Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާސަންދަ ޚިދުމަތް

ބައިލައްކައަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންގެ އަތުން އާސަންދައަށް ފައިސާ ދައްކަންޖެހޭ ގޮތަށް ބަދަލުކުރަނީ

ފާމަސީތަކާއި ސަރުކާރު ހޮސްޕިޓަލްތަކުން ހޯދާ ބައެއް ސިއްހީ ޚިދުމަތްތަކަށް ކޮންޓްރިބިއުޓަރީ ކޯ-ޕޭ ނިޒާމެއް ގާއިމް ކުރުމަށް ނިންމާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2024 | ބުދަ 12:16
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އާސަންދަ ލިބުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައި

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އާސަންދަ ލިބުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައި

އާސަންދަ ނިޒާމު ހަރުދަނާ ކުރުމަށް މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ ނުވަތަ އިންކަމް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ އަތުން ހެލްތް ކޮންޓްރިބިއުޝަން އެއްދައްކަންޖެހޭ ގޮތަށް ހަދަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓު ފޮތުގައި ބުނެފައިވަނީ އާސަންދައާއި މެޑިކަލް ވެލްފެއަރ ނިޒާމު ހަރުދަނާ ކުރުމަށް އަޅަން ރާވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން 600 މިލިއަން ރުފިޔާ އާ ގާތްކުރާ މިންވަރަކަށް އަންނަ އަހަރު ހަރަދު ކުޑަކުރެވިގެންދާނެކަމަށް ބެލެވޭ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެންމެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކަށް ކުރިން ދައްކާ (ޕްރީ-ޕޭ) ހެލްތް ކޮންޓްރިބިއުޝަނެއް ތައާރަފް ކުރުން ވަނީ ނިންމާފައެވެ.

ބަޖެޓު ފޮތުގައި ބުނެފައިވަނީ އާސަންދައިގެ ނިޒާމުން ކުރާ ހަރަދުގެ މިންވަރެއް ފައިނޭންސްކޮށް ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ ނުވަތަ އިންކަމް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ އަތުން ހެލްތް ކޮންޓްރިބިއުޝަންއެއް 2025 ވަނަ އަހަރުގެެ އޭޕްރީލް މަހުން ފެށިގެން ނަގަން ފަށަން ނިންމާފައިވާ ކަމަށާއި، މި ކޮންޓްރިބިއުޝަންގެ ސަބަބުން މުޅި ނިޒާމު ޕްރޮގްރެސިވްކުރެވި އެންމެ ފަގީރު ހާލުގައިވާ ފަރާތްތަކަށް މާލީ ބުރައަކާ ނުލައި ސިއްހީ ޚިދުމަތްތައް ލިބޭކަން ކަށަވަރުކުރަން ލިބޭ ޖާގަ އިތުރުވާނެ ކަމަށެވެ. މިއީ ދެކުނު ކޮރެއާފަދަ ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި ކާމިޔާބުކަމާއެކު ތަންފީޒު ކުރަމުންދާ މޮޑެލްއެއްކަމުގައިވާއިރު، ބައެއް ގައުމުތަކުން މި ޕްރީ-ޕޭމަންޓް ނަގަމުންދަނީ އިންކަމް ޓެކުހުގެ ފައިސާ ދައްކާ ވަގުތު، ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް ކަމަށް ބުނެފައިވެއެވެ.

ބަޖެޓު ފޮތުގައި ބުނެފައިވަނީ ފާމަސީތަކާއި ސަރުކާރު ހޮސްޕިޓަލްތަކުން ހޯދާ ބައެއް ސިއްހީ ޚިދުމަތްތަކަށް ކޮންޓްރިބިއުޓަރީ (ކޯ-ޕޭ) ނިޒާމެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެންމެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކުން އައުޓްޕޭޝަންޓް ޚިދުމަތްތައް ހޯދާއިރު، އެސެންޝަލް ބޭސް ގަންނައިރު، ބިލުގެ ވަކި މިންވަރެެއް ކޮންޓްރިބިއުޝަނެއް ދައްކަންޖެހޭ ގޮތަށް ބަދަލުކޮށް، 2025 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތަންފީޒުކުރަން ވަނީ ނިންމާފައެވެ. މިފަދައިން އަމަލުކުރުމުގައިވެސް އަމިއްލަ ޖީބުން އަހަރެއްގެ މައްޗަށް ގިނަވެގެން ހަރަދުކުރަންޖެހޭނެ އެންމެ މަތީ މިންވަރުތައް ކަނޑައަޅައި އެ މިންވަރުގެ އިތުރަށް ފައިސާ ދައްކަން ނުޖެހި މިހާރެކޭވެސް އެއްފަދައިން ޚިދުމަތް ހޯދާނެކަން ކަށަވަރުކުރެވޭނެއެވެ. އަދި ކޮންޓްރިބިއުޝަންގެ ނިސްބަތާއި އަހަރެއްގެ ތެރޭގައި ގިނަވެގެން ހަރަދުކުރަންޖެހޭ މިންވަރު ކަނޑައަޅާފައިވަނީ އާމްދަނީގެ ގިންތިއަށް ބަލައި ޕްރޮގްރެސިވްކޮށެވެ. ނަމަވެސް އިންކަމް ޓެކްސް ދައްކަންޖެހޭ ފަރާތްތައް ފިޔަވައި މިފަދައިން ކޮންޓްރިބިއުޝަން ނެގުމުގައި 18 އަހަރު ނުފުރޭ ކުޑަކުދިންނާއި، 65 އަހަރުން މަތީގެ ފަރާތްތަކާއި ކްރޮނިކް އަދި ޓާމިނަލް ބަލިތަކަށް ފަރުވާކުރާ ފަރާތްތައް އިސްތިސްނާވާނެ ކަމަށް ބަޖެޓު ފޮތުގައި ބުނެފައިވެއެވެ. މިއީ އާއްމުގޮތެއްގައި މި ފަރާތްތަކުން ސިއްހީ ފަރުވާ ހޯދަންޖެހޭ މިންވަރު އިތުރުވެފައި އެފަރާތްތަކުގެ ފަރުވާ އެންމެ އެކަށީގެންވާ ގޮތެއްގައި ހޯދުމަށް މާލީ ގޮތުން ހުރަހެއް ނެތްކަން ކަށަވަރުކުރުމުގެ ގޮތުންނެވެ. މިފަދަ ބަދަލާއެކު ޒިންމާދާރުކަމާއެކު ބޭސްފަރުވާ ހޯދުމާއި، ބޭސް ބޭނުންކުރުމަށް ބާރުއެޅޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޕްރައިވެޓް ހޮސްޕިޓަލްތަކުން ދޭ ޚިދުމަތްތަކުގެ ޕެކޭޖް އަގުތައް ކަނޑައަޅައި ހާމަނައިޒްކުރާނެކަން ފާހަގަކޮށް ބަޖެޓު ފޮތުގައި ބުނެފައިވަނީ އާސަންދަ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ތަންތަނުން ޚިދުމަތް ހޯދާއިރު، އާސަންދަ ސްކީމުން ކަވަރުކުރަނީ ބިލުގެ ވަކި މިންވަރެކެވެ. އަދި ބާކީބައި އަދާކުރަނީ ޚިދުމަތް ހޯދާ ފަރާތުން ކަމަށެވެ. މިގޮތަށް އާސަންދަ ކަވަރު ކުރާ މިންވަރު ޖުމްލަ ގޮތެއްގައި އެއްގޮތް ނަމަވެސް އަމިއްލަ ޖީބުން ދައްކަންޖެހޭ ބައި އެކި ހޮސްޕިޓަލްތަކުގައާއި ކްލިނިކްތަކުގައި ތަފާތު ކަމަށާއި، އަދި އެކި ކަހަލަ މެޑިކަލް ޕްރޮސީޖަރތަކަށް ކަނޑައަޅާފައިވާ އަގުގެ އިތުރުން އެކި ކަހަލަ ކޮންސިއުމަބަލްސްއަށާއި، އެޑްމިޓްކުރަންޖެހޭ ފާލަތްތަކުގައި އެކަމުގެ ހަރަދުތަކަށް ބިލުކުރާ ކަމަށެވެ. މިކަމުގެ ސަބަބުން އަސަންދައިގެ އިތުރުން އެންސްޕާ މެޑިޑަލް ވެލްފެއަރ އޮންނަ ބުރަވެސް އިތުރުވާކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ބަޖެޓު ފޮތުގައި ބުނެފައިވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ މެދުވެރިކޮށް ފޯރުކޮށްދޭ މެޑިކަލް ވެލްފެއަރ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ވެލްފެއަރ ދޭ އުސޫލުތައް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން 2025 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މެޑިކަލް ވެލްފެއަރ ދޭ އުސޫލު ބަދަލުކޮށް، އެންމެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކަށް މި އެހީ ދެވޭނީ އިންޓަރެސްޓް ފްރީ ލޯނެއްގެ ގޮތުގައި ކަމަށް ކަނޑައަޅަން ވަނީ ނިންމާފައެވެ. އަދި މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް މިހާރު ވެސް މި އެހީ ލިބޭ އުސޫލުން އަނބުރާ ދައްކަން ނުޖެހޭ ގޮތަށް އާސަންދަ ކަވަރ ނުކުރާ ޚިދުމަތްތަކާއި އާލާތްތަކާއި އެހެނިހެން ހަރަދުތައް އެންސްޕާ މެޑިކަލް ވެލްފެއަރ މެދުވެރިކޮށް ހަމަޖެހޭނެއެވެ. މީގެ މައިގަނޑު މަގުސަދަކީ ކެޓެސްޓްރޯފިކް ހެލްތް އެކްސްޕެންޑިޗަރ ނުވަތަ ބައްޔަކަށް ހޯދަންޖެހޭ ފަރުވާ ހޯދުމުން ފަގީރުކަމަށް ވެއްޓިދާނެ ހަރަދުތަކުން ރައްޔިތުން ރައްކާތެރި ކުރުން ކަމަށާއި، އަދި އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ވެސް ދެމެހެއްޓެނިވި ގޮތެއްގައި އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށް ބަޖެޓު ފޮތުގައި ބުނެފައިވެއެވެ.

އާސަންދަ އަދި މެޑިކަލް ވެލްފެއަރގެ އިތުރުން ސިފައިންނާއި، ފުލުހުންނާއި، އެ ފަރާތްތަކުގެ އާއިލާތަކަށް މެޑިކަލް ވެލްފެއަރ ސްކީމް މިހާރު ބައްޓަންވެފައި އޮތް ގޮތުން އެއް ފަރުވާއަކަށް ނުވަތަ ޚިދުމަތަކަށް އިތުރު ސްކީމެއް ކަނޑައެޅި ހަރަދުކުރެވެމުންދާކަން ވެސް ބަޖެޓު ފޮތުގައި ފާހަގަކޮށްފައިވެއެވެ. އެ ފޮތުގައި ބުނެފައިވަނީ މިއަހަރުގެ ނިޔަލަށް ސިފައިންނާއި، ފުލުހުންގެ ބޭސްފަރުވާއަށް އާސަންދައިގެ ބޭރުން ޖުމްލަ 321.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. މި ސްކީމަށް މިހާރު ލިމިޓެއް ކަނޑައެޅިފައިނުވާއިރު، ކޮސްމެޓިކް ޕްރޮސީޖަރތަކާއި، ބައެއް ކޮންސިއުމަބަލްސް ވެސް މި ސްކީމުގެ ތެރެއިން ލިބޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން މި ސްކީމުގެ ބަދަލުގައި ސިފައިންނާއި، ފުލުހުންނާއި އެފަރާތްތަކުގެ އާއިލާތަކަށް އެއްހަމަކޮށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި އަހަރުގެ ތެރޭގައި ދައުލަތުން ހަރަދުކުރަންޖެހޭ މިންވަރު ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަމަށެވެ. ޕްރައިވެޓް އިންޝުއަރަންސް ކަވަރު ހަމަވުމަށްފަހު އާސަންދަ ނިޒާމަށް މި ފަރާތްތަކުން ވެސް ރުޖޫއަވި ނަމަވެސް ފުލުހުންނާއި، ސިފައިން ވަޒީފާ އަދާކުރުމުގެ ތެރެއިން ލިބޭ އެންމެހާ ގެއްލުންތަކަށް ދައުލަތުން ފުރިހަމައަށް ހަރަދުކުރަމުންދާ ކަމަށް ބަޖެޓު ފޮތުގައި ބުނެފައިވެއެވެ.

މިބަދަލު 2025 ވަނަ އަހަރުގެ ކުރީކޮޅު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބަޖެޓު ފޮތުގައި ބުނެފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު