Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަށް ނަތީޖާ ލިބޭ ކުދިން

ދަށް ނަތީޖާ ލިބޭ ދަރިވަރުން ސިފައިން އަދި ފުލުހުންގެ ހިދުމަތަށް ވަންނަން މަޖުބޫރުކުރުން ދިފާއުކޮށް ތައުލީމީ ވަޒީރު ވާހަކަދައްކަވައިފި

އެކަމުގެ ސަބަބުން ގައުމު އާރާސްތު ކުރުމަށްޓަކައި ގިނަ ޒުވާނުންތަކެއް ބިނާވެގެން ދާނެ ކަމަށް ވަޒީރު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2024 | އަންގާރަ 05:06
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން ސިފައިން އަދި ފުލުހުންގެ ހިދުމަތަށް ވަންނަން މަޖުބޫރުކުރުން ދިފާއުކޮށް ތައުލީމީ ވަޒީރު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަދައްކަވައިފިއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ މާލެ ސީއެޗްއެސްއީ ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން 16 އަހަރުވުމުން ސިފައިންގެ އާއި ޕޮލިހަށް ވަންނަން މަޖުބޫރުވާ ޕްރޮގްރާމެއް ފަށަން ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ. އެގޮތުން ރައީސް ވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތް ފުޅާކުރަން މި ދައުރުގެ ތެރޭގައި އިތުރު 1000 ފުލުހުން ބޭނުންވާ ކަމަށް ފާހަގަކުރައްވާފައެވެ. ވަޒީފާ ހޯދުމުގެ ފުރުސަތު ނުލިބިފައި، ތައުލީމް އެކަށީގެންވާ ވަރަކަށް ނުލިބި މަގުމައްޗަށް ގިނަވާ ކުދިންނަށް އެ ވަޒީފާތައް ހޯދާދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމާއި ގުޅޭގޮތުން އާއްމުންނާއި ސިޔާސީ މީހުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި، ޑރ.ޝަފީއު ވިދާޅުވީ ދަރިވަރުންނަށް އިތުރު ފުރުސަތުތަކެއް ނުވަތަ އިތުރު ގޮތްތަކެއް ފަހިކޮށްދޭން ޖެހޭ ކަމަށެވެ. ރައީސްގެ އެ ނިންމުމުގެ ނަތީޖާއަކަށް ވެގެންދާނީ ރައީސްގެ ޒައާމަތާ ހަވާލުވިއިރު ވިދާޅުވި ފަދައިން ފިކުރީ ގޮތުން ގައުމު ތަރައްގީ ކުރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ގައުމު އާރާސްތު ކުރުމަށްޓަކައި ގިނަ ޒުވާނުންތަކެއް ބިނާވެގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެހެންމެ އޭގެ ސަބަބުން އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން މަގުމަތިވާ އަދަދު މަދުވެގެން ދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި މާލެ ސީއެޗްއެސްއީ ހުޅުވުމާއި މެދުވެސް އެ މަނިކުފާނު ވާހަކަދެއްކެވިއެވެ. އެގޮތުން މީގެކުރިން އޭލެވަލް ކިޔަވަން ފަށަނީ އަހަރަކު 1،100 ދަރިވަރުން ކަމަށާއި، މި އަހަރު އޭލެވަލް ފަށާފައި ވަނީ 2،000 އާ ގާތްކުރާ އަދަކަކަށް ދަރިވަރުން ތިބެގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މާލެ ސީއެޗްއެސްއީ ހުޅުވުމަކީ ގާތުން ތައުލީމް ފޯރުކޮށްދިނުމަށް ލިބުނު ކުރިއެރުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު