Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިކޮނޮމިކް އަޕްޑޭޓް

މި އަހަރުގެ ދެވަނަ ކުއާރޓާގައި އިގްތިސާދީ ދުވެލި ދަށަށް ހިނގައްޖެ

ބޭރު ފައިސާގެ ރިޒާވް މިހާރު ހުރީ 371.2 މިލިއަން ޑޮލަރުގައި ކަމަށް ބުނާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 37 އިންސައްތައިގެ ދަށްވުމެއްކަން ފާހަގަ ކުރެވެއެވެ.

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 4 ނޮވެމްބަރު 2024 | ހޯމަ 14:45
ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓުން ހިތްއުފާ ކޮށްލަނީ - އިގްތިސާދު އޮތީ ފަތުރުވެރިކަމަށް ބަރޯސާވެފައި

ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓުން ހިތްއުފާ ކޮށްލަނީ - އިގްތިސާދު އޮތީ ފަތުރުވެރިކަމަށް ބަރޯސާވެފައި

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހޯމަ ދުވަހު ނެރުނު "އިކޮނޮމިކް އަޕްޑޭޓު" ގައި 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ރާއްޖޭގެ އިޤްތިޞާދީ ދުވެލި 4.5 އިންސައްތައިގައި ހުރިކަމަށް ބުނިއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެނުނު 7.7 އިންސައްތައިގެ ކުރިއެރުމާ އަޅާބަލާއިރު އިގްތިސާދީ ދުވެލި ދަށަށް ޖެހިފައިވާކަން ފާހަގަ ވެއްޖެއެވެ.

ދެވަނަ ކުއަރޓާގައި އިގްތިސާދީ ދުވެލި ދަށަށް ދިޔައިރު، އެމްއެމްއޭ އިން ބުނާ ގޮތުގައި 2024 ވަނަ އަހަރު ނިމޭއިރު އިޤްތިޞާދު 5.5 އިންސައްތަ އަށް ކުރިއަރާނެކަމަށް ލަފާކުރެވެއެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، 2024 ގެ ސެޕްޓެމްބަރު މަހު 132,795 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 1 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއަހަރުގެ ޖަނަވަރީން ސެޕްޓެމްބަރަށް ޖުމްލަ 10 އިންސައްތައިގެ ގެ ކުރިއެރުމެއް ވަނީ ފެނިފައެވެ.

އެމްއެމްއޭ ގެ ރިޕޯޓު ބުނާގޮތުގައި ބޭރު ފައިސާގެ ރިޒާވް މިހާރު ހުރީ 371.2 މިލިއަން ޑޮލަރުގައި ކަމަށް ބުނާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 37 އިންސައްތައިގެ ދަށްވުމެއްކަން ފާހަގަ ކުރެވެއެވެ.

ސަރުކާރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 98 އިންސައްތައިގައި ހުރިކަން ވެސް އެމްއެމްއޭ އިން ފާހަގަ ކުރެއެވެ.

އަގުތަކުގެ މިންގަނޑަށް ބަލާއިރު، 2024 ގެ ސެޕްޓެމްބަރު މަހު އިންފްލޭޝަން ރޭޓް ހުރީ 1.1 އިން ސައްތައިގައެވެ. މިއީ އޮގަސްޓް މަހު ހުރި 1.4 އިންސައްތަ އާ އަޅާބަލާއިރު ދަށް އަދަދެކެވެ.

އިތުރަށް ކިޔާލަން

02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
05 ޖެނުއަރީ 2017

ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި

05 ޖެނުއަރީ 2017
 ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު