Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސެޓް ރިކަވަރީ

"އުއްމީދު ކުރި ގޮތަށް މި އަހަރު އެސެޓް ރިކަވަރީ ބިލް މަޖިލީހަށް ހުށައެއް ނޭޅޭނެ"

20 އޮކްޓޯބަރު 2024 | އާދީއްތަ 04:53

އުޝާމް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއާ މަޝްވަރާކޮށްގެން އެސެޓް ރިކަވަރީ ބިލްގެ މަސައްކަތް ކުރައްވާފައިވާނެ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 އޮކްޓޯބަރު 2024 | އާދީއްތަ 04:53
އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް

އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް

މި އަހަރުގެ ތެރޭގައި އެސެޓް ރިކަވަރީ ބިލް މަޖިލީހަށް ހުށަ ނޭޅޭނެ ކަމަށާއި، 2025 އަހަރުގެ ފުރަތަމަ ދައުރުގައި ހުށައަޅާނެކަން ބަންޑާރަނައިބު އަހްމަދު އުޝާމް ހާމަކުރައްވައިފިއެވެ.

އެސެޓް ރިކަވަރީގެ ޤާނޫނެއް ހުށައަޅާ، ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބި އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކޮރަޕްޝަނާއި ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ ހޯދުމަށް މިހާރު ހުރި ޤާނޫނުތަކުން އެންމެ ރަނގަޅަށް މަގުފަހި ނުވާ ކަަމަށެވެ.

Advertisement - newsAdvertisement

ދައުލަތަށް ގެއްލިފައި ހުރި ފައިސާ އަކީ ރައްޔިތުންގެ ފައިސާ ކަަމަށާއި އެ ފައިސާ އަނބުރާ ހޯދެން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ކޮރަޕްޝަންގެ ނުބައި އަމަލުތައް ހިންގާ މީހުންނާއި އެކަމުގައި ބައިވެރިވާ މީހުން ޖަވާބުދާރީކޮށް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެފަދަ ކުށްތަކުގައި ޝާމިލްވާ މީހުންނަށް ހައްގު އަދަބު ލިބެންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތުގެ އަދާހަމަތައް ހިއްސާކުރައްވަމުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއާ މަޝްވަރާކޮށްގެން އެސެޓް ރިކަވަރީ ބިލްގެ މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. ކުރިން އުންމީދުކުރެއްވި ގޮތަށް މި އަހަރު އެ ބިލް މަޖިލީހަށް ހުށަނޭޅޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ. އެ ބިލް ހުށަހެޅުން ލަސްވީ އޭސީސީން އެ ބިލް އަދިވެސް ބަންޑާރައިބުގެ އޮފީހަށް ފޮނުވާފައި ނުވާތީ ކަމަށް އުޝާމް ވިދާޅުވިއެވެ. އެހެންކަމުން ދެން އެޖީ އޮފީހުން ޑްރާފްޓްކޮށްގެން އެސެޓް ރިކަވަރީގެ ބިލް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

އޭސީސީއާއެކު މަސައްކަތް ކޮށްގެން އެސެޓް ރިކަވަރީ ބިލު ހުށަހެޅުމަށް ކުރި މަސައްކަތަށް ކުރިއެރުމެއް ލިބިފައި ނުވާ ކަަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ. ނުއަގުގައި ދީފައި ހުރި އެސެޓްތަކަށް ހަމައަގު ހޯދަން ސަރުކާރުން ބޭނުންވާ ކަމަށާއި އެ ކަން ހާސިލްކުރުމަށް ބަންޑާރަނައިބުގެ އޮފީހުން ބިލްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭޖީ ވިދާޅުވިއެވެ. އޭޖީ ވަނީ ކުރީ ސަރުކާރުން އެސެޓްތައް ނު އަގުގައި އެތައް ބަޔަކަށް ދިން ކަމަށް ތުހުމަތުކުރައްވާފައެވެ. އެފަދަ އެއްބަސްވުންތައް ޤާނޫނީ އިޖުރާއަތުގެ ތެރެއިން ބާތިލް ކުރެވޭނެ މަގު ހޯދަން ޖެހޭ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭގެ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ރައީސް މުުއިއްޒު މީގެ ކުރިން ވިދާޅުވީ އެސެޓް ރިކަވަރ ކުރުމުގެ މަސައްކަތް ކުރާނީ ރާއްޖެއިން ބޭރުގައި ރައްކާކޮށްފައި ހުރި ފައިސާ ހޯދަން މަގުފަހިވާ ގޮތަކަށް ކަމަށެވެ. އެކަން އެގޮތަށް ކޮށްގެން ނޫނީ އެސެޓް ރިކަވަރކުރުމުގެ ރަނގަޅު ނަތީޖާ އެއް ހާސިލް ނުވާނެ ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުން ގެއްލުނު ފައިސާ ހޯދާ އެ ޚިޔާނާތުގެ ބައިވެރިން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެސެޓް ރިކަވަރީ ބިލެއް ވުޖޫދަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އުޝާމް ވިދާޅުވި އިރު ރައީސް ދެއްކެވި ވާހަކަ އާއި އުޝާމްގެ ވާހަކަ އާއި ދިމާ ނުވާ ކަންކަން ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން އްޖެއިން ބޭރުގައި ރައްކާކޮށްފައި ހުރި ފައިސާ ހޯދަން މަގުފަހިވާ ގޮތަށް ކުރާނީ ކޮން މަސައްކަތެއްތޯ އަދި އެކަމަށް ފޯކަސް ކުރައްވާކަން އުޝާމްގެ ވާހަކައިން އެނގޭކަށް ނެތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް