Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާވާ 20 އަހަރުން ދަށުގެ ވޮލީ މުބާރާތް

ފަހު މެޗުގައި ކިރްގިސްތާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ

އެއާއެކު ރާއްޖެ އިން މުބާރާތް ނިންމާލަން ޖެހުނީ މެޗަކުން މޮޅެއް ނުހޯދި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 އޮކްޓޯބަރު 2024 | ހޮނިހިރު 05:21
ރާއްޖެ އިން ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ރާއްޖެ އިން ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ކާވާ 20 އަހަރުން ދަށުގެ ފިރިހެން ވޮލީ ބޯޅަ މުބާރާތުގައި ދިވެހިރާއްޖެ އިން ކުޅުނު ފަހު މެޗުގައި ކިރްގިސްތާން އަތުން ވެސް ބަލިވެއްޖެ އެވެ.

ހަ ޤައުމު ވާދަކުރި މި މުބާރާތުގައި ރާއްޖެ އިން ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މުބާރާތުގައި ތުރްކެމިނިސްތާން، ސްރީ ލަންކާ، ނޭޕާލް، އުޒްބަކިސްތާން އަދި ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗުތަކުން ރާއްޖެ ބަލިވެފައި ވަނީ ސީދާ ތިން ސެޓުންނެވެ.

ކިރްގިސްތާނާ ދެކޮޅަށް ރާއްޖެ އިން ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރަތަމަ ސެޓު ކިރްގިސްތާނުން ކާމިޔާބު ކުރީ 25-15 އިންނެވެ. މެޗުގައި ރާއްޖެ އިން އެންމެ ރަނގަޅަށް ވާދަކުރީ ދެ ވަނަ ސެޓުގަ އެވެ. އެ ސެޓު ކިރްގިސްތާނުން ކާމިޔާބު ކުރީ 25-21 އިންނެވެ. އަދި ތިން ވަނަ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 25-19 އިންނެވެ.

އެއާއެކު ރާއްޖެ އިން މުބާރާތް ނިންމާލަން ޖެހުނީ މެޗަކުން މޮޅެއް ނުހޯދި އެވެ.

ކާވާ 20 އަހަރުން ދަށުގެ ވޮލީ ބޯޅަ ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ނޭޕާލް އަތުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން

09 އޮކްޓޯބަރު 2024
ނޭޕާލް އަތުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން
08 އޮކްޓޯބަރު 2024

ދެ ވަނަ މެޗުން ވެސް ރާއްޖެ ބަލިވެއްޖެ

08 އޮކްޓޯބަރު 2024
ދެ ވަނަ މެޗުން ވެސް ރާއްޖެ ބަލިވެއްޖެ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު