރިން ކުރި ސުވާލުތަކަށް ސާފު ބަހުން ޖަވާބު ދިނުމުގެ ބަދަލުގައި ފަޒުލް އުޅުއްވީ އޮޅުވާލައްވައިގެން ސުވާލުން ރެކުމަށެވެ. ނޫސްވެރިން ވަނީ ސުވާލަށް ޖަވާބު ނުލިބޭ ކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ.

ފަޅާއަރުވާލި ލިޔެކިއުންތަކުން އިނގޭ ގޮތުގައި އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން ސޮއިކުރައްވައި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހުޅުމާލެ ލޮޓް ނަންބަރު 20768, 1250 އަކަފޫޓުގެ ގޯތި ލިބިފައިވާ ކަމަށް ބުނެ، ދެ ފަރާތަކުން ވަށާފާރު ރޭނުމުގެ ހުއްދަ އަދި ހުށަހަޅާފައިވާ ކަމަށެވެ. އެ ދެމީހުންނަކީ މުހައްމަދު ފަޒީލް ރަޝީދު އަދި އަބްދުލް މަޖީދު މާހިރެވެ. އެހެންކަމުން މި ގޯތި ލިބިފައިވަނީ ކޮން ފަރާތަކަށްކަން އަންގައިދިނުމަށް ސިޓީ ގައި ވަނީ އެދިފައެވެ.

ފަޒީލް އަށް ބިންވެރިޔާ ސްކީމްގެ ދަށުން ނުލިބޭ ބިމެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ކަން ފަޅާއަރާފައިވާއިރު، ހައުސިން މިނިސްޓްރީ އިން އާއްމުކޮށްފައިވާ ލިސްޓުގައި ފަޒީލް ރަޝީދު ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތުހަމަނުވާކަން ހާމަވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޒްލު ގެ ބޭބެ އަށް ސޯޝަލް ހައުސިންގ ސްކީމުން ކުރިން ވަނީ ފްލެޓް ވެސް ލިބިފައެވެ.

ފަޒުލްއަށް ގިނަ ތުހުމަތުތަކެއް ކުރެވޭއިރު، ގޯތި މައްސަލައިގައި މިހާތަނަށް މި ވައްކަމުގެ ތެރެއިން 50 އާ ގާތްކުރާ އަދަދަކަށް ގޯތިތައް ދޫކޮށްފައިވާ ތުހުމަތުކޮށްފައިވެއެވެ. އަދި ހުޅުމާލެއިން ބިން ވިއްކަމުންދާ އެވަރެޖު ރޭޓުގައި މި ބިންތައް އަގުކުރާއިރު ވިއްކާލި ބިންތަކުގެ އަގު 400 މިލިއަނަށް އަރާ ކަމަށް ހިސާބުތަކުން ދައްކައެވެ.

އިބްރާހީމް ފަޒުލް ރަޝީދު އެޗްޑީސީބިންވެރިޔާ ސްކީމްބިން ފޭރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު