Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ސިޓީ އަށް ޖެހި ޖެހިގެން ހަތަރު ވަނަ ބަލި

ބްރައިޓަން އަތުން ވީ ބައްޔާއެކު ސިޓީ އަށް ދަށް ނަތީޖާ އަކާ ކުރިމަތިލާން ޖެހުނުއިރު، މިއީ ސިޓީގެ ކޯޗުކަމާ ޕެޕް ގާޑިއޯލާ ހަވާލުވީ ފަހުން ޖެހި ޖެހިގެން ހަތަރު މެޗުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ނޮވެމްބަރު 2024 | އާދީއްތަ 05:01
ބްރައިޓަން އާއި މެންޗެސްޓަރ ސިޓީ ކުޅުނު މެޗުގެ ތެރެއިން

ބްރައިޓަން އާއި މެންޗެސްޓަރ ސިޓީ ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަށް ދަށް ނަތީޖާއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ބްރައިޓަންގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ސިޓީގެ މައްޗަށް ކުރި ހޯދީ 2-1ންނެވެ. އެއީ މެޗުގައި ސިޓީން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗު ފަށައިގެން 23 ވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ނޯވޭގެ ފޯވާޑު އާލިން ހާލަންޑު އެވެ. މެޗުގައި ބްރައިޓަން އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ، އެގޮތުން މެޗުގެ 78 ވަނަ މިނެޓުގައި ބްރައިޓަން އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖެހީ ޖޮއާއޯ ޕެޑްރޯ އެވެ. އޭގެ ފަސް މިނެޓު ފަހުން ބްރައިޓަން އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި، އެ ޓީމު ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. ޕެޑްރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބްރައިޓަން އަށް އެ ލަނޑު ޖަހައިދިނީ މެޓް އޮރައިލީ އެވެ.

ބައްޔާއެކު ސިޓީ މި ވަނީ އެންމެ ފަހުން އެ ޓީމު ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ. އެގޮތުން ކަރަބޯ ކަޕްގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ މުބާރާތުން ސިޓީ ކެޓިއިރު، އޭގެ ފަހުން ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ. އަދި އޭގެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕޯޓިންއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ސިޓީ ވަނީ ބަލިވެފަ އެވެ. ބްރައިޓަން އަތުން ވީ ބައްޔާއެކު ސިޓީ އަށް ދަށް ނަތީޖާ އަކާ ކުރިމަތިލާން ޖެހުނުއިރު، މިއީ ސިޓީގެ ކޯޗުކަމާ ޕެޕް ގާޑިއޯލާ ހަވާލުވީ ފަހުން ޖެހި ޖެހިގެން ހަތަރު މެޗުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ.

މިހާތަނަށް ލީގުގައި ކުޅުނު 11 މެޗުން 23 ޕޮއިންޓާ އެކު ސިޓީ އޮތީ ދެ ވަނައިގަ އެވެ. މި ސީޒަންގެ ލީގުގައި ސިޓީ ވަނީ ދެ މެޗުން ބަލިވެފަ އެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު