Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިން ވިއްކުން

މާލެއިން ބިން ވިއްކަން ހުޅުވާލީ ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންގެ ހަޒާނާ މުއްސަނދި ކުރަން: މުއިއްޒު

ބިން ވިއްކަނީ ގާނޫނީ އިމުގެ ތެރެއިން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 16 އޯގަސްޓު 2017 | ބުދަ 10:42
ހައުސިން މިނިސްޓަރު ޑރ މުއިއްޒު

ހައުސިން މިނިސްޓަރު ޑރ މުއިއްޒު

މާލެއިން ބިން ވިއްކަން ހުޅުވާލީ ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންގެ ހަޒާނާ މުއްސަނދި ކުރުމުގެ ބޭނުމުގައި ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެއިން ބިން ވިއްކުމަށް ހައުސިން މިނިސްޓްރީން ހުޅުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒްވެފައި ވަނިކޮށް މިނިސްޓަރު މުއިއްޒު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މާލެއިން ބިން ވިއްކަން ހުޅުވާލީ ރައްޔިތުންނަށް ލާބަޔާ މަންފާ ލިބިނިވި ކަންކަމަށް ރައްޔިތުންގެ ހަޒާނާ މުއްސަނދި ކުރުމަށް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވެފައި ވަނީ މާލެއިން ބިން ވިއްކަން ހުޅުވާލީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ހައުސިންގ މިނިސްޓްރީއިން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ނުވަ ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ މިނިސްޓްރީއާ ހަވާލު ކޮށްފައިވާ ބިމުގެ ތެރެއިން، މާލެއިން ބިން ވިއްކުމަށް ކަނޑައެޅިފައިވާ ޕްލޮޓްތަކަށް، ބީލަމުގެ އުސޫލުން، އަގު ހުށަހެޅުމުގެ ފުރުސަތު، ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

ބިމާބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާ އަކީ ދިރިއުޅުން ނޫން އެހެން ބޭނުންތަކަށާއި ކަންކަމަށް ބިން ދޫކުރުމާ ބެހޭ މާއްދާއެވެ.

އެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތް ކުރުމަށް ގާނޫނުގެ ތިން ވަނަ މާއްދާ އާއި ހަތަރު ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިންބިން ފިޔަވައި، ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން، ކަމާބެހޭ މިނސްޓްރީތަކާ ހަވާލު ކުރެވޭ ބިން، އެމިނިސްޓްރީއަކުން ދޫކުރަން ވާނީ، ގާނޫނާއި، އެކި ބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ގާނޫނުތަކާއި، މި ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެމިނިސްޓްރީ އާއި ބިންދޫކުރެވޭ ފަރާތާ ދެމެދު، ލިޔުމަކުން ކުރެވޭ އެގްރީމަންޓެއްގެ ދަށުން ކަމަށެވެ.

އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ބިމެއް ދޫކުރެވޭ ފަރާތަށް އެބިމެއް ބޭނުން ކުރެވޭނީ، އަދި އެބިމަކާ ބެހޭގޮތުން މުއާމަލާތު ކުރުމުގެ ހައްގު ލިބިދެވޭނީ، ގާނޫނާއި، އެކި ބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ގާނޫނުތަކާއި، ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެފަރާތަކަށް އެބިމެއް ދޫކުރެވޭ މުއްދަތަކަށް، އެބިމެއް ދޫކުރެވޭ އެގްރީމަންޓުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން ކަމަށެވެ.

އެގޮތުން ވިއްކާލަން ނިންމާފައި ވަނީ ކުރިން މާލޭ ދެ ނަމްބަރު ކުނިކޮށި ހުރި ބިމާއި، އެސްޓީއޯ އިން ރެޑީ މިކްސް ތައްޔާރު ކުރުމަށް މިހާރު ބޭނުން ކުރަމުންދާ ބިމުގެ އިތުރުން، ދަންޑަހެލުގޭ ބިމެވެ. މި ބިންތައް ވިއްކުމަށް ހަމަޖެހިފައި ވަނީ ފްރީ ހޯލްޑް އުސޫލުންނެވެ.

އެ ބިންތަކުގެ ތެރެއިން ދެ ޕްލޮޓަކަށް ހަދައިގެން ވިއްކުމަށް ނިންމާފައިވާ ދަންޑަހެލުގެއަކީ މާފަންނުއާގެ އިން ދާދި ފަހުން ސަރުކާރަށް ނެގި ބޮޑު ބިމެވެ. މާލޭގެ އެންމެ ބޮޑެތި ބިންތަކުގެ ތެރޭގައި ހިމެނޭ މާފަންނުއާގެ އަކީ އެގޭ ފާތިމަތު ފަރީދާގެ ބިމެއް ނަމަވެސް ގޯތީގެ 22،000 އަކަފޫޓުގެ ތެރެއިން 12،000 އަކަފޫޓު ގެ ބިން ވަނީ ބަދަލު ދިނުމަށް ފަހު ނަގާފަ އެވެ. އެ ބައި 1990 ވަނަ އަހަރު ދައުލަތަށް ނެގީ އޭރުގެ ރިއާސީ ގަނޑުވަރު ކަމަށްވާ ތީމުގެ ހުންނަނީ މާފަންނުއާގޭ ކުރިމަތީގައި ކަމަށް ވާތީ ތީމުގޭގެ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ.

އޯކިޑް މަގާއި ފަރީދީމަގަށް ވާ ގޮތަށް ތީމުގޭ ކުރިމަތިން އޮންނަ އެ ބިމުގައި ބޮޑެތި އިމާރާތްތަކެއް ނެތް ނަމަވެސް ތީމުގެ ކުރިމަތިން އޮންނަ ބިމުގައި އަމިއްލަ ބައެއްގެ ގުދަނެއް ހަދާފައިވެ އެވެ. ދާދި ފަހުން ހައުސިންގ މިނިސްޓްރީ އިން ވަނީ ސަރުކާރަށް ނެގި ބައިގައި އިންފާރު ރާނައި، އެތަނުގައި ހުރި އިމާރާތް ތަޅާލާފަ އެވެ.

ކުރީގެ ދެ ނަމްބަރު ކުނިކޮށި ވިއްކާލުމަށް ނިންމާފައި ވަނީ ތިން ޕްލޮޓަކަށް ބަހާލައިގެންނެވެ.

އެސްޓީއޯއިން ރެޑީ މިކްސް ތައްޔާރު ކުރުމަށް މިހާރު ބޭނުން ކުރަމުންދާ ބިން ވިއްކާލުމަށް ނިންމާފައި ވަނީ ހަތަރު ޕްލޮޓަކަށް ބަހާލައިގެންނެވެ. ކުރިން އެސްޓީއޯ އިން ގުދަނަކަށް ބޭނުން ކުރި، ވިލާ ކޮލެޖާ އިންވެގެން ހުޅަނގަށް އަދި އަތޮޅު ވެހީގެ އިރުން ބޮޑުތަކުރުފާނު މަގުގައި އޮންނަ އެ ބިން ހުސްކޮށް ޝަރުއީ ދާއިރާގެ ބޭނުމަށް އެބިމުގައި 14 ބުރީގެ ކޯޓް ކޮމްޕްލެކްސްއެއް އެޅުމަށް ކުރިން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން 2014 ވަނަ އަހަރު ބުނެފައިވެއެވެ.

މި ބިންތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހު ހުޅުވާލާައިރު، ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 24 ވަނަ ދުވަހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު