Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެއިން ޤައުމީ ޓީމު

ސުބާސީ އަށް ސްޕެއިން ޤައުމީ ޓީމުން ފުރުސަތު ދީފި

14 ނޮވެމްބަރު 2024 | ބުރާސްފަތި 06:43

އުމުރުން 17 އަހަރުގެ ކުޅުންތެރިޔާ އަށް ސްޕެއިން ޤައުމީ ޓީމުން ފުރުސަތު ދޭން ކޯޗު ލުއިސް ޑި ލާ ފުއެންޓޭ ނިންމީ، ސްޕެއިންގެ ޕައު ޓޮރޭސް އަށް އަނިޔާވުމާ ގުޅިގެން، އޭނާގެ ބަދަލަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ނޮވެމްބަރު 2024 | ބުރާސްފަތި 06:43
ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޕައު ސުބާސީ

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޕައު ސުބާސީ

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ޑިފެންޑަރު ޕައު ސުބާސީ އަށް ޤައުމީ ޓީމުން ފުރުސަތު ދީފި އެވެ.

އުމުރުން 17 އަހަރުގެ ކުޅުންތެރިޔާ އަށް ސްޕެއިން ޤައުމީ ޓީމުން ފުރުސަތު ދޭން ކޯޗު ލުއިސް ޑި ލާ ފުއެންޓޭ ނިންމީ، ސްޕެއިންގެ ޕައު ޓޮރޭސް އަށް އަނިޔާވުމާ ގުޅިގެން، އޭނާގެ ބަދަލަށެވެ. ބައިނަލްއަޤުވާމީ ބްރޭކުގައި ސްޕެއިން އިން ކުޅޭ ދެ މެޗަށް އެކުލަވާލި ސްކޮޑުގައި ޓޮރޭސް ހިމެނިއިރު ވެސް، އޭނާ ހުރީ ކޮންމެ ވެސް ވަރެއްގެ އަނިޔާއެއްގަ އެވެ. އެންމެ ފަހުން، އަނިޔާގެ ސަބަބުން އޭނާ އަށް ނުކުޅެވޭނެކަން ކަށަވަރުވުމާއެކު އޭނާ ވަނީ ޓީމުން އުނިކޮށްފަ އެވެ.

އޭނާގެ ބަދަލުގައި ސުބާސީ އަށް ޤައުމީ ޓީމުން ފުރުސަތު ދިނުމަށް ކޯޗު ފުއެންޓޭ ވަނީ ނިންމައިފަ އެވެ. މީގެ ކުރިން ވެސް ސުބާސީ އަށް ވަނީ ސްޕެއިންގެ ސްކޮޑުން ފުރުސަތު ދީފަ އެވެ. އެގޮތުން މިއަހަރު ޖަރުމަނުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުރިން ސްޕެއިން އިން އެކުލަވާލި ޕްރިލިމިނަރީ ސްކޮޑުން އޭނާ އަށް ފުރުސަތު ދިނެވެ. ނަމަވެސް މުބާރާތަށް އެކުލަވާލި ފައިނަލް ސްކޮޑުން ސުބާސީ އަށް ފުރުސަތެއް ނުލިބެ އެވެ. އޭނާ ވަނީ މިހާތަނަށް ސްޕެއިންގެ ޤައުމީ ޓީމުގައި ހަތަރު މެޗު ކުޅެފަ އެވެ.

ބާސެލޯނާ އަށް ބަދަލުވީ ފަހުން ސުބާސީ އަންނަނީ އެ ކުލަބުގައި ފާހަގަކޮށްލެވޭ ކުޅުމެއް ދަައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ޖުމުލަ 41 މެޗު ކުޅެދީފަ އެވެ. މި ސީޒަންގައި އޭނާ ވަނީ 17 މެޗެއްގައި ބާސެލޯނާ އަށް ކުޅެފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް