Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ ހަނގުރާމަވެރިން

ޔަމަނުން އިޒްރޭލުގެ ތެލްއަވީވް އަށާއި އީލާތަށް ހަމަލާދީފި

އިޒްރޭލު ބަލިކުރެވި، އެމީހުންގެ ހުރިހާ ޖަރީމާތަކުގެ ރޭވުންތަކާއި ހަމަލާތައް ފުޅާކުރުމުގެ ރޭވުންތައް ނާކާމިޔާބުވަންދެން ފަލަސްޠީނާއި ލުބުނާނަށް ޔަމަނުގެ ސިފައިން ޢަމަލީގޮތުން އެހީތެރިވެދޭނެ ކަމަށް ބުނޭ

ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2024 | އަންގާރަ 10:57
ޔަހްޔާ ސާރީ - ހޫތީންގެ ތަރުޖަމާނު

ޔަހްޔާ ސާރީ - ހޫތީންގެ ތަރުޖަމާނު

ޔަމަނުގެ ސިފައިން އީލާތާއި ތެލްއަވީވްގެ އިޒްރޭލުގެ އަމާޒުތަކަށް ހަނގުރާމަމަތީ ޑްރޯން ބޭނުންކޮށްގެން ހަމަލާ ދީފި ކަމަށް ޔަމަނުގެ ސިފައިންގެ ތަރުޖަމާނު ހާމަކޮށްފިއެވެ.

ޔަމަނުގެ ސިފައިންގެ ތަރުޖަމާނު ޔަހްޔާ ސާރީ ބުނެފައިވަނީ، ޣައްޒާ ސްޓްރިޕްގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަމާއި ލުބުނާނަށް ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގެ ބަދަލުގައި، ޔަމަނުގެ އެއަރޯސްޕޭސް ޔުނިޓްތަކުން އިޒްރޭލުން ހިފައިފައިވާ ބިންތަކުގައި ހުރި ސްޓްރެޓެޖިކް ތަންތަނަށް ހަމަލާ ދީފައިވާކަމަށެވެ.

ބްރިގޭޑިއަރ ޖެނެރަލް ޔަޙްޔާ ސާރީ އަންގާރަ ދުވަހުގެ ހެނދުނު ޓީވީ މެދުވެރިކޮށް ދެއްކި ވާހަކައިގައި ބުނެފައިވަނީ، ޔަމަނުގެ ސިފައިން ތެލްއަވީވް ކައިރީގައި ހުރި މުހިންމު އަމާޒަކަށް އެމީހުން އަމިއްލައަށް އުފައްދާފައިވާ ދުރު ރާސްތާ ޔަފާ ކަމިކަޒީ ޑްރޯނެއް ބޭނުންކޮށްގެން ހަމަލާ ދީފައިވާ ކަމަށެވެ.

ހިފާފައިވާ ބިންތަކުގެ އެންމެ ދެކުނުގައި އޮންނަ އީލާތު ބަނދަރުގައި ހުރި އިޒްރޭލު ސިފައިންގެ ތަންތަނަށް ޔަމަނުގައި އުފައްދާފައިވާ ހަތަރު ސަމަދު-4 (އިންވިންސިބަލް-4) ހަނގުރާމަމަތީ ޑްރޯން ބޭނުންކޮށްގެން ހަމަލާ ދީފައިވާނެ ކަމަށެވެ.

ތަރުޖަމާނު ބުނެފައިވަނީ މި ދެ އޮޕަރޭޝަންވެސް ކާމިޔާބުކަމާއެކު އެމީހުން ބޭނުންވި ލަނޑުދަނޑިތައް ޙާޞިލުކުރެވިފައިވާ ކަމަށެވެ.

އޭނާ ފާހަގަކޮށްފައިވަނީ، އިޒްރޭލު ބަލިކުރެވި، އެމީހުންގެ ހުރިހާ ޖަރީމާތަކުގެ ރޭވުންތަކާއި ހަމަލާތައް ފުޅާކުރުމުގެ ރޭވުންތައް ނާކާމިޔާބުވަންދެން ފަލަސްޠީނާއި ލުބުނާނަށް ޔަމަނުގެ ސިފައިން ޢަމަލީގޮތުން އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދޭ ކަމުގައެވެ.

ޔަމަނުގެ ސިފައިން އަރަބި އަދި އިސްލާމީ ހުރިހާ ޤައުމުތަކަށް ގޮވާލާފައިވަނީ އެމީހުންގެ ހަނު ތިބުން ނިމުމަކަށް ގެނެސް، އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ޢަމަލީގޮތުން ބައިވެރިވުމަށެވެ.

ޔަމަނުގެ ސިފައިން ބުނެފައިވަނީ ޣައްޒާއަށް އިޒްރޭލުން އެއްގަމާއި ވައިގެ މަގުންދޭ ހަމަލާތައް ހުއްޓަންދެން އެމީހުންގެ ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ.

އިސްރާއީލް - ޔަމަން ހަނގުރާމަ އިޒްރޭލް-ލުބުނާން ހަނގުރާމަ ފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި
22 ނޮވެމްބަރު 2025

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ
14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
13 ސެޕްޓެމްބަރު 2025

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި
08 ޖުލައި 2025

ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ

08 ޖުލައި 2025
ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު