Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައިސީސީ

އިސްރާއީލްގެ އިސްތިއުނާފު ބަލައި ނުގަންނަން އައިސީސީ އިން ނިންމައިފި

18 އޮކްޓޯބަރު 2025 | ހޮނިހިރު 08:21

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައިސީސީ އިން ނެރެފައިވާ އެ އަމުރުގައި ބުނެފައި ވަނީ ނަތަންޔާހޫ އާއި ގަލަންޓް، ޣައްޒާގައި ހިންގި ހަނގުރާމައިގައި އިންސާނިއްޔަތާ ދެކޮޅު ކުށްތަކާއި، ހަނގުރާމައިގެ ކުށްތަކުގެ ޖިނާއީ ޒިންމާ އުފުލަން ޖެހޭ ވަރުގެ އެކަށީގެންވާ ހެކި ހުރި ކަމަަށެވެ.

އައި.ސީ.ސީން ނެތަންޔާހޫ އަދި ގަލަންޓްގެ މައްޗަށް ނެރުނު އެރެސްޓް ވޯރަންޓްތަކާ ގުޅޭ އިސްތިއުނާފު ބަލައިނުގަތުމަށް ނިންމައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 އޮކްޓޯބަރު 2025 | ހޮނިހިރު 08:21
އިސްރާއީލްްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލްްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމަށް، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ނެރެފައިވާ އަމުރު އިސްރާއީލް އިން އިސްތިއުނާފަށް ހުށަހެޅި ނަމަވެސް، އިސްތިއުނާފު ބަލައި ނުގަންނަން އައިސީސީ އިން ނިންމައިފި އެވެ.

އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އާއި، އެ ޤައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓު ހައްޔަރު ކުރުމަށް އައިސީސީ އިން އަމުރު ނެރެފައިވާއިރު، އިސްރާއީލް އިން ވަނީ އެ އަމުރު އިސްތިއުނާފަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އައިސީސީ އިން ވަނީ އިސްރާއީލްގެ އިސްތިއުނާފު ބަަލައި ގަންނަން ޖެހޭ ޙާލަތެއް ނެތް ކަމަށް ކަނޑަ އަޅައިފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައިސީސީ އިން ނެރެފައިވާ އެ އަމުރުގައި ބުނެފައި ވަނީ ނަތަންޔާހޫ އާއި ގަލަންޓް، ޣައްޒާގައި ހިންގި ހަނގުރާމައިގައި އިންސާނިއްޔަތާ ދެކޮޅު ކުށްތަކާއި، ހަނގުރާމައިގެ ކުށްތަކުގެ ޖިނާއީ ޒިންމާ އުފުލަން ޖެހޭ ވަރުގެ އެކަށީގެންވާ ހެކި ހުރި ކަމަަށެވެ.

ނަތަންޔާހޫ އާއި ގަލަންޠް ހައްޔަރު ކުރުމަށް އައިސީސީ އިން އަމުރު ނެރުނުއިރު، ހަމާސްގެ އިސް ލީޑަރެއްގެ މައްޗަށް ވެސް ވަނީ އެ އަމުރު ނެރެފަ އެވެ. ނަމަވެސް، އޭނާ މަރުވުމާ ގުޅިގެން އެ އަމުރު ވަނީ ބާތިލު ކޮށްފަ އެވެ.

ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރު ކުރުމަށް އައިސީސީ އިން ނެރުނު އަމުރާ ގުޅިގެން، އިސްރާއީލް އާއި އެމެރިކާ އިން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް، އަދި އައިސީސީ އަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔައިފަ އެވެ. މީގެ އިތުރުން، ނަތަންޔާހޫ އެ ނިންމުން ސިފަ ކޮށްފައި ވަނީ އެންޓި ސެމިޓިކް ނިންމުމެއްގެ ގޮތުގަ އެވެ.

މެއި މަހު އިސްރާއީލް އިން ވަނީ އައިސީސީގެ އިހުތިޞާސްއާ މެދު ސުވާލު އުފައްދައި މައްސަލައެއް ހުށަހަޅައިފަ އެވެ. އެއީ އައިސީސީ އަށް ނެރެވޭނެ އަމުރެއް ނޫން ކަމަށާއި، އެ އަމުރު ބާތިލު ކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ. ނަމަވެސް، ޖުލައި މަހުގެ 16 ވަނަ ދުވަހު ކޯޓުން ވަނީ އެ މައްސަލަ ބަަލައި ނުގަންނަން ނިންމައިފަ އެވެ. އަދި އިޙުތިޞާސްގެ މައްސަލަ ނުނިމެނީސް، އަމުރު ބާތިލު ކުރުމުގެ ޤާނޫނީ ހަމަައެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.

އޭގެ ހަފުތާއެއް ފަހުން އިސްރާއީލް އިން ވަނީ އެ ނިންމުން އިސްތިއުނާފު ކޮށްފަ އެވެ. ނަމަވެސް، ފަނޑިޔާރުން ނެރެފައިވާ 13 ޞަފުހުާގެ މައްޗަށް އޮތް ނިންމުމުގައި ބުނެފައި ވަނީ، އިސްރާއީލް އިން ހުށަހަޅާފައިވާ މައްސަލަ އަކީ އިސްތިއުނާފު ވެސް ކުރެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

އައިސީސީގެ ފަނޑިޔާރުން މިހާރު ގެންދަނީ، އިސްރާއީލް އިން ހުށަހަޅާފައިވާ އިޙުތިޞާސްގެ މައްސަލަ ތަފްސީލުކޮށް ދިރާސާ ކުރަމުންނެވެ. އެ މައްސަލައިގައި ގޮތެއް ނިންމާނެ ތާރީޚެއް މިހާތަނަށް އިއުލާން ކޮށްފައި ނުވެ އެވެ.

މަސްދަރު: އޭއެފްޕީ

އިސްރާއީލް-ޣައްޒާބެންޖަމިން ނަތަންޔާހޫޔޯވް ގަލަންޓްއައިސީސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
02 ޑިސެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި
02 ޑިސެމްބަރު 2025

ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި

02 ޑިސެމްބަރު 2025
ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
16 ނޮވެމްބަރު 2025

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އޭނާގެ އިސް ވަޒީރުން، މިނިވަން ފަލަސްތީނު ދައުލަތެއް އުފެއްދުމަށް ދެކޮޅުހަދާ ވާހަކަ ތަކުރާރު ކޮށްފި

16 ނޮވެމްބަރު 2025
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އޭނާގެ އިސް ވަޒީރުން، މިނިވަން ފަލަސްތީނު ދައުލަތެއް އުފެއްދުމަށް ދެކޮޅުހަދާ ވާހަކަ ތަކުރާރު ކޮށްފި
09 ނޮވެމްބަރު 2025

ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ތުރުކީ ވިލާތުން ނެރެފި

09 ނޮވެމްބަރު 2025
ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ތުރުކީ ވިލާތުން ނެރެފި
04 ނޮވެމްބަރު 2025

ނަތަންޔާހޫ އަކީ ހުނަރުވެރި މޮޅު މީހެއް، އެކަމަކު ވަރަށް ޕްރެޝަރު ކުރަން ޖެހުނު: ޓްރަމްޕް

04 ނޮވެމްބަރު 2025
ނަތަންޔާހޫ އަކީ ހުނަރުވެރި މޮޅު މީހެއް، އެކަމަކު ވަރަށް ޕްރެޝަރު ކުރަން ޖެހުނު: ޓްރަމްޕް
27 އޮކްޓޯބަރު 2025

ހަނގުރާމަ ހުއްޓުނު ނަމަވެސް، ޣައްޒާގެ ސަލާމަތީ ބާރު އޮންނާނީ އިސްރާއީލްގެ ބެލުމުގެ ދަށުގައި ކަމަށް ބުނެފި

27 އޮކްޓޯބަރު 2025
ހަނގުރާމަ ހުއްޓުނު ނަމަވެސް، ޣައްޒާގެ ސަލާމަތީ ބާރު އޮންނާނީ އިސްރާއީލްގެ ބެލުމުގެ ދަށުގައި ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް