Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ލެވަންޑޯސްކީގެ ދެ ލަނޑާ އެކު، ބާސެލޯނާ އަށް ފަސް ލަނޑުގެ މޮޅެއް

މޮޅާއެކު ބާސެލޯނާ އޮތީ ދެ މެޗުން ތިން ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އޮކްޓޯބަރު 2024 | ބުދަ 04:39
މެޗުގައި ލަނޑު ޖެހުމަށްފަހު ލެވަންޑޯސްކީ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ލެވަންޑޯސްކީ އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ، ލީގު ބުރުގައި ޔަންގު ބޯއީސްއާ ދެކޮޅަށް ކުޅުނު މެޗުން، ބާސެލޯނާ ފަސް ލަނޑުގެ މޮޅެއް ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ފަހު ހާފުގަ އެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އިން ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާއިރު، މިއީ ޗެމްޕިއަންސް ލީގުގައި އެ ޓީމުގެ ފުރަތަމަ މޮޅެވެ.

މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ބްރެޒިލްްގެ ރަފީނިއާ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ރަފީނިއާ ވަނީ ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ތިން މިނެޓު ފަހުން އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ އިނީގޯ މާާޓިނޭޒް އެވެ. އޭނާ އެ ލަނޑު ޖެހީ ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ދެ ވަނަ ހާފުގައި ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖެހީ ލެވަންޑޯސްކީ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި އޭނާ އެ ލަނޑު ޖެހީ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ބާސެލޯނާގެ ފަސް ވަނަ ލަނޑަކީ ޔަންގު ބޯއީސްގެ ޑިފެންޑަރު މުޙައްމަދު ކަމަރާ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.

މޮޅާއެކު ބާސެލޯނާ އޮތީ ދެ މެޗުން ތިން ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބާސެލޯނާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު