Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޑޮލަރުގެ މައްސަލަ

ޑޮލަރު ލިބުން ދަތިވެ، ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންނަށް ގައުމަށް ފައިސާ ނުފޮނުވޭ މައްސަލަ އެމްއެމްއޭ އަށް

30 ނޮވެމްބަރު 2024 | ހޮނިހިރު 12:46

މިކަމާ ގުޅިގެން، އިންޑިއާ ހައި ކޮމިޝަނުން ވަނީ ދިވެހި ސަރުކާރާއި އެމްއެމްއޭއާ މަޝްވަރާކޮށް، މި މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ އެމެރިކާ ޑޮލަރުގެ އަދަދު އިތުރުކޮށްދިނުމަށް އެދިފައެވެ.

ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2024 | ހޮނިހިރު 12:46
ރައީސް ޑރ މުޙައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު

ރައީސް ޑރ މުޙައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު

ޑޮލަރު ލިބުން ދަތިވެ، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުން އެމީހުންގެ މުސާރައާއި އާމްދަނީ އިންޑިއާއަށް ފޮނުވުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މީގެ ކުރިން މިފަދަ ކަންބޮޑުވުމެއް ރަސްމީ އިދާރާ އަކަށް ހުށަހަޅާފައިވާ ކަމުގެ ރެކޯޑެއް ނެތް އިރު، މުއިއްޒުގެ ސަރުކާރުން ބޭރު ފައިސާ އާ ގުޅޭ ގޮތުން ގެންގުޅެމުންދާ ދޯހަޅި ސިޔާސަތުތަކުގެ ތެރެއިން، ރާއްޖޭގެ ބޭންކުތަކުން ޑޮލަރު އިންތިހާ އަށް ކޮންޓްރޯލް ކޮށްފައިވާތީ، ދިވެހި ރުފިޔާއިން މުސާރަ ލިބޭ އިންޑިޔާ ރައްޔިތުންނަށް އެމީހުންގެ ގައުމަށް ފައިސާ ފޮނުވުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށް ބުނެ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އެންމެ ފަހުން މި ވަނީ އެމްއެމްއޭ އަށް ކަންބޮޑުވުން ހުށަހަޅާފައެވެ.

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި، ރާއްޖޭގައި މަސައްކަތް ކުރާ އެމެރިކާ ޑޮލަރުން މުސާރަ ލިބޭ އިންޑިއާގެ ރައްޔިތުންނަށް މައްސަލައެއް ދިމައެއް ނުވެއެވެ. ނަމަވެސް ދިވެހި ރުފިޔާއިން މުސާރަ ލިބޭ މީހުންނަށް އެމްއެމްއޭ ބޭންކު ތަކަށް ޑޮލަރު ދޫކުރުމުގައި ތާށިތައް ކުރިމަތިކޮށްފައި އޮތުމުގެ ސަބަބުން ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ސަރުކާރުން ކުރިމަތިކޮށްފައިވާ ދަތިތަކުގެ ސަބަބުން ރުފިޔާ އިން މުސާރަ ލިބޭ ބިދޭސީންގެ މެދުގައި ނުތަނަވަސްކަމާ ކަންބޮޑުވުން ވަނީ އުފެދިފައެވެ. ބޭރު ގައުމުތަކުގައި މަސައްކަތް ކުރާ މީހުން ފޮނުވާ އާމްދަނީ އަށް ގައުމުގައި ދިރިއުޅޭ އާއިލާ އިން ބަރޯސާ ވާއިރު، އާއިލާތަކަށް ވަގުތުން ވަގުތަށް ފައިސާ ފޮނުވޭ ގޮތް ނުވުމުން އެތައް ދައްޗެއް ކުރިމަތިވަމުންދާ ކަމަށް ވެއެވެ.

މިކަމާ ގުޅިގެން، އިންޑިއާ ހައި ކޮމިޝަނުން ވަނީ ދިވެހި ސަރުކާރާއި އެމްއެމްއޭއާ މަޝްވަރާކޮށް، މި މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ އެމެރިކާ ޑޮލަރުގެ އަދަދު އިތުރުކޮށްދިނުމަށް އެދިފައެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ އިންޑިއާގެ ރައްޔިތުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންނާއި، ޓީޗަރުން ހިމެނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

16 މާރިޗު 2017

ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި

16 މާރިޗު 2017
ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
15 ފެބުރުއަރީ 2017

ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި

15 ފެބުރުއަރީ 2017
ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
30 ޖެނުއަރީ 2017

ޕޮއިސްގެ ނަން މުޅި ރާއްޖޭގައި

30 ޖެނުއަރީ 2017
ޕޮއިސްގެ ނަން މުޅި ރާއްޖޭގައި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް