Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރިސޯޓު ނީލަން

ދޮޅިޔަދޫ އާއި ގަސްވެލި ވިއްކާލަން އެސްބީއައި އިން އިއުލާނުކޮށްފި

އެސްބީއައި އިން މި ދެ ރަށުގެ ހައްގުތައް ވިއްކާލުމަށް ހުޅުވާލީ، މި ރަށްތަކުގެ ވެރިވަފަރާތްތަކުން ބޭންކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާ ހޯދުމަށް ބޭންކަށް ކޯޓުން ހުއްދަ ދިނުމާ ގުޅިގެން ކަމަށް އެސްބީއައި އިން ވަނީ ބުނެފައެވެ.

އާމިނަތު ރީޝާ
އާމިނަތު ރީޝާ, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2024 | އާދީއްތަ 14:28
ދޮޅިޔަދޫ

ދޮޅިޔަދޫ

ރާއްޖޭގެ މަޝްހޫރު ދެ ރިސޯޓެއް ވިއްކާލުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ މާލޭ ގޮފިން ހުޅުވާލައިފިއެވެ.

މިއީ ށ. އަތޮޅުގެ ދޮޅިޔަދޫ އައިލެންޑް ރިސޯޓާއި މ. ގަސްވެލި، (ދެކުނުބޮޑުވެލި އަދި ކުޑަފުށި) ރިސޯޓެވެ. އެސްބީއައި އިން މި ދެ ރަށުގެ ހައްގުތައް ވިއްކާލުމަށް ހުޅުވާލީ، މި ރަށްތަކުގެ ވެރިވަފަރާތްތަކުން ބޭންކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާ ހޯދުމަށް ބޭންކަށް ކޯޓުން ހުއްދަ ދިނުމާ ގުޅިގެން ކަމަށް އެސްބީއައި އިން ވަނީ ބުނެފައެވެ.

Advertisement - businessAdvertisement

ދޮޅިޔަދޫގެ ވެރިފަރާތަކީ ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑެވެ. މި ރިސޯޓުގެ އެންމެ ދަށް އަގެއް ކަމަށް ކަނޑައަޅާފައިވަނީ 12 މިލިއަން އެމެރިކާ ޑޮލަރެވެ. ދޮޅިޔަދޫ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސަރުކާރާއެކު ސޮއިކޮށްފައިވަނީ 5 މެއި 2005 ގައެވެ. މި އެއްބަސްވުމުގެ ދަށުން 4 މެއި 2040 އާ ހަމައަށް ރިސޯޓް ހިންގުމުގެ ޙައްޤުތައް ލިބިދެއެވެ.

އެސްބީއައި އިން ވިއްކާލަން އިއުލާނު ކުރި ގަސްވެލި ރިސޯޓު (ދެކުނުބޮޑުވެލި އަދި ކުޑަފުށި) ގެ ވެރިފަރާތަކީ ގަސްވެލި އައިލެންޑް ޕްރައިވެޓް ލިމިޓެޑެވެ. މި ރަށުގެ އެންމެ ދަށް އަގު ކަމަށް ކަނޑައަޅާފައިވަނީ 1 މިލިއަން އެމެރިކާ ޑޮލަރެވެ. ރިސޯޓު ހިންގުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 3 ސެޕްޓެމްބަރ 2006 ގައެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2 ސެޕްޓެމްބަރ 2031 ގައެވެ.

އެސްބީއައި އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި މި ރަށްތައް ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 22 އޮކްޓޯބަރު އިން 2 ޑިސެމްބަރު 2024 އާ ހަމައަށް ބިޑް ހުށަހެޅުމުގެ ދަޢުވަތު ވަނީ ހުޅުވާލެވިފައެވެ. ބިޑް ހުޅުވުން އޮންނާނީ 2 ޑިސެމްބަރު 2024 ގައި އެސްބީއައިގެ މާލޭ ގޮފީގައި ކަމަށް ބުނެފައިވެއެވެ.

އެސްބީއައިން ބަޔާންކޮށްފައިވާ ގޮތުގައި ކަނޑައެޅިފައިވާ އެންމެ ދަށް އަގަށްވުރެ ދަށުން އަގު ހުށަހަޅާ ބިޑްތައް ބާޠިލްކުރެވޭނެއެވެ.

ބީލަމުގައި ބައިވެރިވުމަށްށްޓަކައި، ބިޑް ހުށަހަޅާ ފަރާތްތަކުން 15,000 އެމެރިކާ ޑޮލަރުގެ އަރނެސްޓް މަނީ ޑިޕޮސިޓެއް (އީއެމްޑީ) ބަހައްޓަން ޖެހެއެވެ.

ފައިސާ ދެއްކުމުގެ ތާވަލުގައިވާ ގޮތުން، ބިޑު ކާމިޔާބުކުރާ ފަރާތުން އެވޯޑް ލެޓަރ ލިބޭތާ 7 ދުވަހުގެ ތެރޭގައި ދޮޅިޔަދޫއަށް 1 މިލިއަން އެމެރިކާ ޑޮލަރު އަދި ގަސްވެލި ގްރޫޕްގެ ރަށްތަކަށް 300,000 އެމެރިކާ ޑޮލަރު ޑިޕޮސިޓް ކުރަން ޖެހެއެވެ. ބާކީ ފައިސާ ދެއްކުމަށް ކޮންމެ ޕްރޮޕަޓީއަކަށް 30 ދުވަހާއި 60 ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅާފައެވެ.

ދޮޅިޔަދޫގަސްވެލިއެސް.ބީ.އައި.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެމިޓެންސް އަށް ގެނައި ކުއްލި ބަދަލާއި އެކު އިންޑިއާގެ މަސައްކަތްތެރިން ގޮތް ހުސްވެފައި!

ރެމިޓެންސް އަށް ގެނައި ކުއްލި ބަދަލާއި އެކު އިންޑިއާގެ މަސައްކަތްތެރިން ގޮތް ހުސްވެފައި!

23 އޮކްޓޯބަރު 2025
 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި

50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި

18 ސެޕްޓެމްބަރު 2025
ދޮޅިޔަދޫ ރިސޯޓް ވިއްކާލަނީ

ދޮޅިޔަދޫ ރިސޯޓް ވިއްކާލަނީ

17 ސެޕްޓެމްބަރު 2024
50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން އަހަރަކަށް ފަސްކޮށްދޭން ނިންމައިފި

50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން އަހަރަކަށް ފަސްކޮށްދޭން ނިންމައިފި

13 މެއި 2024
 އެސްބީއައި މާލެ ބްރާންޗު އަލުން ހުޅުވައިފި

އެސްބީއައި މާލެ ބްރާންޗު އަލުން ހުޅުވައިފި

15 ޖޫން 2021

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު