Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ޕައުލީ އަތުން ވެސް ބަޔާން މޮޅުވީ މުސިއާލާ ޖެހި ލަނޑުން

މޮޅާއެކު ބަޔާނުން ވަނީ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ނޮވެމްބަރު 2024 | އާދީއްތަ 05:03
މެޗުގައި ލަނޑު ޖެހުމަށްފަހު މުސިއާލާ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު މުސިއާލާ އުފާ ފާޅު ކުރަނީ

ޖަރުމަނު ލީގުގައި އެސްޓީ ޕައުލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާން މިއުނިކުން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

ޕައުލީގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ބަޔާން އިން ކާމިޔާބު ކުރީ 1-0ންނެވެ. އެއީ މެޗިގެ ފުރަތަމަ ހާފުގައި ބަޔާނުން ޖެހި ލަނޑުންނެވެ.

ބަޔާނުން ރަނގަޅު ކުޅުމެއް ދައްކައި، ލަނޑުތަކެއް ޖަހަން ފުރުސަތު ތަނަވަސްކުރި އެ މެޗުގައި އެ ޓީމުން ވަނީ ޕައުލީގެ ގޯލަށް އަމާޒުކޮށް ހަ ހަމަލާއެއް ފޮނުވާލައިފަ އެވެ. މެޗުގެ ފުރަތަމަ ހާފު ފަށައިގެން 22 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ޖަރުމަނުގެ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާ އެވެ. މިއީ ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުސިއާލާ މި ސީޒަންގައި އެ ޓީމަށް ޖަހައިދިން ނުވަ ވަނަ ލަނޑެވެ. އަދި ޖަރުމަނު ލީގުގައި އޭނާ ޖެހި ފަސް ވަނަ ލަނޑެވެ.

މެޗުގައި ބަޔާނަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. އޭގެ އިތުރުން ކިންގްސްލީ ކޯމަން އަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނުއިރު، ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ބެންފީކާއާ ދެކޮޅަށް ބަޔާން ކުޅުނު މެޗުން ވެސް އެ ޓީމު މޮޅުވީ މުސިއާލާ ޖެހި ލަނޑުންނެވެ.

މޮޅާއެކު ބަޔާނުން ވަނީ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެެއީ މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން 26 ޕޮއިންޓު ހޯދައިގެންނެވެ. މި ސީޒަންގެ ޖަރުމަނުގައި ލީގުގައި މިހާތަނަށް އެއްވެސް މެޗަކުން ބަޔާން ބަލިވެފައި ނުވާއިރު، އަށް މެޗުން މޮޅުވެ ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް ލިބެނީ 21 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު