Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލް ހަނގުރާމަ

އީރާނަށް އިޒްރޭލުން ދޭ ހަމަލާ ވާނީ ހައިރާން ކުރުވަނިވި މަރުގެ ހަމަލާއަކަށް: ޔޯވް ގަލަންޓް

ގަލަންޓް ވިދާޅުވީ ހަމަލާދޭނީ ހައިރާންކުރުވަނިވި ގޮތަކަށް ކަމަށާއި ވީގޮތެއް ނުވަތަ ވީ ކިހިނެއްކަމެއް ނޭގޭނެ ކަމަށާއި ފެންނާނީ ނަތީޖާ އެކަނި ކަމަށް

ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2024 | ބުދަ 18:52
އިޒްރޭލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް

އިޒްރޭލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް

އީރާނުން ދިން މިސައިލް ހަމަލާއަށް ރައްދު ދޭނީ މަރުގެ ހަމަލާއަކުން ކަމަށާއި އެ ހަމަލާ ސީދާވެފައި، ހައިރާންކުރުވަނިވި ހަމަލާއަކަށް ވާނެ ކަމަށް ބުދަ ދުވަހު އިޒްރޭލުގެ މީޑިއާގައި ޝާއިއުކުރި ވީޑިއޯއެއްގައި އެގައުމުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ވިދާޅުވެއްޖެއެވެ.

އޮކްޓޯބަރު 1 ގައި އީރާނުން ދިން މިސައިލް ހަމަލާއަކީ "ނާކާމިޔާބު" ހަމަލާއެއް ކަމަށް ސިފަކުރައްވަމުން ގަލަންޓް ވިދާޅުވީ "އަހަރެމެންނަށް ހަމަލާދޭ ފަރާތްތަކަށް ގެއްލުން ލިބި އަގު ދައްކަން ޖެހޭނެ، އަހަރެމެންގެ ހަމަލާ ވާނީ މަރުގެ ހަމަލާއަކަށް، އެ ހަމަލާ ސީދާވާނެ އަދި އެންމެ މުހިންމު ކަމަކީ ހަމަލާދޭނީ ހައިރާންކުރުވަނިވި ގޮތަކަށް، އެމީހުންނަކަށް ނޭނގޭނެ ވީގޮތެއް ނުވަތަ ވީ ކިހިނެއްކަމެއް، އެމީހުންނަށް ފެންނާނީ ނަތީޖާ އެކަނި" ކަމަށެވެ.

އިޒްރޭލް ޑިފެންސް ފޯސް (އައިޑީއެފް) ގެ ޖާސޫސީ ޔުނިޓަކަށް ކުރެއްވި ޒިޔާރަތެއްގައި ވާހަކަފުޅު ދައްކަވަމުން، ގަލަންޓް ވިދާޅުވީ ފާއިތުވި ހަފްތާގައި އީރާނުން އިޒްރޭލާ ދިމާއަށް 200 އާ ގާތްކުރާ ބެލިސްޓިކް މިސައިލް ފޮނުވާލި ހަމަލާ އަކީ "އަނިޔާވެރި ނަމަވެސް ނުސީދާ" ހަމަލާއެއް ކަމަށެވެ.

ގަލަންޓް ވިދާޅުވީ އެ ހަމަލާއަކުން "އެއަރ ފޯސްއަކަށް ގެއްލުމެއް ނުވޭ، ހުރިހާ މަގުތަކެއް މަސައްކަތް ކުރޭ، މެދުނުކެނޑި ކުރިއަށްދޭ، އެއްވެސް މަތިންދާބޯޓަކަށް ގެއްލުމެއް ނުވޭ، އެއްވެސް ސިފައިންގެ މީހަކަށް ގެއްލުމެއް ނުވޭ، އަދި އެއްވެސް އާންމު ރައްޔިތަކަށް ގެއްލުމެއް ނުވޭ."

އީރާނުން ތަކުރާރު ކޮށް ބުނެފައިވަނީ އިޒްރޭލުން ރައްދުގައި އީރާނަށް ހަމަލާއެއް ދީފިނަމަ އޭގެ ބަދަލު ހިފާނެ ކަމަށާއި، އިޒްރޭލު "ފުނޑުފުނޑު" ކޮށްލާނެ ކަމަށެވެ.                   

އިޒްރޭލް-އިރާން ހަނގުރާމަ ޔޯވް ގަލަންޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްރާއީލްގެ އިސްތިއުނާފު ބަލައި ނުގަންނަން އައިސީސީ އިން ނިންމައިފި

އިސްރާއީލްގެ އިސްތިއުނާފު ބަލައި ނުގަންނަން އައިސީސީ އިން ނިންމައިފި

18 އޮކްޓޯބަރު 2025
އިސްރާއީލާއެކު ހަނގުރާމަ އަލުން ކޮންމެ ވަގުތެއް ގައި ވެސް ފެށިދާނެ ކަމަށް އީރާނުން އިންޒާރު ދީފި

އިސްރާއީލާއެކު ހަނގުރާމަ އަލުން ކޮންމެ ވަގުތެއް ގައި ވެސް ފެށިދާނެ ކަމަށް އީރާނުން އިންޒާރު ދީފި

19 އޯގަސްޓު 2025
އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

17 ޖުލައި 2025
ގަތަރުގައި އޮންނަ އެމެރިކާގެ އަލް އުދައިދް އަސްކަރީ މަރުކަޒަށް އަލުން ހަމަލާ ދީފާނެ ކަމުގެ އިންޒާރު އީރާނުގެ ލީޑަރު ދެއްވައިފި

ގަތަރުގައި އޮންނަ އެމެރިކާގެ އަލް އުދައިދް އަސްކަރީ މަރުކަޒަށް އަލުން ހަމަލާ ދީފާނެ ކަމުގެ އިންޒާރު އީރާނުގެ ލީޑަރު ދެއްވައިފި

12 ޖުލައި 2025
ޓްރަމްޕް އާއި ނަތަންޔާހޫ އަކީ ﷲ ގެ އަދުއްވުން ކަމަށާއި، ފަސާދަ އުފައްދާ ދެމީހުން ކަމަށް 100 އިލްމުވެރިން ނެރުނު ބަޔާނެއްގައި ބުނެފި

ޓްރަމްޕް އާއި ނަތަންޔާހޫ އަކީ ﷲ ގެ އަދުއްވުން ކަމަށާއި، ފަސާދަ އުފައްދާ ދެމީހުން ކަމަށް 100 އިލްމުވެރިން ނެރުނު ބަޔާނެއްގައި ބުނެފި

09 ޖުލައި 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު