Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަނީ ލައުންޑަރިންގ

މަނީ ލައުންޑަރިންގ މައްސަލައިގައި ފެއިލްވެއްޖެ ކަމަށް ކޮމަންވެލްތު ބޭންކުން އިއުތިރާފްވެއްޖެ

53،000 އަށްވުރެ ގިނަ ޓްރާންސެކްޝަން ގާނޫނާ ޚިލާފަށް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 14 ޑިސެމްބަރު 2017 | ބުރާސްފަތި 06:18
ރިސްކް އެސެސްމެންޓް ސްޓޭންޑަޑަށް އޭޓީއެމް ފެއްތުމަށް ފެއިލްވެފައިވާކަމަށްވެސް ބޭންކުން އެއްބަސްވޭ

ރިސްކް އެސެސްމެންޓް ސްޓޭންޑަޑަށް އޭޓީއެމް ފެއްތުމަށް ފެއިލްވެފައިވާކަމަށްވެސް ބޭންކުން އެއްބަސްވޭ

އޮސްޓްރޭލިޔާގެ އެންމެ ބޮޑު ބޭންކުން އެންޓި މަނީ ލައުންޑަރިންގ ޤާނޫނާ ޚިލާފަށް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ 53،000 އަށްވުރެ ގިނަ ޓްރާންސެކްޝަންގެ މައުލޫމާތު ހާމަކުރުން ލަސްވެއްޖެކަމަށް އެ ބޭންކުން އެއްބަސްވެއްޖެއެވެ.

އޯގަސްޓް މަހު އެ ގައުމުގެ ފައިނޭންޝަލް އިންޓެލިޖެންސް އޭޖެންސީންވަނީސްމާޓް އޭޓީއެމް މެދުވެރިކޮށް ހިންގި ޓްރާންސެކްޝަންތައް ދެއްކުމަށް ކޮމަންވެލްތު ބޭންކުން ނުކުޅެދުނުކަމަށް ބުނެ ކޯޓް މެދުވެރިކޮށް ފިޔަވަޅު އަޅާފައެވެ.

މިދިޔަ ބުދަ ދުވަހު ބޭންކުންވަނީ ބައެއްކަންކަން ފެއިލްވެފައިވާކަމަށް އެއްބަސްވެފައެވެ.

އޮސްޓްރޭލިއަން ޓްރާންސެކްޝަންސް ރިޕޯޓްސް އެންޑް އެނަލިސިސް އިން ތުހުމަތުކޮށްފައިވާގޮތުގައި އެ ބޭންކުންވަނީ އެއްފަހަރާ ޓްރާންސްފަރ ކުރެވޭ ނުވަތަ ޖަމާކުރެވޭ އަދަދު ކަމަށްވާ 10،000 އޮސްޓްރޭލިއާ ޑޮލަރަށްވުރެ ގިނަވާގޮތަށް ހެދި 53،506 ޓްރާންސެކްޝަނެއްގެ މައުލޫމާތު ދިނުމަށް އުޒުރުވެރިވެފައެވެ. އިންޓެލިޖެންޓް ޑިޕޮސިޓް މެޝިންތައް ބޭނުންކޮށްގެން ހެދި މި ޓްރާންސެކްޝަންތައް ހަދާފައިވަނީ ނޮވެމްބަރު 2012 އާއި ސެޕްޓެމްބަރު 2015އާ ދެމެދުއެވެ.

ކާކުކަށް ނޭނގޭ ފަރާތްތަކަށް ފައިސާ ޑިޕޮސިޓްކުރުމުގެ ފުރުސަތު ދީފައިވާތީ މި ޓްރާންސެކްޝަންތަކަކީ ކުށްވެރިންތަކެއް މަނީ ލައުންޑަރކުރަން ހިންގާފައިވާ މުއާމަލާތްތަކެއްކަމަށްވަނީ ތުހުމަތުކުރެވިފައެވެ. ނަމަވެސް އެ ބޭންކުންވަނީ ރިޕޯޓް ކުރުމާއި ބޭންކުގެ މަސައްކަތަށް ފަރުވާތެރިވުމާ ބެހޭގޮތުން އޮތް 102 ޝަކުވާއަކަށް ދެކޮޅު ހަދާފައެވެ. 53،506 ޓްރާންސެކްޝަނަކީ ބޭންކްގެ ފެއިލިއާއެއް ކަމަށް ބޭންކުން ގަބޫލެއް ނުކުރެއެވެ.

ބޭންކުން ބުނާ ގޮތުގައި އެއީ ސިސްޓަމް އެރާއެއްގެ ސަބަބުން ދިމާވި ކަމެއްކަމަށްވާއިރު އެކަމާމެދު ފިޔަވަޅު އަޅަންޖެހޭނީ ވަކިންކަމަށް ބޭންކުން ބުނެއެވެ.

ބޭންކުންވަނީ އިންޓެލިޖެންޓް ޑިޕޮސިޓް މެޝިންތައް ބޭނުންކޮށްގެން ނަހަމަ މުއާމަލާތްތައް ހިންގާތޯ ބެލުމަށް ބޭނުންކުރާ ރިސްކް އެސެސްމެންޓް ސްޓޭންޑަޑަށް އޭޓީއެމް ފެއްތުމަށް ފެއިލްވެފައިވާކަމަށްވެސް އެއްބަސްވެފައެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް އޮސްޓްރޭލިޔާގެ ސަރުކާރުން ޚާއްސަ ކޮމިޝަނަކަށް އަންގާފައިވާއިރު މި ތުހުމަތުތައް ސާބިތުވެއްޖެނަމަ، މަނީ ލައުންޑަރިންނާ ޓެރެރިޒަމަށް ފައިނޭސްކުރުން މަނާކުރުމާބެހޭ ގާނޫނުތަކުގެ ދަށުން އެ ބޭންކު އެތައް މިލިއަން ޑޮލަރަކުން ޖޫރިމަނާކުރާނެއެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
22 މާރިޗު 2017

އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ

22 މާރިޗު 2017
އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ
16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
05 މާރިޗު 2017

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

05 މާރިޗު 2017
އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު