Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގާނޫނު އަސާސީ ދިފާއުކުރުން

ގާނޫނު އަސާސީން ހޯދި ހައްގުތައް އަނބުރާ އިޔާދަކުރުމަށް ނުކުތުމަކީ ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ގައުމީ ވާޖިބެއް: އަހުމަދު އަބްދުﷲ

ގާނޫނު އަސާސީގައިވާ ތިން ބާރު ވަކިކުރެވިފައިވާ ވަކި ކުރުން ހަމައެކަނި އެއްބާރަށް ބަދަލުވެފައިކަން ބުނުމުގެ ޖާގަ އެބައޮތް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2024 | ހުކުރު 08:12
ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ގާނޫނުއަސާސީގެ ދިފާއުގައި - ބޮޑު ސައްލާގައި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ވާހަކަދައްކަވަނީ

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ގާނޫނުއަސާސީގެ ދިފާއުގައި - ބޮޑު ސައްލާގައި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ވާހަކަދައްކަވަނީ

ދިވެހިރާއްޖޭގެ ފެހި ގާނޫނު އަސާސީން ހޯދި ހައްގުތައް އަނބުރާ އިޔާދަކުރުމަށް ނުކުތުމަކީ މިއަދު ދިވެހި ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ގައުމީ ވާޖިބެއް ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ގާނޫނުއަސާސީގެ ދިފާއުގައި - ބޮޑު ސައްލާގައި ވާހަކަދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ ފެހި ގާނޫނު އަސާސީ ރައްޔިތުން އެދޭ ގޮތަށް ގެނެސް، ތަންފީޒު ކޮށްފައިވަނީ ވަރަށް ދުވަހު ކުރި ބުރަ މަސައްކަތާއެކު، ގިނަ ބައެއްގެ ގުރުބާނީއަކާއެކު ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީގައިވާ ތިން ބާރު ވަކިކުރެވިފައިވާ ވަކި ކުރުން ހަމައެކަނި އެއްބާރަށް ބަދަލުވެފައިކަން ބުނުމުގެ ޖާގަ މިއަދު އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިސަރުކާރުން ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލުތަކަށް އިޝާރާތް ކުރައްވައި އަހުމަދު އަބްދުﷲ ވިދާޅުވީ މިއަދު ރައްޔިތުން ނުކުމެ މި ގާނޫނު އަސާސީން ހޯދި ހައްގުތައް އަނބުރާ އިޔާދަ ކުރުމަށް އަދި އެ ހައްގުތައް ކަށަވަރުކުރުމަށް ނުކުތުމަކީ މިއަދު ދިވެހި ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ގައުމީ ވާޖިބެއް ކަމަށެވެ. އަދި ވިދާޅުވީ މިހާރު އިސްލާހީ މަސައްކަތް ފެށިފައިވާ ކަމަށާއި، ރައްޔިތުންގެ ހައްގުގައި އަބަދުވެސް އެމްޑީޕީން ނުކުންނާނެ ކަމަށެވެ.

ރައްޔިތުން އިންތިޚާބު ކުރި ވެރިކަމަށް ގައުމު ހިންގުމަށް ފުރުސަތުދިން ފާހަގަކުރައްވައި އަހުމަދު އަބްދުﷲ ވިދާޅުވީ މަގުމަތީގެ އެކިއެކި ހަރަކާތްތައް ނުހިންގި ނަމަވެސް ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި މިސަރުކާރުން ރައްޔިތުންނަށް ޖެއްސުން ކުރުމާއި، ގޯނާ ކުރުމާއި، ދަތިކުރުމާއި އަދި އެކިއެކި ގޮތް ގޮތަށް ރައްޔިތުން ނިކަމެތި ކުރުން ނޫން އިތުރު ކަމެއް ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން މިސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުންނަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަހުމަދު އަބްދުﷲ ވިދާޅުވީ މިސަރުކާރުގެ ބީރު ކަންފަތްތަކަށް އަޑު އިއްވުމަށް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމަށް ހުރިހާ ރައްޔިތުން އަންނަންޖެހޭ ކަމަށެވެ. އަދި މިސަރުކާރުން ނިކަމެތި ކުރަމުންދާ މަސްވެރިން، ދަނޑުވެރިން، އޮޑިވެރިން، ޓެކްސީ ޑްރައިވަރުން އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ނުކުމެ އަޑު އުފުލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރު އަހުމަދު އަބްދުﷲއެމްޑީޕީޤާނޫނުއަސާސީގެ ދިފާއުގައި

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު