Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުން

ކުރިއަށް އޮތް 4 އަހަރު ސިއްހީ ނިޒާމުގައި މުޅިން އައު ބާބެއް ލިޔެވިގެންދާނެ - ނާޒިމް

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމްގައި ހުރި ގިނަ މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގިނަ މަސައްކަތްތަކެއް ކުރައްވާކަން މިއަދު ފެނިގެންދާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2024 | ހުކުރު 18:52
ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުން

ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުން

ކުރިއަށް އޮތް 4 އަހަރސކީ ސިއްހީ ނިޒާމުގައި މުޅިން އައު ބާބެއް ލިޔެވިގެންދާނެ ދުވަސްތަކެއްކަމަށް ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނާޒިމް އެފަދައިން ވިދާޅުވީ ބޭނުންކުރާތާ 5 އަހަރު ފަހުން ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ރަސްމީކޮށް ހުޅުވުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ 2018 ވަނަ އަހަރު ދަރުމަވަންތަ ހޮސްޕިޓަލް ނިމުނު ކަމުގައި ވީ ނަމަވެސް އެ ހޮސްޕިޓަލްގެ ބޭނުން އެންމެ އެދެވޭގޮތުގައި ކޮށްފައި ނުވާ ކަމަށާއި އެއީ ބޮޑު އިހުމާލެއްކަމަށެވެ. އަލުން ދަރުމަވަންތަ ހުޅުވުމަކީ އުންމީދީ މަންޒަރެއް ފެނުން ކަަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ދިވެހިރާއްޖޭގެ ސިއްހީ ނިޒާމްގައި ހުރި ގިނަ މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގިނަ މަސައްކަތްތަކެއް ކުރައްވާކަން މިއަދު ފެނިގެންދާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. ބޭސްފަރުވާގެ ނިޒާމް ހަރުދަނާކުރުމަށާއި އެކަންކަން ފުޅާކުރުމަށް ރައީސް މަސައްކަތްކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ބަލިމަޑުކަމުން ދުރުހެލިވެ ތިބުމަށްޓަކައި ދުޅަހެޔޮ އާބާދީއެއް މި ޤައުމުގައި ބިނާކުރުމުގެ އިތުރުން ސިއްހީ ދާއިރާގެ ގަވަރނަންސް ހަރުދަނާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ރައީސް ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެެ. އެގޮތުން ދިވެހި ރައްޔިތުންނަށް ކުރިއަށްއޮތް 4 އަހަރު ސިއްހީ ދާއިރާއަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ހުކުރު ދުވަހުގެ ރޭ އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އެ ހޮސްޕިޓަލް ހުޅުވާފައި ވަނީ ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވަނީ އެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި ހުޅުވައިދެއްވައި، އެ ހޮސްޕިޓަލުގައި ފަރޓިލިޓީ ސެންޓަރެއް ހުޅުވައިދެއްވައި، އަދި ހައިބްރިޑް ކެތުލެބް އިފްތިތާޙްކޮށްދެއްވާފައެވެ. މީގެއިތުރުން އެ މަނިކުފާނު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އީ. އާރް، ކުޑަކުދިންނަށް ޚާއްސަ އީ.އާރް.އެއްގެ ގޮތުގައި ކަނޑައަޅުއްވައިދެއްވާފައެވެ. ހުކުރު ދުވަހުގެ ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ލޯގޯ އިފްތިތާޙްކޮށްދެއްވާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު