Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން-އިޒްރޭލު ހަނގުރާމަ

އެމެރިކާ-އިނގިރޭސިވިލާތުގެ ހަމަލާތަކުން ޔަމަނުން އިޒްރޭލާ ދެކޮޅަށް ދޭ ހަމަލާތައް ނުހުއްޓުވޭނެ: ސަރުކާރުގެ ތަރުޖަމާނު

އެމެރިކާގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ ހުކުރު ދުވަހު ހޫތީންގެ ބާރުގެ ދަށުގައިވާ ޔަމަނުގެ ސަރަހައްދުތަކުގެ 15 އަމާޒަކަށް އެމެރިކާގެ ބާރުތަކުން ހަމަލާދީފައިވާ ކަމަށް

ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2024 | ހޮނިހިރު 02:22
އޮކްޓޯބަރ،4، 2024 ގައި އެމެރިކާ އިން ޔަމަނުގެ ވެރިރަށް ސަނާއަށް ދިން ހަމަލާގެ މަންޒަރެއް

އޮކްޓޯބަރ،4، 2024 ގައި އެމެރިކާ އިން ޔަމަނުގެ ވެރިރަށް ސަނާއަށް ދިން ހަމަލާގެ މަންޒަރެއް

އެމެރިކާ އާއި އިނގިރޭސިވިލާތުގެ ހަމަލާތަކުން ޔަމަނުން އިޒްރޭލާ ދެކޮޅަށް ދޭ ހަމަލާތައް ނުހުއްޓުވޭނެ ކަމަށް ޔަމަނުގެ ސަރުކާރުގެ ތަރުޖަމާނު ހާމަކޮށްފިއެވެ.

ހާޝިމް ޝަރަފުއްދީން ހުކުރު ދުވަހު ވިދާޅުވީ، ޣައްޒާ އާއި ލުބުނާނުގެ ރައްޔިތުންނަށް ތާއީދުކޮށް ޔަމަނުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ބައިވެރިވި މުޒާހަރާތަކެއް ކުރިއަށް ގޮސްފައިވަނިކޮށް، ހުކުރު ދުވަހު ޔަމަނުގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކަކީ "ޔަމަނުގެ ރައްޔިތުން ބިރުގަންނަވާލުމަށް ކުރެވުނު ނާކާމިޔާބު މަސައްކަތެއް" ކަމަށެވެ.

"މިފަދަ ހަމަލާތައް ދިނަސް ދުޝްމަނުންނާ ދެކޮޅަށް ސާބިތުކަމާއެކު ތިބޭނެ، ޔަމަނު ބިރެއް ނުގަންނާނެ،" ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރަފުއްދީން ވަޢުދުވެވަޑައިގަތީ ޣައްޒާއާއި ލުބުނާނަށް އިޒްރޭލުން ދޭ އަނިޔާވެރި ހަމަލާތައް ހުއްޓެންދެން ޔަމަނުން އިޒްރޭލާ ދެކޮޅަށްދޭ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

ޔަމަނުގެ ސަރުކާރުގެ ތަރުޖަމާނު މި މޭރުމުން ވާހަކަދެއްކެވީ، ހުކުރު ދުވަހު ޔަމަނުގެ ވެރިރަށް ސަނާއާއި ހުދައިދާ ވައިގެ ބަނދަރު ހިމެނޭގޮތަށް ޔަމަނުގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް އެމެރިކާ އިން ދިނުމާ ގުޅިގެންނެވެ. ޔަމަނުގެ ދަމާރު ސިޓީގެ ދެކުނަށްވެސް ހަމަލާތައް ދިން ކަމަށް އަލް މަސީރާ ޓީވީން އިތުރަށް ބުނެފައިވެއެވެ.

މި ހަމަލާތައް ދީފައިވަނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ބާރުތަކުން ކަމަށް އަލް މަސީރާ ޓީވީން ރިޕޯޓުކުރި ނަމަވެސް، އިނގިރޭސި ސަރުކާރުގެ މަސްދަރަކުން ބުނެފައިވަނީ އިނގިރޭސިން މިހަމަލާތަކުގައި ބައިވެރިވެފައި ނުވާ ކަމަށެވެ.

އެމެރިކާގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ ހުކުރު ދުވަހު ހޫތީންގެ ބާރުގެ ދަށުގައިވާ ޔަމަނުގެ ސަރަހައްދުތަކުގެ 15 އަމާޒަކަށް އެމެރިކާގެ ބާރުތަކުން ހަމަލާދީފައިވާ ކަމަށެވެ.

ޣައްޒާ ގައި އިޒްރޭލުން ހަނގުރާމަ ފެށީއްސުރެ ޔަމަނުގެބާރުތަކުންގެންދަނީ ޣައްޒާ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކޮށް ހިތްވަރު ދިނުމުގެ ގޮތުން އިޒްރޭލާ ދެކޮޅަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

މީގެ ތެރޭގައި އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައިވާ އަމާޒުތަކަށް ހަމަލާދިނުމާއި، އިޒްރޭލުގެ އުޅަނދުފަހަރަށާއި އިޒްރެލުން ހިފާފައިވާ ސަރަހައްދުތަކުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުފަހަރަށް އަމާޒުކޮށް ހަމަލާދިނުން ހިމެނެއެވެ.

ޔަމަން-އިސްރާއިލް ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޖުލައި 2025

ޔަމަނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި

10 ޖުލައި 2025
ޔަމަނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި
07 ޖުލައި 2025

ޔަމަނުގެ ބަނދަރުތަކަށާއި ހަކަތައިގެ މަރުކަޒުތަކަށް އިސްރާއީލުން ބޮން އަޅައިފި

07 ޖުލައި 2025
ޔަމަނުގެ ބަނދަރުތަކަށާއި ހަކަތައިގެ މަރުކަޒުތަކަށް އިސްރާއީލުން ބޮން އަޅައިފި
21 އޮކްޓޯބަރު 2024

ޔަމަނުގެ ހުދައިދާ އެމެރިކާ އިން ހިފައިފިނަމަ "ވިއެޓްނާމުގެ ނަރަކައަށް" އަށް ވުރެ މާގޯސްވާނެ: ޔަމަނުގެ ފޮރިން މިނިސްޓަރ

21 އޮކްޓޯބަރު 2024
ޔަމަނުގެ ހުދައިދާ އެމެރިކާ އިން ހިފައިފިނަމަ "ވިއެޓްނާމުގެ ނަރަކައަށް" އަށް ވުރެ މާގޯސްވާނެ: ޔަމަނުގެ ފޮރިން މިނިސްޓަރ
08 އޮކްޓޯބަރު 2024

އިޒްރޭލުން މެދުއިރުމަތި ސުންނާފަތި ކުރުމުގައި އެމެރިކާއިން 20 ބިލިއަން ޑޮލަރު ހޭދަކޮށްފި: ދިރާސާ

08 އޮކްޓޯބަރު 2024
އިޒްރޭލުން މެދުއިރުމަތި ސުންނާފަތި ކުރުމުގައި އެމެރިކާއިން 20 ބިލިއަން ޑޮލަރު ހޭދަކޮށްފި: ދިރާސާ
03 އޮކްޓޯބަރު 2024

ޔަމަނުގެ ހޫތީން ތެޔޮ ޓޭންކަރެއް ގޮއްވާލާ މަންޒަރު އާންމުކޮށްފި

03 އޮކްޓޯބަރު 2024
ޔަމަނުގެ ހޫތީން ތެޔޮ ޓޭންކަރެއް ގޮއްވާލާ މަންޒަރު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު