Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޭރު ފައިސާ

ކުއްލިއަކަށް ތައާރުފް ކުރި ބޭރު ފައިސާގެ ގަވައިދަށް އަމަލު ކުރަން ޔުނިވަރސަލުންވެސް ދެކޮޅު ހަދައިފި

14 ނޮވެމްބަރު 2024 | ބުރާސްފަތި 12:06

"250 އެމެރިކާ ޑޮލަރުގެ ރޭޓެއްގައި 4 މީހުންގެ ޢާއިލާއެއް 4 ރޭ ތިބެ، ޖުމްލަ 1000 އެމެރިކާ ޑޮލަރު ލިބޭ ރިސޯޓަކުން 2000 އެމެރިކާ ޑޮލަރު ދިވެހި ރުފިޔާއަށް ބަދަލުކުރުމަކީ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ." އެމްޔޫ މަނިކު ސިޓީގައި ވިދާޅުވެފައިވެއެވެ.

ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2024 | ބުރާސްފަތި 12:06
ޔުނިވަރސަލްގެ ޗެއަރަމަން މުހައްމަދު އުމަރު މަނިކު

ޔުނިވަރސަލްގެ ޗެއަރަމަން މުހައްމަދު އުމަރު މަނިކު

ކުއްލި ގޮތަކަށް ރާއްޖޭގެ ޓޫރިސްޓް ފެސިލިޓީތަކަށް އަމާޒުކޮށް، އެ ފެސިލިޓީތަކަށް ލިބޭ ޑޮލަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާ ގޮތެއްގެ މަތިން އެކައުންޓެއްގައި ބަަހައްޓާ، އަންނަ ކޮންމެ ފަތުރުވެރިއަކަށް ރިސޯޓެއްގައި ނަމަ 500 ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތައް އެމްއެމްއޭ އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލަށް އަމަލު ނުކުރާނެކަން، ޔުނިވާސަލް އިން ވެސް އަންގައިފި އެވެ.

ޔުނިވަރސަލް އެންޓަރޕްރައިސަސް އިން 14 ނޮވެމްބަރުގެ ތާރީޚުގައި އެމްއެމްއޭ މިކަން އެންގި އިރު ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ އެންމެ މަޝްހޫރު ބްރޭންޑް ކަމަށް ވާ ޗަމްޕާ ރިސޯޓުތަކުންވެސް މި އައު ގަވައިދަށް އަމަލު ނުކުރެވޭނެ ކަމަށް އެމްއެމްއޭ އަށް ވަނީ އަންގާފައެވެ.

ޔުނިވާސަލް އެންޓަޕްރައިސަސް އިން ހިންގާ ރިސޯޓުތަކުން އެ ގަވައިދަށް އަމަލު ނުކުރެވޭނެ ކަމަށް ބުނެ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރަށް ފޮނުވި ސިޓީގައި ސޮއި ކުރައްވާފައިވަނީ ގްރޫޕްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ.

ޔުނިވަރަސަލުން ފޮނުވި ސިޓީގައި ކޮންމެ މެހުމާނަކަށް 500 އެމެރިކާ ޑޮލަރު މާރުކުރަން ޖެހޭ ގޮތައް ގަވައިދު އެކުލަވާލިއިރު، އެއީ ބަލަން ޖެހޭ ކަންކަން ބެލުމެއްނެތި ކަނޑައެޅިފައިވާ އަދަދަކަށްވާތީ، މިއީ ރަނގަޅަށް ވިސްނާފައި ނިންމި ނިންމުމެއް ނޫން ކަމަށް ވަނީ ބުނެފައެވެ. އަދި މިއީ ތަފާތު މާކެޓް ސެގްމެންޓްތަކުގައި ހިންގާ ރިސޯޓުތަކަށް އިންސާފުވެރި ގޮތެއް ނޫން ކަމަށާއި، މިއީ ރިސޯޓެއްގެ ހިންގުމުގެ އަސާސްތަކަށް ރިޢާޔަތްކޮށްފައި ނިންމި ނިންމުމެއް ނޫން ކަމަށްވެސް ސިޓީގައި ވަނީ ބުނެފައެވެ.

ރިސޯޓެއްގެ 90 އިންސައްތަ ޚަރަދުތަކަކީ އެމެރިކާ ޑޮލަރުން ކުރަންޖެހޭ ޚަރަދުތައް ކަމަށާއި، މީގެ ތެރޭގައި ހިމެނެނީ ގިނަ އޮޕަރޭޓިންގ ސަޕްލައިތަކާއި، ސްޕެއަރ ޕާޓްސް ހޯދުމާއި، ތެޔޮ ގަތުމާއި، މުވައްޒަފުންގެ މުސާރަ އާއި، މާކެޓިންގ ޚަރަދުތަކާއި، އޮންލައިން އޮޕަރޭޓަރ އަދި ކްރެޑިޓް ކާޑު ކޮމިޝަންތަކާ ގުޅޭ ޚަރަދުތަކާއި، މެނޭޖްމަންޓް ފީތަކާއި، ފައިނޭންސިންގ ޚަރަދުތަކާއި ދަރަނި އަދާކުރުމާއި، ކުލި، ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ދެއްކުން ފަދަ ޚަރަދުތައް ކަމަށް ސިޓީގައި ވެއެވެ.

"250 އެމެރިކާ ޑޮލަރުގެ ރޭޓެއްގައި 4 މީހުންގެ ޢާއިލާއެއް 4 ރޭ ތިބެ، ޖުމްލަ 1000 އެމެރިކާ ޑޮލަރު ލިބޭ ރިސޯޓަކުން 2000 އެމެރިކާ ޑޮލަރު ދިވެހި ރުފިޔާއަށް ބަދަލުކުރުމަކީ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ." އެމްޔޫ މަނިކު ސިޓީގައި ވިދާޅުވެފައިވެއެވެ.

ޔުނިވަރސަލް ގްރޫޕުން ބުނެފައިވަނީ، މި ޤަވާއިދު އެކުލަވާލެވިފައިވަނީ ޤައުމަށް އެމެރިކާ ޑޮލަރު ލިބޭ މިންވަރާ މެދު އަރާފައި އޮޅުމެއްގެ މައްޗަށް ކަމަށެވެ.

ގްރޫޕެއްގެ ހައިސިއްޔަތުން ޔުނިވަރސަލުން އަބަދުވެސް ހުރިހާ އެކައުންޓްތަކެއް ބަހައްޓާފައި ހުންނަނީ ދިވެހިރާއްޖޭގައި ކަމަށާއި، އަދި ފަހުން ޓެކްސް ޤަވާއިދުތަކަށް ގެނެވުނު ބަދަލުތަކާ އެކު، ޔުނިވަރސަލުން ހުރިހާ ޓެކްސްތަކެއް ދައްކަމުން ގެންދަނީ މީރާއަށް އެމެރިކާ ޑޮލަރުން ކަމަށް ވަނީ ބުނެފައެވެ. އަދި ޖުމްލަ ޓެކްސްގެ މިންވަރަކީ ރިސޯޓެއްގެ ޖުމްލަ އާމްދަނީގެ 30 އިންސައްތަ އަށްވުރެ ބޮޑު އަދަދެއް ކަމަށް ލަފާކުރެވޭ ކަމަށްވެސް ސިޓީގައިވެއެވެ.                 

"ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރު ބަދަލުކުރުމުގެ ޝަރުޠާ އެއްގޮތަށް ޢަމަލުކުރުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫނެވެ." އެމްޔޫ މަނިކު ސިޓީގައި ވިދާޅުވިއެވެ.

އަދި މި ޤަވާއިދު ތަންފީޒުކުރުމުގެ ސަބަބުން، ޞިނާޢަތަށް ގެއްލުންވާފަދަ ނިންމުންތަކެއް ނިންމަން މަޖުބޫރުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ސިޓީގައި ލިޔުއްވާފައިވެއެވެ.

"އަޅުގަނޑުމެން ސަރުކާރަށް ގޮވާލަނީ މި ސިޔާސަތު އަލުން ވިސްނުމަށާއި، ހުރިހާ މާކެޓް ސެގްމެންޓްތަކަށް އެކަށީގެންވާ އަދި ޢަމަލީގޮތުން ކުރެވޭނެ ނިޒާމެއް އެކުލަވާލުމަށެވެ."

ޔުނިވަރސަލް ގްރޫޕް އިން ވެސް ބުނެފައިވަނީ، ޞިނާޢަތެއްގެ ހައިސިއްޔަތުން ސަރުކާރުގެ މަޤްޞަދުތައް ހާސިލުކުރުމަށް އެހީތެރިވުމަށް ތައްޔާރަށް ތިބި ކަމަށާއި ނަމަވެސް ކޮންމެ ސިޔާސަތެއްވެސް އެކުލަވާލަންވާނީ ޞިނާޢަތް ހިނގާ ގޮތުގެ ޙަޤީޤަތަށް ރިޢާޔަތްކޮށް، އަދި ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ނުލިބޭނެ ގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި ކަމަށް ސިޓީ ނިންމާލައްވަމުން އެމްޔޫ މަނިކު ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2018

ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް 10 މިލިއަން ފައިސާގެ މުއާމަލާތް !

25 ޖެނުއަރީ 2018
ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް 10 މިލިއަން ފައިސާގެ މުއާމަލާތް !
25 ޖެނުއަރީ 2018

ބީއެމްއެލްގެ މިސްރާބު ބޭރު ދުނިޔެއަށް!

25 ޖެނުއަރީ 2018
ބީއެމްއެލްގެ މިސްރާބު ބޭރު ދުނިޔެއަށް!
25 ޑިސެމްބަރު 2017

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި

25 ޑިސެމްބަރު 2017
ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި
23 ޑިސެމްބަރު 2017

ޓެކްސް ނެގުމުގެ ގަވައިދަށް އަނެއްކާ ވެސް އިސްލާހެއް!

23 ޑިސެމްބަރު 2017
ޓެކްސް ނެގުމުގެ ގަވައިދަށް އަނެއްކާ ވެސް އިސްލާހެއް!
27 ނޮވެމްބަރު 2017

ކަނޑުމަހުގެ އަގު ރާއްޖޭން ބޭރުގެ ބާޒާރުގައި ވަނީ ދަށްވެފައި!

27 ނޮވެމްބަރު 2017
ކަނޑުމަހުގެ އަގު ރާއްޖޭން ބޭރުގެ ބާޒާރުގައި ވަނީ ދަށްވެފައި!
16 އޮކްޓޯބަރު 2017

އިލެކްޓްރޯނިކް ޒަރިއްޔާ އިން ޓެކްސް ދެއްކުމުގެ ގަވައިދަށް ބަދަލު ގެނެސްފި

16 އޮކްޓޯބަރު 2017
އިލެކްޓްރޯނިކް ޒަރިއްޔާ އިން ޓެކްސް ދެއްކުމުގެ ގަވައިދަށް ބަދަލު ގެނެސްފި
11 އޮކްޓޯބަރު 2017

ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތްތައް ކުރެވޭ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިދެނީ

11 އޮކްޓޯބަރު 2017
ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތްތައް ކުރެވޭ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިދެނީ
08 އޮކްޓޯބަރު 2017

މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި

08 އޮކްޓޯބަރު 2017
މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި
18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
14 ޖެނުއަރީ 2017

ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ

14 ޖެނުއަރީ 2017
ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް