Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބިން ފޭރުން

އެޗްޑީސީގެ ބިމުގެ ބޮޑު ވައްކަން ސަރުކާރުން އޮތީ ފޮރުވާފައި

ހުޅުމާލޭގެ 20821 އަދި 20768 ނަންބަރު ގޯތި ތަކަކީ ހައުސިންގ މިނިސްޓްރީން އެއްވެސް ފަރާތަކާ ހަވާލު ކޮށްފައި ނުވާ ގޯތި ތަކެއް ކަމަށް ހައުސިން މިނިސްޓްރީގެ 66 ނަންބަރު ސިޓީން އެންގީ 15 އޮގަސްޓް 2024 ގައި

ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2024 | ބުދަ 14:46
އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު

އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު

ބުދަ ދުވަހު އާންމުންނާ ހަމަ އަށް ތިލަވި އެޗްޑީސީ އިން ހިންގި ބިމުގެ ބޮޑު ވައްކަން ހިނގާފައިވަނީ މީގެ އެތައް މަހެއް ކުރިން ކަމާއި އެކަން އޮތީ ސަރުކާރުން ފަސްއަޅާ ފޮރުވާފައިކަން ހާމަ ވެއްޖެއެވެ.

ސޯޝަލް މީޑިއާ ފަޅާ އަރުވާލި ލިޔެކިޔުންތަކަށް ބަލާއިރު، ހުޅުމާލޭގެ 20821 އަދި 20768 ނަންބަރު ގޯތި ތަކަކީ ހައުސިންގ މިނިސްޓްރީން އެއްވެސް ފަރާތަކާ ހަވާލު ކޮށްފައި ނުވާ ގޯތި ތަކެއް ކަމަށް ހައުސިން މިނިސްޓްރީގެ 66 ނަންބަރު ސިޓީން 15 އޮގަސްޓް 2024 ގައި އެޗްޑީސީ އަށް އޮތީ އަންގާފައެވެ.

Advertisement - newsAdvertisement

އެޗްޑީސީ އަށް ހައުސިންގ މިނިސްޓްރީން ފޮނުވި 66 ނަންބަރު ސިޓީ އަކީ އެ ކޯޕަރޭޝަނުން 24 ޖުލައި 2024 ގައި ފޮނުވި ސިޓީ އަކަށް ޖަވާބު ދިނުމުގެ ގޮތުން ފޮނުވާފައިވާ ސިޓީއެކެވެ.

ސިޓީގެ ޖަވާބުގައި ހައުސިންގ މިނިސްޓްރީން ބުނެފައި އޮތީ، ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދަށް އަމާޒުކޮށް ކުރިއަށް ގެންދާ "ބިންވެރިޔާ" ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަވާލާ ދެވުނު އެޗްޑީސީގެ ސިޓީގައި ބަޔާން ކޮށްފައިވާ ފަރާތްތަކަކީ އެ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމްގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.

އޮގަސްޓް މަހުގެ 15 ގައި ހައުސިންގ މިނިސްޓްރީން ފޮނުވި ސިޓީން "ބިންވެރިޔާ" ސްކީމުން ބޭރުން ބަޔަކަށް ގޯތި ދީފައިވާ ކަން ސަރުކާރަށް ސާފުކޮށް އެނގެން އޮތް ނަމަވެސް މިހާތަނަށް އެއްވެސް ތަހުގީގެއް މިކަމާ ގުޅިގެން ހިންގި ކަމުގެ މައުލޫމާތެއް ސަރުކާރުން ހަމާ ކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް ޑިސެމްބަރު 18 ވީ ބުދަ ދުވަހު ގަވައިދާ ޚިލާފަށް ލިޔެކިޔުންތައް އޮޅުވާލައިގެން ބަޔަކަށް ގޯތި ދިން ކަމުގެ ލިޔެކިޔުންތައް ސޯޝަލް މީޑއާ ގައި ފަޅާ އަރުވާލުމާއެކު އެކަމުގެ ތަހުގީގު ފެށި ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

މިކަމާ ބެހޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި “ސަރުކާރުގެ ވުޒާރާ އަކުން ސަރުކާރުގެ ކުންފުންޏަކަށް، މާސިންގާ ހިޔާނާތެއްގެ ވާހަކަ ބަޔާންކޮށް ‘15 އޮގަސްޓު 2024’ ގައި ފޮނުވި ސިޓީއެއް، އޭގެ 5 މަސް ފަހުން އާއްމުންނަށް ތިލަވެގެން އެކަމާއި ތެޅިފޮޅިގަތް އިރު، މިކަހަލަ ކިތައް ކަންތައް ފަސްއަޅާ ފޮރުވާފައި ހުންނާނެތޯ؛" އައްސަވާ ސުވާލު އުފައްދަވާފައިވެއެވެ.

ބިން ފޭރުންއެޗްޑީސީއިބްރާހީމް ފަޒުލް ރަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު