Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

އިސްލާމް ދީން ނައްތައިލުމަށް ކާފިރުން އަބަދުވެސް މަސައްކަތް ކުރޭ، އެކަމަށް ސަމާލުވާންޖެހޭ: ޚުތުބާ

13 ޑިސެމްބަރު 2024 | ހުކުރު 09:05

މައުލޫމާތު ފެތުރުމުގެ ވަސީލަތްތައް ގިނަ މި ޒަމާނުގައި ނޭނގި ތިއްބައި މަޅީގައި ބެދުމަކީ ދުރުކަމެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޑިސެމްބަރު 2024 | ހުކުރު 09:05
ހުކުރު ޚުތުބާ އަޑު އަހަނީ

ހުކުރު ޚުތުބާ އަޑު އަހަނީ

އިސްލާމް ދީން ނައްތައިލުމަށް ކާފިރުން ކުރާ މަސައްކަތްތައް ބަލައި، އެ ކަމަށް ސަމާލުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.

ކީރިތި ޤުރްއާނާ މެދު، އުފައްދާ ޝުބުހަ މިމައުޟޫއަށް ރާއްޖޭގެ އެކި ކަންކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ކީރިތި ޤުރްއާނަކީ، މާތް اللهގެ ކަލާމްފުޅު ކަމަށާއި، އެއީ ޖިބުރީލުގެފާނު މެދުވެރިކުރައްވައި، އެންމެ ފަހުގެ ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް الله تَعَالَى ބާވައިލެއްވި މުއުޖިޒާތް ކަމަށެވެ. އޭގެ ލަފުޒާއި މާނަ އައިސްފައިވަނީ اللهُ سُبْحَانَهُ وَتَعَالَىގެ ހަޟްރަތުން ކަމަށެވެ.

ޚުތުބާގައި ބުނީ ޤުރްއާން އަހަރެންނާ ހަމައަށް އައިސްފައިވާ ގޮތާއި، އަދި އެ ފޮތުގައި ކުށެއް ނެތްކަމާ މެދު ޝައްކެއް ނެތަސް، މި ކަންކަމުގައި ޝައްކުތަކާއި ޝުބުހަތައް އުފައްދަން ބަޔަކު މަސައްކަތްކުރާ ކަމަށެވެ.

އެ ފޮތް ބާވައިލައްވަން ފެއްޓެވުމާހަމައިން، މިއަދާ ހަމައަށް ވެސް އެ ކަން ދެމި އެބަ އޮތްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އޭގެ ބޭނުމަކީ، މުސްލިމުން اللهއާއި އެކަލާނގެ ފޮތާއި، ނަބީންނާއި ރަސޫލުންގެ މައްޗަށް ވާ އީމާންކަމުގައި، ބައިބައިކޮށްލައި، އީމާންކަމާއި މަތިވެރި އަގީދާއާ ދުރުކުރުން ކަމަށެވެ. މިއީ މުސްލިމުން ފިސާރި ހުޝިޔާރުވެ ހޭލައި ތިބެން ޖެހޭ ކަމެއް ކަމަށާއި، މައުލޫމާތު ފެތުރުމުގެ ވަސީލަތްތައް ގިނަ މި ޒަމާނުގައި، ނޭނގި ތިއްބައި އެ ފަދަ މީހުންގެ ދަލުގައި ޖެހި މަޅީގައި ބެދުމަކީ ދުރުކަމެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އިސްލާމް ދީނުގެ އަދާވާތްތެރިން އަބަދާއި އަބަދު މާތް اللهގެ ނޫރުފުޅު ނިއްވައިލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އިސްލާމް ދީން ނައްތައިލުމަށް ކާފިރުން ކުރާ މަސައްކަތްތައް ބަލައި، އެ ކަމަށް ފަރުވާތެރިވެ، ސަމާލުވާން ޖެހޭ ކަމަށެވެ. އަދި ދީނުގެ ކަންކަން މޮޅަށް އުނގެނި އަދާވާތްތެރިންގެ ރޭވުންތަކަށް ހޭލައި ތިބޭންޖެހޭ ކަމަށާއި، ކާފިރުން މަސައްކަތްކުރަމުން އަންނަނީ މުސްލިމުން އެ މީހުންގެ ދީނާ ދުރުކުރުމަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ޤުރްއާނަކީ މާތް ﷲގެ ކަލާމްފުޅުކަން ކަށަވަރުވާ ގިނަގުނަ އިލްމީ ހެކިތައްވާ ކަމަށެވެ. އޭގެ ތެރެއިން އެއް ހެއްކަކީ، މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަތީއްސުރެ، ފުރިހަމަ އިންސާނަކަށް ވުމާ ހަމައަށް އަންނަ ބަދަލުތަކުގެ ވާހަކަ ޤުރްއާނުގައި ތަފުސީލުކޮށް ބަޔާންކުރައްވައިފައިވުމެވެ.

ޚުތުބާގައި ބުނީ ޤުރްއާނާއި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތުގައި ހިފުމުން ދެދުނިޔޭގެ އިއްޒަތާއި ޝަރަފު މާތްﷲ ދެއްވާނެ ކަމަށެވެ. އަދި އިސްލާމް ދީން ނައްތައިލުމަށް ކާފިރުން ކުރާ މަސައްކަތްތައް ބަލައި، އެ ކަމަށް ސަމާލުވާނަމަ އެކަންކަން ކާފިރުންނަށް ކާމިޔާބުނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބާޚުތުބާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް