Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑް ކަޕް

ކުޑަހުވަދޫ ބަލިކޮށް، ދިއްދޫ ދެ ވަަނައިގައި

2 ޑިސެމްބަރު 2024 | ހޯމަ 01:32

މޮޅާއެކު ދިއްދޫ މި ގުރޫޕުގެ ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ތިން ވަަނައިގައި ދ.މީދޫ އާއި ހަތަރު ވަނައިގައި އޮތް ކުޑަހުވަދޫ އަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޑިސެމްބަރު 2024 | ހޯމަ 01:32
ދިއްދޫ އާއި ކުޑަހުވަދޫ ކުޅުނު މެޗުގެ ތެރެއިން

ދިއްދޫ އާއި ކުޑަހުވަދޫ ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ދ.ކުޑަހުވަދޫއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ހއ.ދިއްދޫ އިން ގުރޫޕުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ގުރޫޕު އޭ ގައި އާދީއްތަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ދިއްދޫ އިން ކާމިޔާބު ކުރީ 6-2 އިންނެވެ. މެޗު ފަށައިގެން ދިއްދޫ އިން ވަނީ ރަނގަޅަށް ކުޅެ، ކުޑަހުވަދޫ ކޮޅަށް ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ދިއްދޫ އަށް ލީޑު ނަގައިިދިނީ އަލީ ފަރީދު އެވެ. އޭގެ ފަހުން ދިއްދޫގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ އާދަމް އާޒިމް އެވެ. މެޗުގައި ދިއްދޫގެ އަނެއް ހަތަރު ލަނޑަކީ ވެސް ދެ ވަނަ ހާފުގައި ޖެހި ލަނޑުތަކެވެ. އެގޮތުން ދެ ވަނަ ހާފުގައި ދިއްދޫގެ ތިން ވަނަ ލަނޑު ޖެހީ ފަރީދު އެވެ.

އޭގެ ފަހުން ކުޑަހުވަދޫ އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މުޙައްމަދު ޒިހާން ޙުސެއިން ޖެހިއިރު، ހާރޫން އިބްރާހީމްގެ ލަނޑާ އެކު ކުޑަހުވަދޫ އިން ވަނީ ފަރަގު ކުޑަ ކޮށްފަ އެވެ. ނަމަވެސް މެޗުގައި ދިއްދޫ އިން ވަނީ އިތުރު ތިން ލަނޑު ޖަހައިގެން މޮޅުވެފަ އެވެ. މެޗުގައި ދިއްދޫގެ ފަހު ތިން ލަނޑު ވެސް ޖެހީ އަހުޒަމް ރަޝީދު އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މޮޅާއެކު ދިއްދޫ މި ގުރޫޕުގެ ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ތިން ވަަނައިގައި ދ.މީދޫ އާއި ހަތަރު ވަނައިގައި އޮތް ކުޑަހުވަދޫ އަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. މި ގުރޫޕުގެ އެއް ވަނައިގައި ފުވައްމުލައް ސިޓީ ދެ ވަނަ ބުރުން ޖާގަ ހޯދާފައިވާއިރު، ދެ ވަނަ ޖާގައިގެ ވާދަވެރިކަން މިހާރު މި ވަނީ ބޮޑުވެފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް