Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުދުމުހުތާރު ވެރިކަން

ހުދުމުހުތާރު ވެރިކަމެއް ހިންގުމަށް ރައްޔިތުން ނިކަމެތިކުރާނަމަ އެކަމާ ދެކޮޅަށް ރައްޔިތުން ނުކުންނާނެ: މެންބަރު ނާޒިލް

ހަގީގަތް އޮޅުވާލުމަށް ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2024 | ބުރާސްފަތި 13:21
ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

ބާރުތައް އަންނަނީ ރައްޔިތުންގެ ފަރާތުން ކަމަށާއި، ހުދުމުހުތާރު ވެރިކަމެއް ހިންގުމަށް ރައްޔިތުން ނިކަމެތިކުރާނަމަ އެކަމާ ދެކޮޅަށް ރައްޔިތުން ނުކުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު އަދި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ނާޒިލް ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މިހާރު ހިންގާ ކަންކަމަކީ ހުދުމުހުތާރުކޮށް ހިންގާ ކަންތައްތަކެއް ކަމަށާއި، މިކަންކަމުގެ ހަގީގަތް އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. މިގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފުރުސަތުދޭ ކަމަށްވާނަމަ ފަހަރަކު ކަމެއް މިގޮތަށް ނިންމާ ގައުމު ހަލާކުގެ ތެރެއަށް ވައްޓާލާނެ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މެންބަރު ނާޒިލް ވިދާޅުވީ ހުދުމުހުތާރުކޮށް ވެރިކަން ހިންގި ގައުމުތަކުގައި ނިމުން އަންނަ ގޮތް ފެނިގެންދާ ކަމަށާއި، ރައްޔިތުންނަށް އުދަނގޫވެ، ނިކަމެތިވާނަމަ ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުންނާނެ ކަމަށެވެ.

މީގެ އިތުރުން މެންބަރު ނާޒިލް ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެނައީ އެމްޑީޕީގެ އަޑު މަޖިލީހުގައި އިއްވުމަށް އެއްވެސް ފުުރުސަތެއް ނުދީކަމަށެވެ. ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލަށް އިޝާރާތް ކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ މަޖިލީހުގައި ބައެއް ޕާޓީތައް ތަމްސީލު ކުރުމަށް އެންމެ މެންބަރަކުވެސް އެބަހުރި ކަމަށާއި، އެ ޕާޓީތަކަށް 10،000 މެންބަރުން ހަމަނުވެގެން ޕާޓީ އުވާލާ ހާލަތެއް އަތުވެއްޖެނަމަ ދެން އެ މެންބަރުގެ ގޮނޑިއަށް ވެގެންދާނެ ގޮޮތެއް ގާނޫނުގައި ނެތްކަމަށެވެ. އަދި މިކަހަލަ ގިނަ ކަންތައްތަކެއްގެ ޖަވާބު ނުލިބުނުކަމަށާއި، އެއީ މަޝްވަރާކޮށްފައިނުވާތީ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

މެންބަރު ނާޒިލް ވިދާޅުވީ ސަރުކާރުން ހުދުމުހުތާރު ގޮތްގޮތަށް ނިންމާ ނިންމުންތަކުގެ ސަބަބުން މުސްތަގުބަލުގައި ވެސް ނިކަމެތިވެގެންދާނީ ރައްޔިތުން ކަމަށާއި، އެކަމަށް ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އަދި ބާރުތައް އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު، ނުހައްގުން ކަންކަން ކުރާނަމަ ރައްޔިތުންގެ ބާރު ރައްޔިތުން ހިފާނެ ކަމަށެވެ. އަދި އެ ދުވަހަކުން ސަރުކާރުގައި ކިތަންމެ ބާރެއް އޮތް ނަމަވެސް ރައްޔިތުން ދެކޮޅަށް ނުކުތުމުން އެބާރު ނެތިދާނެ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރަށް ލިބޭ ކޮންމެ ފުރުސަތެއްގައި މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ނިޒާމް ގަޑުބަޑު ކޮށްލަން: ނާޒިލް

މި ސަރުކާރަށް ލިބޭ ކޮންމެ ފުރުސަތެއްގައި މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ނިޒާމް ގަޑުބަޑު ކޮށްލަން: ނާޒިލް

15 އެޕްރީލު 2025
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

13 ފެބުރުއަރީ 2025
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

04 ފެބުރުއަރީ 2025
ބަންކަރިން މަޝްރޫޢުއަކީ މިހާރު އެންމެ ބޮޑު ޖޯކަށް ވެއްޖެ - ނާޒިލް

ބަންކަރިން މަޝްރޫޢުއަކީ މިހާރު އެންމެ ބޮޑު ޖޯކަށް ވެއްޖެ - ނާޒިލް

02 ފެބުރުއަރީ 2025
ރައްޔިތުންގެ ހައްގުގައި ދެން އެމްޑީޕީން ނުކުންނާނީ ނަސްރުގެ މައިދާނަށް: މެންބަރު ނާޒިލް

ރައްޔިތުންގެ ހައްގުގައި ދެން އެމްޑީޕީން ނުކުންނާނީ ނަސްރުގެ މައިދާނަށް: މެންބަރު ނާޒިލް

01 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު