Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ކަޕް ކޮލިިފައިން

ރާއްޖެ އިން ބޫޓާނާ އެއްވަރު ކުރީ އިލާންގެ ދެ ލަނޑުން

މެޗުގައި ބޫޓާން އިން ދެ ލަނޑު ޖަހައި ލީޑު ހޯދާފައި ވަނިކޮށް، ރާއްޖެ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 އޮކްޓޯބަރު 2024 | އާދީއްތަ 05:39
މެޗުގައި ލަނޑު ޖެހުމަށްފަހު ރާއްޖޭގެ އިލާން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ރާއްޖޭގެ އިލާން އުފާ ފާޅު ކުރަނީ

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާނާ އެއްވަރު ކޮށްފި އެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ހިމެނިފައި އޮތީ ގުރޫޕު ސީގަ އެވެ. ރާއްޖޭގެ އިތުރުން ދެން މި ގުރޫޕުގައި އޮތީ ބޫޓާން، ދެކުނު ކޮރެއާ، ޗައިނާ އަދި ބަހުރެއިން އެވެ.

ފުރަތަމަ މެޗުގައި ރާއްޖެ އިން ބޫޓާނާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅުނުއިރު، އެ މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ބޫޓާން އިން ދެ ލަނޑު ޖަހައި ލީޑު ހޯދާފައި ވަނިކޮށް، ރާއްޖެ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ބޫޓާނަށް ލީޑު ނަގައިދިނީ ސަޔޯން ލާމާ އެވެ. އޭގެ ފަހުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ތިންލޭ ޔަޒޭރު އެވެ. ރާއްޖެ އިން މެޗުގައި ލަނޑު ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ 70 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ރާއްޖެ އަށް ޖަހައިދިނީ މުޙައްމަދު އިލާން އިމްރާން އެވެ. ފުރަތަމަ ލަނޑު ޖެހިތާ 11 މިނެޓު ފަހުން އިލާން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ރާއްޖެ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ކޮލިފިކޭޝަންގެ ދެ ވަނަ މެޗުގައި ބަހުރެއިންއާ ދެކޮޅަށް ނިކުންނާނީ ހޯމަ ދުވަހު އެވެ. ތިން ވަނަ މެޗުގައި ބުދަދުވަހު ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުމަށްފަހު، ހަތަރު ވަނަ މެޗުގައި ޗައިނާއާ ދެކޮޅަށް ނިކުންނާނީ ހުކުރު ދުވަހު އެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު