Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިހާދުގެ ކޮރަޕްޝަން މައްސަލަ

ޖިހާދުގެ މައްސަލަ ހައިކޯޓަށް ބަލައިނުގަތުމަށް ނިންމި ނިންމުން މުރާޖަޢާކުރުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފި

އެޑްރެސް ހޯދަން މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން 15 ދުވަސް ދިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2024 | ބުދަ 11:59
ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު

ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު

ކުރީގެ ނައިބު ރައީސް އަދި ޑރ. މުއިއްޒުގެ ސަރުކާރުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއަރޕާރސަން ކަމަށް އައްޔަން ކުރެއްވި އަބްދުﷲ ޖިހާދުގެ މައްޗަށް ދަޥުލައުތުން ކޮށްފައިވާ ދަޢުވާގެ މައްސަލަ ހައިކޯޓުން ބަލައިނުގަތުމުން އެ ނިންމުން މުރާޖާ ކުރުމަށް ފަނޑިޔާރުން މަޖިލީހަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ދަފްތަރު ނަންބަރު 1015، ޢަބްދުﷲ ޖިހާދުގެ މައްޗަށް ކުރިމިނަލް ކޯޓަށް ހުށަހެޅި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއްވާން އޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ މައްސަލަ ބެލޭނެތަނެއް ނެތްކަމަށް އެކޯޓުން ކަނޑައެޅުއްވުމާ ގުޅިގެން، އެ މައްސަލަ އިސްތިއުނާފުކުރުމަށް 11 އޮގަސްޓު 2024 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ބުދަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ "އިޖުރާއީ ނިންމުން" އިން، އިސްތިއުނާފު ރައްދުވާ ޢަބްދުﷲ ޖިހާދަށް މައްސަލައިގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދު ނުކުރެވޭކަމަށް ބަޔާންކޮށް، އޭނާ ކޯޓަށް ހާޒިރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު އަލުން ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދެއްވައި، މައްސަލަ އަނބުރާ އެ އޮފީހަށް ފޮނުއްވާފައިވެއެވެ. 

މި މުއްދަތުގައި ދިވެހި ފުލުހުންގެ ޚިދުމަތް މެދުވެރިކޮށް ޢަބްދުﷲ ޖިހާދު ހުންނެވި ތަނެއް ސާފުކުރިއިރު، އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާކަމަށް މަޢުލޫމާތު ދީފައިވެއެވެ. އަދި އެ ސަބަބަށްޓަކައި، ކޯޓުން ދެއްވި މުއްދަތުގައި މައްސަލަ އަލުން ހުށަހެޅުމަށް ހުރަހެއް ކުރިމަތިވެފައިވާކަމަށް ބަޔާންކޮށް، މުއްދަތު އިތުރުކޮށްދެއްވުމަށް 3 އޮކްޓޫބަރު 2024 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އަދި ޢަބްދުﷲ ޖިހާދު އެނބުރި ރާއްޖެ ވަޑައިގެން ފައިވާކަމަށް 14 އޮކްޓޫބަރު 2024 ގައި ދިވެހި ފުލުހުންގެ ޚިދުމަތުން އެ އޮފީހަށް މަޢުލޫމާތު ދިނުމާއި ގުޅިގެން، ޖެހިގެން އައި 15 އޮކްޓޫބަރު 2024 ގައި މައްސަލަ އަލުން ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ނަމަވެސް އެ ކޯޓުގެ ރަޖިސްޓަރގެ ނިންމުމުން މައްސަލަ ބަލައިނުގަތުމަށް 27 އޮކްޓޫބަރު 2024 ގައި ނިންމަވާފައިވެއެވެ.

ހައިކޯޓުގެ ރަޖިސްޓްރަރ ގެ ނިންމެވުމާމެދު އެ އޮފީހުން ހިތްނަމަ ނުޖެހޭތީއާއި، ރަޖިސްޓްރަރގެ ނިންމެވުން ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާއާއި، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާއާ ފުށޫއަރާކަމަށް ފެންނާތީ، އެ ނިންމެވުން މުރާޖަޢާކޮށްދެއްވުން އެދި މިއަދު (30 އޮކްޓޫބަރު 2024) ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދުހައި ކޯޓުޕްރޮސެކިއުޓަރ ޖެނެރަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު