Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިން ފޭރުން

ދެމީހަކަށް އެއް ބިމެއް ލިބުނު ގޮތް ސާފުކޮށް ނުދެވި ފަޒުލް ވިދާޅުވީ ބޭބެ އަށް ގަވައިދާ ޚިލާފަށް ގޯތި ލިބުނީ އިއްތިފާގަކުން ކަމަށް!

ނޫސްވެރިންގެ ސުވާލުތަކަށް ފަޒުލް މައިގަނޑު ގޮތެއްގައި ދެއްވި ޖަވާބަކީ "ތިކަން އިނީޝިއޭޓް ކުރީ އެޗްޑީސީ އިން"

ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2024 | ބުދަ 19:20
ފަޒުލް ރަޝީދު - ބުދަ ދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ފަޒުލް ރަޝީދު - ބުދަ ދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ހުޅުމާލެއިން ދެ މީހަކަށް އެއް ބިމެއް ލިބުނު ގޮތް ސާފުކޮށް ނުދެވި، ގަވައިދާ ޚިލާފަށް ހުޅުމާލެ އިން ގޯތި ދޫކުރި މީހުންގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެމްޑީގެ އެއްބަނޑު އެއްބަފާ ބޭބެ ހިމެނުނީ އިއްތިފާގަކުން ކަމަށް އެމްޑީ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ގަވައިދާ ޚިލާފަށް ބިންވެރިޔާ ސްކީމުން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވުމާ ގުޅިގެން އެޗްޑީސީ އިން ބުދަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވީ، ގަވައިދާ ޚިލާފަށް ކަމެއް ހިނގައިގެން އުޅޭކަން އެޗްޑީސީ އަށް އެނގުނީ އެއް ގޯއްޗެއްގެ އިންފާރު ރާނަން ދެ ފަރާތަކުން ހުއްދަ އަށް އެދި ހުށަހެޅުމުން ކަމަށެވެ.

Advertisement - newsAdvertisement

އެހިސާބުން އެޗްޑީސީ އިން ފިޔަވަޅު އެޅި ކަމަށް ފަޒުލް ވިދާޅުވި އިރު، އެ ކަން ދިފާއު ކުރައްވާ އޭނާ ދެއްކެވި ވާހަކައިގައި ހުރި ހަމަ ނުޖެހޭ އެތައް ކަމެއް ސާފު ކުރުމަށް ނޫސްވެރިން ގެންދިޔައީ ފުލުފުލުގައި ސުވާލު ކުރަމުންނެވެ.

ގޯތި ދޫކުރާ ޕްރޯސެސް ސާފުކޮށް ދެއްވަމުގެ ގޮތުން ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅަނީ ހައުސިންގ މިނިސްޓްރީން ކަމަށާއި އެއީ އެޗްޑީސީ އިން ކުރާ ކަމެއް ނޫން ކަމުގައެވެ.

ފަޒުލް މިހެން ވިދާޅުވިއިރު، މައްސަލަ ޖެހުނު ދެ ގޯތީގެ މައްސަލައިގައި އެޗްޑީސީ އިން ހައުސިންގ މިނިސްޓްރީ އަށް އެ ގޯތިތަކުގެ އަސްލު ވެރިފަރާތަކީ ކޮބާތޯ ބެލުމަށް ފޮނުވި ސިޓީ ގެ ޖަވާބުގައި ހައުސިންގ މިނިސްޓްރީން، އެތަނުން އެއްވެސް ފަރާތަކީ އެ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތެއް ނޫން ކަން އެ މިނިސްޓްރީގެ ޑޭޓާބޭސް އިން ސާފުކޮށް އެނގޭ ކަމަށް ބުނެފައި އޮތެވެ.

އަނެއްކޮޅުން ފަޒުލް ވިދާޅުވީ ޚިދުމަތަކަށް އެދި އެޕްލިކޭޝަނެއް އަންނަ ހިސާބުން ވެރިފިކޭޝަން ޕްރޮސެސް އެއް ހިންގާ ކަމަށެވެ. އެގޮތުން ވަށާފާރު ރޭނުމަށް އެދި ހުށަހެޅުމުން އެ ފަރާތް ވެރިފައި ކުރުމަށް ހައުސިންގ މިނިސްޓްރީ އަށް ހުށަހެޅީ ކަމަށެވެ.

އެއާއެކު ފަޒުލް ވިދާޅުވީ، ޕޯޓަލް މެދުވެރިކޮށް ވަށާފާރު ރާނަން އެޕްލައި ކުރި ހިސާބުން އެއީ ބިމުގެ ރަޖިސްޓަރީ އޮތް ފަރާތެއް ކަމަށް އެޗްޑީސީ އިން ގަބޫލު ކުރާ ކަމަށެވެ.

ފަޒުލް ފާހަގަ ކުރެއްވި ގޮތުގައި ފުރަތަމަ ޕްލޮޓަށް (ޕްލޮޓް ނަންބަރު 20768) ޕާމިޓަށް އެދި ހުށަހެޅީ 30 ޖޫން ގައެވެ. އޭގެ ފަހުން 17 ޖުލައި ގައި ދެވަނަ ރިކުއެސްޓެއް ހަމަ އެ ޕްލޮޓަށް އައިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޕްލޮޓް ނަމްބަރު 20821 އަށް ފުރަތަމަ ރިކުއެސްޓް އައިސްފައިވަނީ 29 ޖޫން ގައި ކަމަށާއި ދެވަނަ ރިކުއެސްޓެއް ހަމަ އެ ޕްލޮޓަށް 17 ޖުލައިގައި އައި ކަމަށް ފަޒުލް ވިދާޅުވިއެވެ.

މިކަން ވެރިފައި ކުރަން 22 ޖުލައި ގައި ހައުސިންގ މިނިސްޓްރީ އަށް ސިޓީ ފޮނުވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ދެ ސިޓީ އަށް ޖަވާބު ލިބުނީ 15 އޮގަސްޓުގައި ކަމަށް ފަޒުލް ވިދާޅުވިއެވެ.

"އިރެގިއުލޭރިޓީޒް އުޅޭ ކަމަށް ވަންޏާ އެކަންކަން ރަނގަޅު ކުރުން އެއީ އަޅުގަނޑުމެންގެ ޒިންމާ އެއް" ފަޒުލް ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީގެ ޖަވާބު ލިބުމުން އެމީހުންނަށް ބިން ލިބުނު އެއްބަސްވުމާއި ރަޖިސްޓަރީ ދިނީ ހައުސިންގ މިނިސްޓްރީން ނޫންކަން އެނގޭ އިރު އެއީ ފޯޖް ކޮށްފައިވަ ލިޔުމެއް ނޫންތޯ ސުވާލު ކުރުމުން ފަޒުލް ވިދާޅުވީ އެކަން ބައްލަވާނީ ތަހުގީގީ އިދާރާއިން ކަމަށެވެ.

އަނެއްކޮޅުން ބިމުގެ ވެރިފަރާތް ސާފު ނުވަނީސް ވަށާފާރު ރާނަން ހުއްދަ ދެއްވިންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ފަޒުލް ވިދާޅުވީ، އެ ހުއްދަ ދިނީ ހައުސިން މިނިސްޓްރީން ޖަވާބު ލިބުމުގެ ކުރިން ކަމުގައެވެ. އެހެން ނަމަވެސް ހުއްދަ ބާތިލު ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްބަނޑު އެއްބަފާ ބޭބެގެ މައްސަލަ އެއް ފަޒްލު ލީޑް ކުރައްވާ ކޯޕަރޭޝަންގެ ތެރޭގައި އޮތް އިރު އެކަމުގައި އޭނާގެ "ކޮންފްލިކްޓް އޮފް އިންޓަރެސްޓް އެއް ނެތް" ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.

އެއްބަނޑު އެއްބަފާ ބޭބެ ހުށަހެޅި ލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ނޫންކަން ހައުސިންގ މިނިސްޓްރީން ދިން ޖަވާބުން ސާފުވުމުން އެކަން ތަހުގީގު ކުރަން ފުލުހުންނަށް ހުށަނޭޅުއްވީ ކީއްވެތޯ ނޫސްވެރިން ސުވާލު ކުރުމުން ވިދާޅުވީ އޭނާގެ ބޭބެ ހުށަހަޅުއްވާފައިވަނީ ސައްހަ ލިޔުމެއްތޯ ސައްހަ ނޫން ލިޔުމެއް ތޯ ވެސް ދަންނަވަން ނޭގޭ ކަމަށާއި އެކަން ބައްލަވާނީ ތަހުގީގީ އިދާރާ އިން ކަމަށެވެ.

މައްސަލަ ފެންމަތިވެގެން މިދިޔަ ހަތް މަސްދުވަހުގެ ތެރޭގައި އެޗްޑީސީ އިން ކުރެއްވި ކަމަކީ ކޮބާތޯ ސުވާލުކުރުމުން ފަޒުލް ވިދާޅުވީ އެކަން ފުލުހުންނަށް އަންގާފައި ނުވާނެ ކަމަށެވެ. ރަޖިސްޓްރީ ސައްހަތޯ ނޫންތޯ އެއީ އެޗްޑީސީ އިން ބަލާ ކަމެއް ނޫން ކަމަށް ތަކުރާރު ކުރައްވާ ފަޒުލް ވިދާޅުވިއެވެ.

މުޅި ނޫސްކޮންފަރެންސްގައި ދިފާއަށް ވާހަކަ ދައްކަވަން ފަޒުލް ބޭނުން ކުރެއްވި ޖުމްލައަކީ "މިކަން އިނިޝިއޭޓް ކުރީ އެޗްޑީސީ އިން" ކަމުގައެވެ.

އެޗްޑީސީ އިން މިކަން އިނީޝިއޭޓް ކުރި ފަހުން ހައުސިންގ މިނިސްޓްރީން މިކަން ވެރިފައި ކޮށްދިނުމުން ދެން އިތުރަށް އޮތީ ކުރަން ކޮން ވެރިފިކޭޝަނެއްތޯ ނޫސްވެރިން ވަނީ ފަޒުލް އަށް ސުވާލު ކޮށްފައެވެ. ދެ ބަޔަކު އެއް ބިމަކަށް އުޅޭ އިރު އަދި އޭގެ ތެރޭގައި ފަޒުލް ގެ ބޭބެ ހިމެނޭ އިރު އެއީ ކުށެއް ކަމަށް ގަބޫލު ކުރައްވާ އެކަން ފުލުހުންނަށް ނޭންގެމަކީ ވެސް ކުށެއް ނޫންތޯ ދެންނެވުމުން ފަޒުލް ވިދާޅުވީ އެޗްޑީސީ އަށް މީހުން އަންނަނީ އޮރިޖިނަލް ޑޮކިއުމެންޓް ހިފައިގެން ނޫން ކަމަށާއި އެތަނަށް އަންނަނީ ސޮފްޓް ކޮޕީ ހިފައިގެން ކަމުގައެވެ.

މަކަރު ހީލަތުން ހުޅުމާލެ އިން ގޯތި ހޯދި މީހުންގެ ތެރޭގައި ފަޒުލް ގެ އެއްބަނޑު އެއްބަފާ ބޭބޭ ހިމެނޭ އިރު މައްސަލައިން ތަނާޒުލް ނުވެ ދިފާއުގައި ވާހަކަ ދައްކަވަނީ ކީއްވެތޯ ނޫސްވެރި އަކު ސުވާލު ކުރުމުން އޭނާގެ ޖަވާބަކަށް ވީ އާއިލާ މީހަކު މިކަމުގައި ހިމެނުން އެއީ އޭނާ ތަނާޒުލް ވާން ޖެހޭ ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމުގައެވެ.

"ތި ބޭބޭ އަށް ވުމަކީ އިއްތިފާގެއް، ތި ބޭބޭ އަށް ވުމަކީ އިއްތިފާގެއް އިނގޭތޯ، އަޅުގަނޑުގެ އިޝޫއެއް ނެތޭ ތިޔަކުއެއް"

ނޫސްވެރިން ގެންދިޔައީ ކުރާ ސުވާލަށް ފުރިހަމަ ޖަވާބު ނުލިބޭ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ. ފަޒުލް ގެންދެވީ ސުވާލަށް ވީހާވެސް ކުރުގޮތަކަށް ނުގުޅޭ ޖަވާބެއް ދެއްވުމަށް ފަހު "އެހެން ބޭފުޅެއް" ވިދާޅުވަމުންނެވެ.

އެއާއެކު އެއްވެސް ސުވާލަކަށް ފަޒުލު ޖަވާބު ނުދެއްވާ ކަމަށް ބުނެ ބައެއް ނޫސްވެރިން އަޑު އުފުލާފައިވެއެވެ.

ފަޒުލް ވިދާޅުވީ އޭނާ އަށް ސުވާލަށް ޖަވާބު ފުރިހަމަ އަށް ދެއްވޭ ކަމަށާއި ނޫސްވެރިންނަށް އަންޑަސްޓޭންޑް ވުމުގައި ދަތިތަކެއް އުޅެނީ ކަމަށެވެ.

ބިން ފޭރުންއިބްރާހީމް ފަޒުލް ރަޝީދު އެޗްޑީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

 ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

15 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު