Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިސަރުކާރުގެ ފެހި ސިގްނަލް

މި ސަރުކާރުގެ ފެހި ސިގްނަލްއާއި، އޭގެ ނަތީޖާ ނުފެންނާނެ: މެންބަރު ސަމީރު

2025 ވަނަ އަހަރުގެ ބަޖެޓަކީ އާދަޔާ ހިލާފު ބަޖެޓެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2024 | ހޮނިހިރު 06:29
ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ފެހި ސިގްނަލްއަކީ ލޮލަށް ފެންނާނެ އެއްޗެއް ނޫން ކަމަށާއި، ނަތީޖާ ވެސް ނުފެންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ސަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެމްބަރު ސަމީރު ވިދާޅުވީ ވަނީ 2025 ވަނަ އަހަރަށް މިސަރުކާރުން ފާސްކޮށްފައިވާ ބަޖެޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މެމްބަރު ސަމީރު ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓަކީ އާދަޔާ ހިލާފު ބަޖެޓެއް ކަމަށާއި، ރާއްޖޭގެ ތާރީހުގައި ވެސް ރާއްޖޭގެ ގާނޫނު އަސާސީގެ ރޫހާއި، ހެދިފައިވާ ގާނޫނުތަކާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން ބަޖެޓެއް ފާސްކޮށްފައިނުވާ ކަމަށެވެ. އަދި މި ބަޖެޓުގައި ގިނަ މައްސަލަތަކާއި ބޮޑެތި ކަންބޮޑުވުންތައް ހުރި ނަމަވެސް އެއްވެސް ކަމަކަށް ބެލުމެއް ނެތި ބަޖެޓު ފާސްކޮށްފައިވާ ކަމަށް މެމްބަރު ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މެމްބަރު ސަމީރު ވިދާޅުވީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުން އިންތިހާއަށް ނުރުހުންވެ، ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ފެށުމުން ކަންކަން ރަނގަޅުވާނެ ކަަމަށް އަންގައި ސޯޝަލް މީޑިއާގައި ރައީސް މުއިއްޒު ފެހި ސިގްނަލް ދެއްވާ ކަމަށެވެ. ނަމަވެސް މިފެހި ސިގްނަލްއަކީ މިސަރުކާރުގެ ތަރައްގީއާއި، ކާމިޔާބީ ގޮތަށް ލޮލަށް ފެންނާނެ އެއްޗެއް ނޫން ކަމަށާއި، ނަތީޖާ ވެސް ނުފެންނާނެ ކަމަށް މެމްބަރު ސަމީރު ވިދާޅުވިއެވެ.

މެމްބަރު ސަމީރު ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ އެއްވެސް ޕްރޮޖެކްޓެއްގެ ތަފްސީލެއް ނެތް ކަމަށާއި، ކަމާގުޅުން ހުރި މިނިސްޓަރުންނަށް ވެސް ވާނުވާ ނޭނގޭ ކަމަށެވެ. އަދި ވަކި އަދަދެއް ޖަހާފައި އޮތް ނަމަވެސް އަންނަ އަހަރު ހޭދަ ކުރަން ނިންމާފައިވަނީ ކޮން ރަށެއްގެ ކޮންކޮން ޕްރޮޖެކްޓަކަށްކަން ނޭނގޭ ކަމަށް މެންބަރު ސަމީރު ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުން އަބަދުވެސް ރައްޔިތުންނަށް ފެހި ސިިގްނަލް ދޭނެ ކަމަށް މެމްބަރު ސަމީރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު