Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސާހޯ

"ސާހޯ" ގެ ޝޫޓިން ފަށައިފި

އޭނާ ފިލްމު ކުޅެދޭ އަގު ވަނީ 30 ކްރޯޑް ރުޕީސް އަށް ބޮޑުކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 19 އޯގަސްޓު 2017 | ހޮނިހިރު 09:48
ޕްރަބާސް

ޕްރަބާސް

މިހާތަނަށް އިންޑިއާގެ ފިލްމަކަށް އެންމެ ބޮޑު އާމްދަނީ ލިބުނު އެއް ފިލްމު ކަމަށްވާ "ބާހްބަލީ 2" ޝޫޓް ކުރިތާ ހަތަރު އަހަރު ފަހުން އެފިލްމުގެ އެކްޓަރ ޕްރަބާސް އޭނާގެ އެންމެ ފަހުގެ ފިލްމު "ސާހޯ" ގެ ޝޫޓިން ފަށައިފިއެވެ.

"ސާހޯ" ގެ ޝޫޓިން ޕްރަބާސްފެށިކަން އިއުލާންކޮށްފައި މިވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

ޕްރަބާސްއަކީ ސޯޝަލް މީޑިއާއާ އެހާ ރައްޓެހި މީހެއް ނޫނެވެ. އޭނާ "ސާހޯ" ގެ ޝޫޓިން ފަށާފައިވާ ކަމަށް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަކީ ވެސް ފޭސްބުކްގައި އެއްޗެއް ޕޯސްޓްނުކޮށް ހުންނަތާ އެއް މަސް ފަހުން ކޮށްފައިވާ ޕޯސްޓެކެވެ.

އެ ޕޯސްޓްގައި ޕްރަބާސް ބުނެފައި ވަނީ" ޝޫޓްކުރަން ފަށައިފިން، ބާހްބަލީއަށް ފަހު ހަތަރުއަހަރާއި ބައިގެ ފަހުން ޝޫޓް ކުރަނީ، ވަރަށް އުފާވޭ އާފިލްމެއްގެ ޝޫޓިން ކުރިއަށްދާތީ،" ޕްރަބާސް ބުނެފައި ވެއެވެ.

"ސާހޯ" ގައި ޕްރަބާސްއާ އެކު ފެނިގެންދާނީ އޭނާއާ އެކު ގިނަ ފިލްމްތަކަކުން ފެނިފައިވާ އަނުޝްކާ ޝެޓީ ކަމަށް އަޑުތައް ފެތުރިފައިވީ ނަމަވެސް އެ ފިލްމުން އޭނާއާ އެކު ފެނިގެންދާނީ ހިންދީ ފިލްމު އެކްޓްރަ ޝްރައްދާ ކަޕޫރު ކަމަށް މިމަހުގެ 16 ވަނަ ދުވަހު ވަނީ ހާމަކޮށްފަ އެވެ. އެކަން ޔަގީންވެފައި ވަނީ "ސާހޯ" ކުޅުމަށް ޝްރައްދާ ހުށައެޅީ 5 ކްރޯޑް ރުޕީސް އަށް ކަމަށް ބުނުމެވެ.

"ބާހުބަލީ" ފްރަންޗައިޒް ޕްރަބާސް ކުޅެފައިވަނީ 25 ކުރޯޑް އިންޑިއަން ރުޕީސްއަށެވެ. ފަހުން އޭނާ ވަނީ ފިލްމު ކުޅެދޭއަގު 30 ކުރޯޑަށް ބޮޑުކޮށްފައެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

"ލަސްވިޔަސް" ގެޝޫޓިން ފަށާނީ ރޯދައިގެ ފަހުން

12 އެޕްރީލު 2017
"ލަސްވިޔަސް" ގެޝޫޓިން ފަށާނީ ރޯދައިގެ ފަހުން
09 އެޕްރީލު 2017

ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި

09 އެޕްރީލު 2017
ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި
02 އެޕްރީލު 2017

ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި

02 އެޕްރީލު 2017
 ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
20 ފެބުރުއަރީ 2017

"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި

20 ފެބުރުއަރީ 2017
"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު