Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު އިނގިރޭސި ޕްރިމިއާ ލީގު

އަޔަކްސްގެ ޑިފެންޑާ ސަންޗޭޒް ޓޯޓެންހަމްއަށް ސޮއިކޮށްފި

19 އޯގަސްޓު 2017 | ހޮނިހިރު 07:43

ސަންޗޭޒް ޓޮޓެންހަމްއަށް ސޮއިކޮށްފައިވަނީ 42 މިލިއަން ޕައުންޑަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 އޯގަސްޓު 2017 | ހޮނިހިރު 07:43
ޓޮޓެންހަމްއާއި އަލަށް ގުޅުނު ޑިފެންޑާރ ސަންޗޭޒް

ޓޮޓެންހަމްއާއި އަލަށް ގުޅުނު ޑިފެންޑާރ ސަންޗޭޒް

ނެދަލޭންޑްސްގެ އަޔަކްސްއަށް ކުޅެމުން އައި ކޮލަމްބިއާގެ ޒުވާން ޑިފެންޑަރު ޑެވިންސަން ސަންޗޭޒް ޓޯޓެންހަމްއަށް ސޮއިކޮށްފިއެވެ.

ޓޮޓެންހަމްއަށް ސަންޗޭޒް ސޮއިކޮށްފައި ވަނީ 42 މިލިއަން ޕައުންޑަށެވެ. މިއީ ޓޮޓެންހަމްއިން އެ ކްލަބަށް މިހާތަނަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. މީގެ ކުރިން މި ރިކޯޑް އޮތީ މިދިޔަ ސީޒަނުގައި 30 މިލިއަން ޕައުންޑަށް ގެނައި ސިސޯކޯ އަތުގައެވެ.

ސަންޗޭޒް ވަނީ ޓޮޓެންހަމްއާ އެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ މި ޓްރާންސްފާ މާކެޓުގައި ޓޮޓެންހަމްއިން ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.

ޓޯޓެންހަމްއަށް ސޮއިކުރުމަށް ފަހު ސަންޗޭޒަ ބުނެފައި ވަނީ ޓޮޓެންހަމް ކަހަލަ ޓީމަކަށް ސޮއި ކުރެވުމުން ވަރަށް އުފާވާ ކަމަށާއި އެ ޓީމުގެ ކޯޗާއި ކުޅުންތެރިންނާ އެކު ވަރަށް މަސައްކަތްކުރާ ހިތްވާ ކަމަށާއި މިއީ އޭނާގެ ކެރިއަރަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން އޭނާވަނީ އަޔަކްސްގެ ކޯޗާއި މެނޭޖްމަންޓާއި ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންނަށް ޝުކުރުއަދާކޮށްފައެވެ.

ޓޮޓެނަހަމްގެ ކޯޗު ޕޮޗެޓީނޯ ވަނީ ޓްރާންސްފާ މާކެޓު ނިމުމުގެ ކުރިން އިތުރު ހަތަރު ކުޅުންތެރިން ޓީމަށް ގެންނަން ބޭނުންވާ ކަމަށް ބުނެފައެވެ.

ސަންޗޭޒް ވަނީ އަޔަކްސްއަށް 32 މެޗު ކުޅެދީފައެވެ. މިދިޔަ ސީޒަނުގައި ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލްގައި އަޔަކްސްއިން ކުޅުނު އިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އޭނާ ވަނީ މިދިޔަ ސީޒަނުގައި އަޔަކްސްގެ ކުޅުންތެރިންގެ މެދުގައި ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި

04 ޖެނުއަރީ 2017
ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް