Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނަތީޖާ ދަށް ދަރިވަރުން

ނަތީޖާ ދަށް ދަރިވަރުން ފުލުހާއި ސިފައިންގެ އަށް ވެއްދުން - މަޖުބޫރުކޮށްގެން ސަލާމަތީ ޚިދުމަތެއް ދެވިދާނެތަ؟

ސިފައިންގެ އަށް އަދި ފުލުހަށް ވަންނަ މީހުންނަކީ އެއަށް ވުރެ ބޮޑަށް އަމިއްލަ ޤައުމަށް ޚިދުމަތް ކުރުމުގެ އިސްނެގުމެއް ހުންނަން ޖެހޭ ބައެކެވެ. އެއަށް ވުރެ ވަތަނީ ބައެކެވެ. މަޖުބޫރަކުން ފަށާ ޚިދުމަތަކަށް ސަލާމަތީ ޚިދުމަތް ވެގެން ނުވާނެއެވެ.

ސިފައިންގެ އަށް އަދި ފުލުހަށް ވަންނަ މީހުންނަކީ އެއަށް ވުރެ ބޮޑަށް އަމިއްލަ ޤައުމަށް ޚިދުމަތް ކުރުމުގެ އިސްނެގުމެއް ހުންނަން ޖެހޭ ބައެކެވެ. އެއަށް ވުރެ ވަތަނީ ބައެކެވެ. މަޖުބޫރަކުން ފަށާ ޚިދުމަތަކަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2024 | ބުދަ 14:25
ރައީސް ޑރ.މުހައްމަދު މުއިއްޒު އަދި އެޑިއުކޭޝަން މިނިސްޓަރ ޝަފީއު

ރައީސް ޑރ.މުހައްމަދު މުއިއްޒު އަދި އެޑިއުކޭޝަން މިނިސްޓަރ ޝަފީއު

ނޮވެމްބަރު 3ގެ ޖަލްސާ އަޑު އަހަން އިންދާ އިވުނު ވާހަކަ އަކީ ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން 16 އަހަރުވުމުން ސިފައިންގެ އާއި ޕޮލިހަށް ވަންނަން މަޖުބޫރުވާ ޕްރޮގްރާމެއް ފަށަން ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި އަޑެވެ. އެ ދުވަހު ގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ. އެގޮތުން ރައީސް ވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތް ފުޅާކުރަން މި ދައުރުގެ ތެރޭގައި އިތުރު 1000 ފުލުހުން ބޭނުންވާ ކަމަށް ފާހަގަކުރައްވާފައެވެ. ވަޒީފާ ހޯދުމުގެ ފުރުސަތު ނުލިބިފައި، ތައުލީމް އެކަށީގެންވާ ވަރަކަށް ނުލިބި މަގުމައްޗަށް ގިނަވާ ކުދިންނަށް އެ ވަޒީފާތައް ހޯދާދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވިދާޅުވި ވާހަކަ އަކީ އެކަމުގެ ސަބަބުން މުޖުތަމައު އައި ކުދިން އުފުލަން ޖެހޭ ބުރަ ކުޑަވާނެ ކަމަށެވެ. ދެން ފެނުނު މަންޒަރަކީ ޖެހިގެން އައި ދުވަހު ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން ސިފައިން އަދި ފުލުހުންގެ ހިދުމަތަށް ވަންނަން މަޖުބޫރުކުރުން ދިފާއުކޮށް ތައުލީމީ ވަޒީރު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަދެއްކެވިތަނެވެ. އެ މަނިކުފާނު އެފަދައިން ވިދާޅުވީ މާލެ ސީއެޗްއެސްއީ ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ޑރ.ޝަފީއު އަށް ފެނިވަޑައިގަންނަވާ ގޮތުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތަކެއް ނުވަތަ އިތުރު ގޮތްތަކެއް އެކަމުގެ ސަބަބުން ލިބޭނެއެވެ. އީސްގެ އެ ނިންމުމުގެ ނަތީޖާއަކަށް ވެގެންދާނީ ރައީސްގެ ޒައާމަތާ ހަވާލުވިއިރު ވިދާޅުވި ފަދައިން ފިކުރީ ގޮތުން ގައުމު ތަރައްގީ ކުރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ގައުމު އާރާސްތު ކުރުމަށްޓަކައި ގިނަ ޒުވާނުންތަކެއް ބިނާވެގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެހެންމެ އޭގެ ސަބަބުން އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން މަގުމަތިވާ އަދަދު މަދުވެގެން ދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ ސިފައިންގެ އާއި ފުލުހުންގެ ޚިދުމަތަކީ ސަލާމަތީ ޚިދުމަތެއް ކަމެވެ. ސިފައިން ގެއަށް ނުވަތަ ފުލުހަށް ވަނުމުގެ ބިންގަލަކީ ތިމާ މީހާ އަށް ލިބޭ ދަށް ނަތީޖާ ކަމަށް ވެއްޖެއްޔާ އޭނާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އުފުލޭނީ ކިހިނެތްތޯއެވެ. އެއީ ތިމާ ސިފައިންގެ އަށް ނޫނީ ފުލުހަށް ވަންނަ ހަމައެކަނި ސަބަބަށް ވެއްޖެ ނަމަ ކަންކަން ރަނގަޅުވާނީ ކިހިނެއްހެއްޔެވެ؟ ބުރަ ބޮޑު ތަމްރީންތައް ހަދާނީ ކިހިނެތްހެއްޔެވެ؟ ލޮތްބާއި އެކު ދޭން ޖެހޭ ސަލާމަތީ ޚިދުމަތަށް ގޮތް ހުސްވެގެން ނުކުންނަ މީހަކު ކުރިމަތިލާނީ ބަރު ހިތަކާއި އެކުގައި ނޫންތޯއެވެ؟ އަޅުގަނޑުގެ ނަޒަރުގައި ސިފައިންގެ އާއި ފުލުހަށް ވުރެ ބޮޑަށް އިޚްތިޔާރުކޮށްގެން ވަޒީފާ އަށް ދާން ޖެހޭ އެހެން ތަނެއް ނެތެވެ. އެހެނީ އެ މީހުން ކުރިމަތި ލަނީ އާއްމުންނާއެވެ. ހަވާލުވަނީ ޤައުމީ ޒިންމާއަކާއެވެ. އެ މީހުންގެ އަތްމަތީގައި ވަނީ ޤާނޫނުތައް ނަގަހައްޓާ، މުޖުތަމައު މަސަލަސްކުރުމާއި، ހިމާޔަތްކުރުމުގެ ޒިންމާއެވެ.

ނޫނީ ބަސްނާހައިގެން، ނޫނީ ނުކިޔަވައިގެން އިސްލާހުކުރަން ވައްދާ ތަނަކަށް ސިފައިންގެ އާއި ފުލުހުންވީ ޒަމާން އަލުން އިއާދަކުރަންވީހެއްޔެވެ؟ އަޅުގަނޑަށް ވިސްނޭ ގޮތުގައި ދަށް ނަތީޖާ ލިބޭ ކުދިންނަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބެންވާނެއެވެ. އެކަމަކު އެ ފުރުސަތު ލިބެންވާނީ އެ ނަތީޖާގެ މަތީގައި ވާ މަޖުބޫރަކުން ނޫނީ އަޅުވާ ޓެގަކުން ނޫނެވެ. މިވަރުން ދަންޏާ ދެން ބުނާނެތާއެވެ. ނުކިޔަވާ ފާސް ނުވެގެން ދެން ޖެހޭނީ ސިފައިންގެއަށް ނޫނީ ފުލުސް އޮފީހުގައި ޚިދުމަތްކުރާކަށް ނޫން ހެއްޔެވެ؟ އެހެން ބުނާ އަޑު އަހަން ބޭނުންވާނެ ފުލުހެއް ވެސް ސިފައިންގެ މީހެއްވެސް ހުންނާނެހެން ހިއެއް ނުވެއެވެ. ސިފައިންގެ އަށް އަދި ފުލުހަށް ވަންނަ މީހުންނަކީ އެއަށް ވުރެ ބޮޑަށް އަމިއްލަ ޤައުމަށް ޚިދުމަތް ކުރުމުގެ އިސްނެގުމެއް ހުންނަން ޖެހޭ ބައެކެވެ. އެއަށް ވުރެ ވަތަނީ ބައެކެވެ. މަޖުބޫރަކުން ފަށާ ޚިދުމަތަކަށް ސަލާމަތީ ޚިދުމަތް ވެގެން ނުވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!

އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!

22 ޖުލައި 2017
ރައީސް ނަޝީދަށްޓަކައި ރައީސް ޔާމީން ބަދަލު ހިއްޕަވަނީ!

ރައީސް ނަޝީދަށްޓަކައި ރައީސް ޔާމީން ބަދަލު ހިއްޕަވަނީ!

28 ޖޫން 2017
މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

24 ޖޫން 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު