Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅު

ޚިދުމަތްކުރުމުގައި ތަފާތު ކުރުމެއް ނުގެންގުޅެން، ސިޔާސީ ވިސްނުމެއްވެސް ނުގެންގުޅެން - ރައީސް

8 ޑިސެމްބަރު 2024 | އާދީއްތަ 08:02

އެ މަނިކުފާނު ޤަބޫލުކުރައްވާ ހަމައަކީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުން ކަމަށް ރައީސް ފާހަގަކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ޑިސެމްބަރު 2024 | އާދީއްތަ 08:02
ރައީސް މުއިއްޒު ތޮއްޑޫގައި ވާހަކަދައްކަވަނީ

ރައީސް މުއިއްޒު ތޮއްޑޫގައި ވާހަކަދައްކަވަނީ

ޚިދުމަތްކުރުމުގައި ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށާއި ސިޔާސީ ވިސްނުމެއްވެސް ނުގެންގުޅުއްވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ.ތޮއްޑޫ އަށް ކުރެއްވި ދަތުރުފުޅުގައި އާޢްމުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން، އެ މަނިކުފާނު ޤަބޫލުކުރައްވާ ހަމައަކީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައީސް ވަނީ މަސައްކަތް ކުރައްވަނި ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުންގެ ކައިރިއަށް ގޮސްގެން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވުމަށް ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ކައުންސިލްތައް އެމަނިކުފާނުގެ އަރިހަށް ގެނައުމުގެ ބަދަލުގައި ކައުންސިލްތަކާއި ބައްދަލުކުރުމަށް އަމިއްލަފުޅަށް ވަޑައިގަންނަވަން އެ މަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. މީގެ އިތުރުން ތޮއްޑޫ އާއި މެދު ވާހަކަދައްކަވަމުން ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަކީ ވަރަށް މުރާލިބައެއް ކަމަށް ފާހަގަކުރައްވާފައެވެ. އެ ރަށަކީ ރަށު ރައްޔިތުން ރަށުގައި ޤާއިމްވެ ތިބެ ދަނޑުވެރިކަމާއި، ލޯކަލް ޓުއަރިޒަމް ކުރިއަރުވަމުންދާ ތަނެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެ ރަށުގައި ކައުންސިލްގެ ފަރާތުން ކުންފުންޏެއް އުފައްދާފައިވާ ކަމަށާއި އެއީ އެފަދަ ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުނިކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މާލެ ސިޓީ މޭޔަރކަމުގައި ހުންނެވި އިރު އެފަދަ ކުންފުންޏެއް މާލޭސިޓީގައި ވެސް ޤާއިމްކުރުމަށް މަސައްކަތްކުރެއްވި ކަމަށާއި އެކަމަށް ކުރީގެ ސަރުކާރުން ފުރުސަތު ނުދިނީ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވަނީ ތޮއްޑޫގެ ތަރައްޤީގެ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެ ރަށުގެ ތަރައްޤީ ކުރިއަށްގެންދާނީ ރައްޔިތުން ބޭނުންވާ ކޮންސެޕްޓެއްގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ފެނާއި ނަރުދަމާ އާއި މަގުހެދުމަށް އިސްކަންދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އަންނަ އަހަރު ތޮއްޑޫގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ދާނެ ކަމަށާއި އެކަމުގެ ސަބަބުން ވަަރަށް ގިނަ ފަސޭހަތަކެއް ވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސިއްޙީމަރުކަޒުގެ ޚިދުމަތް ފުޅާކުރުމަށް ވެސް އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. ހަމައެހެންމެ ސްކޫލަށް ބޭނުންވާ ކްލާސްރޫމާއި ވަސީލަތްތައް ވެސް އަންނަ އަހަރު ޤާއިމްކުރައްވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ. 2024 ވަނަ އަހަރު ކަންކަން ނުވީ ކުރީ ސަރުކާރުގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ފާސްކުރި ބަޖެޓްގެ ސަބަބުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް ބަޖެޓް އެކުލަވާލީ އިންތިޚާބީ ސަރުކާރުން ބޭނުންވި ކަންކަން ހިމަނަައިގެންނެވެ. އަދި ބަޖެޓުގައި މައްސަލަތަކެއް ހުރިކަމަށް މި ސަރުކާރުން ބުނަން ފެށީ ކަންކަން ނުވެގެން އާއްމުންގެ ފާޑުކިޔުން އަމާޒުކުރަން ފެށި ހިސާބުންނެވެ.

ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
03 ޑިސެމްބަރު 2025

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް