Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުންމަތް ފަލަސްތީނާއި އެކު

"އުންމަތް ފަލަސްތީނާއި އެކު" ނަމުގައި ޒުވާނުން އިސްނަގައިގެން ހިނގާލުމެއް ބާއްވައިފި

26 އޮކްޓޯބަރު 2024 | ހޮނިހިރު 00:51

މިއީ ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް އަޑު އުފުލުމަށް ބޭއްވި ހިނގާލުމެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 އޮކްޓޯބަރު 2024 | ހޮނިހިރު 00:51
އުންމަތް ފަލަސްތީނާއި އެކު, ހިނގާލުން

އުންމަތް ފަލަސްތީނާއި އެކު, ހިނގާލުން

"އުންމަތް ފަލަސްތީނާއި އެކު" ނަމުގައި ޚާއްސަ ހިނގާލުމެއް ބާއްވައިފިއެވެ.

މިއީ ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް އަޑު އުފުލުމަށް ބޭއްވި ހިނގާލުމެކެވެ. ހުކުރު ދުވަހުގެ ރޭގެ 08:00ން ފެށިގެން ކުރިއަށް ގެންދިޔަ ހިނގާލުން ކުރިއަށް ދިޔައީ ސޯޝަލް ސެންޓަރ އިން ފެށިގެން އާޓިފިޝަލް ބީޗާއި ހަމައަށެވެ.

Advertisement - newsAdvertisement

މި ހަރަކާތަކީ ފަލަސްތީނުގައި މުސްލިމުންނަށް ކުރަމުންދާ އަނިޔާ އާއި ގުޅިގެން ދިވެހި ޒުވާނުންތަކެއް އިސްވެ ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ޔޫތް ފޯ ޔުނިޓީ އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހިނގާލުމަށް ބޮޑު ތަރުޚީބެއް ވަނީ ލިބިފައެވެ. އެ ހިނގާލުމުގައި އެހެން ޖަމިއްޔާތައް ވެސް ބައިވެރިވެފައިވެއެވެ. އެ ހިނގާލުމުގެ ބައިވެރިން ވަނީ އެމެރިކާ އެމްބަސީ ރާއްޖެއިން ބޭރުކުރުމަށް ގޮވާލާފައެވެ. އަދި އިސްރާޢީލް ޕާސްޕޯޓް މަނާކުރުމަށް އެއްވުމުގެ ބައިވެރިން ވަނީ ގޮވާލާފައެވެ. ހަމައެހެންމެ އިސްރާޢީލްގެ ޕްރޮޑަކްޓްތައް މަނާކުުރުމަށް ވެސް ބައިވެރިން ވަނީ ގޮވާލާފައެވެ.

އެ ހިނގާލުމަށް ފަހު އާޓިފިޝަލް ބީޗްގައި ޚާއްސަ ދަރުސްއެއް ވަނީ ބާއްވާފައެވެ. އެ ދަރުސްގައި ފަލަސްތީނުގެ މުގައްދަސް ބިމާއި، ފަލަސްތީނުގައި އިސްރާއިލުން ހިންގާ ޖަރީމާތަކާއި ގުޅޭ މައުލޫމާތު ވަނީ ދީފައެވެ.

ހުކުރު ދުވަހު ހަވީރު ވެސް މިފަދަ ބައެއް ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބޮއިކޮޓް ސްޓޯލްގެ ނަމުގައި ސްޓޯލް އެއް ބަހައްޓާ ބޮއިކޮޓްކޮށްފައިވާ އިސްރާއީލްގެ ޕްރޮޑަކްޓްތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ޕްރޮޑަކްޓްތައް އެ ސްޓޯލްތަކުން ވަނީ ދައްކާލާފައެވެ. ހަވީރު ކުރިއަށް ގެންދިޔަ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ފަންޑް ރެއިޒިން ހަރަކާތެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ވެސް ވަނީ ހިންގާފައެވެ.

ރާއްޖެ-ފަލަސްތީން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2025

ފަލަސްތީނު މީހުން ބޭރުކޮށް ޣައްޒާ ހުސްކުރުމަށް ޓްރަމްޕް ދެއްކެވި ވާހަކަފުޅު މުޅި ދުނިޔޭން ކުށްވެރި ކުރި އިރު މުއިއްޒުގެ ސަރުކާރު ހިމޭނުން

28 ޖެނުއަރީ 2025
ފަލަސްތީނު މީހުން ބޭރުކޮށް ޣައްޒާ ހުސްކުރުމަށް ޓްރަމްޕް ދެއްކެވި ވާހަކަފުޅު މުޅި ދުނިޔޭން ކުށްވެރި ކުރި އިރު މުއިއްޒުގެ ސަރުކާރު ހިމޭނުން
22 ޑިސެމްބަރު 2024

ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ މެދު އައިސީޖޭގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ޤަރާރަށް ދިވެހިރާއްޖެއިން ތާއީދުކޮށްފި

22 ޑިސެމްބަރު 2024
ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ މެދު އައިސީޖޭގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ޤަރާރަށް ދިވެހިރާއްޖެއިން ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް