Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑޮލަރުގެ ކަޅު ބާޒާރު

އެމްއެމްއޭ އަށް ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވެން ނެތީތަ؟ ޤާބިލްކަން ނެތީތަ؟

ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލަ އަކީ ރާއްޖެ އަށް ދިމާވެފައިވާ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ވީ ނަމަވެސް އެކަން ހުއްޓުވުމަށް އެމްއެމްއޭއިން އަދި ކަމާއި ގުޅުން ހުރި އިދާރާތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންނެއް ނުދެއެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2024 | އަންގާރަ 11:16
ޑޮލަރުގެ މުއާމަލާތް ކުރާތަން ފެންނަ ފޮޓޯ އެއް

ޑޮލަރުގެ މުއާމަލާތް ކުރާތަން ފެންނަ ފޮޓޯ އެއް

ރާއްޖޭގައި ޑޮލަރ ވިއްކުމަށް ރަސްމީ ރޭޓުތަކެއް ކަނޑައަޅާ އެކަން ވަނީ އިޢުލާންވެސް ކޮށްފައެވެ. އެގޮތުން ކަނޑައަޅާފައިވާ ރޭޓުތަކަށް ބަލާއިރު، ޑޮލަރު އެންމެ އަގު ބޮޑުކޮށް ވިއްކޭނެ ރަސްމީ ރޭޓަކީ 15.42ރ. އެވެ. އެހެނަސް އެއީ ލިޔުމުން ފެންނަން އޮތް ރޭޓެކެވެ. މިރޭޓުގައި ޑޮލަރެއް ގަންނަން ލިބެނީ ރާއްޖޭން ބޭރަށް ފުރަން ދާއިރު ބީއެމްއެލް އިން ވިއްކާ ޑޮލަރު އެކަންޏެވެ. އާއްމު ރައްޔިތު މީހާ އަށް ދެން ޑޮލަރެއް ގަންނަން ލިބެނީ އެ އިރެއްގެ އޮންނަ ޑިމާންޑަށް ބަލާ "ކަޅު ބާޒާރުގެ ލޯޑުން" ނިންމާ އަގެއްގައެވެ. އެ ނޫން ގޮތެއް އާއްމު ރައްޔިތުންނަކަށް ނެތެވެ. ވިއްކި ރޭޓެއްގައި ޑޮލަރު ގަންނަން މަޖުބޫރު ވަނީ ޑޮލަރު ލިބޭނެ އެހެން މަގެއް ފަހިވެފައި ނެތުމުންނެވެ.

ކަން މިހެން އޮތް އިރު މިއަހަރު ފެށުނީއްސުރެ އާންމު ރައްޔިތު މީހާއަށް 18ރ. އަށް ވުރެ ތިރިން ޑޮލަރެއް ގަންނަން ލިބުނު ހަނދާނެއް ނެތެވެ. ކޮންމެ ފަހަރަކު ސްކޫލް ބަންދާއި ހައްޖު މޫސުމަކީ ކަޅު ބާޒާރަށް އަންނަ ބޮޑެތި އީދުތަކެވެ. އީދުގައި ފެން ޖަހަން މީހުން ފަހަތުން ދުވާހެން ދިވެހިންނަށް ޖެހިފައި ވަނީ ޑޮލަރު ފަހާ ދުވާށެވެ. ރާއްޖޭގައި މިހާރު ވެސް ޑޮލަރުގެ މުއާމަލާތް ކުރުމަށް 200 އަށް ވުރެ ގިނަ ފަރާތަކަށް އެމްއެމްއޭ އިން ވަނީ ލައިސަންސް ދީފައެވެ. އަދި ހަމައެހެންމެ އެއް ގަވާއިދެއްގެ ދަށުން ބޭންކްތަކަށްވެސް ވަނީ އެ ހުއްދަ ދީފައެވެ. ނަމަވެސް މިހާރު ބޭންކުތަކުން އާއްމުކޮށް ޑޮލަރު ވިއްކައެއް ނޫޅެއެވެ. އަދި ބޭންކްތަކުން ޑޮލަރު ވިއްކި ޒަމާނުގައިވެސް ޑޮލަރު ވިއްކަމުންދަނީ އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓުގައެވެ.

އެހެންނަމަވެސް ޑޮލަރު ވިއްކުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަނުން ޢަމަލުކުރަނީ އެހެންނެއް ނޫނެވެ. ޑޮލަރު ވިއްކަމުން ދަނީ އޭރަކު ހިތަށް އެރި ރޭޓެއްގައެވެ. އެއީ އާއްމު މީހާ އަށް ކަތާ އަގެއްތޯ ވެސް ބަލާލުމެއް ނެތެވެ. އެމްއެމްއޭ އިން ނިކުމެގެން ހިނގާލާފައި ދެތިން މިނިޓުން ވަދެވޭ ގޮތަށް ހުރި މި ބުނާ " ޑޮލަރު މާރުކުރާ ފިހާރަ" ތަކުން އެކަމަކު މިއަދު ވެސް ޑޮލަރު ގަގަނެ ވިއްކަމުން އެ ދަނީ ކަނޑައަޅާފައިވާ ރޭޓަށް ވުރެ މާ މަތީގައެވެ. އަދި މީގެ އިތުރުން ވައިބަރ ގްރޫޕްތަކުގައި ކާކުކަން އެނގޭ ފަރާތްތަކުންވެސް ޑޮލަރުގެ މުއާމަލާތްތައް ކުރަމުންދަނީވެސް މާ ސިންގާ ބޮޑު ރޭޓުގައެވެ. މި ދެބައި އެކުލެވެގެން މި އުފެދެނީ ރަސްމީ ކަޅު ބާޒާރެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ރަސްމީ ކަޅު ބާޒާރުކަމަށް މި ދެންނެވީ ހަމަ ގަސްތުގައެވެ. އެހެނީ ކަޅު ބާޒާރުގައި ހާމައަށް ނުއަގުގައި ޑޮލަރު ވިއްކާތާ އެތައް އަހަރެއްވެގެން ދިޔައިރު އެކަން ބަލާނެ މީހަކު، ބެލެނިވެރިއަކު ނެތުމުންނެވެ. އެކަންކަމަށް ފިޔަވަޅު އަޅާނެ ގާނޫނެއް އޮވެމެ، ގަވާއިދުތައް ހުރެމެ، އަޅާނެ ފިޔަވަޅުތައް ހުރެމެ މިކަން ހުއްޓުވަން ނުކުޅެދިފައިވާތީއެވެ.

މިކަން ހުއްޓުވަން އުސޫލިތަކެއް ހެދީ އިއްޔެ އަކު މިއަދަކު ނޫނެވެ. ސާފުކޮށް ކަޅާއި ހުދުން 1 މާރިޗު 1987 ގައި ލިޔެ ޝާއިއުކޮށްފައިވާ އެމްއެމްއޭގެ ގަވައިދަށް ހަމަ އަމަލު ނުކުރަނީ ބާވައޭ ނުވަތަ ތަންފީޒު ނުކުރެވެނީ ބާވައޭ އަޅުގަނޑު ހިތަށް އަރައެވެ.މި ޤަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ އުސޫލުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ޑޮލަރުގެ ވިޔަފާރި ކުރާ ތަންތަން އެނގޭނެހެން ދިވެހި ބަހާއި އިނގިރޭސި ބަހުން ލިޔެފައި ހުންނަންވާނެ ކަމަށް އެބަ ބުނެއެވެ. އަދި ޑޮލަރު ގަނެ ވިއްކާ ރޭޓުތައް އާއްމުކޮށް ފެންނަން ހުންނަން ވާނެ ކަމަށް އެބަ ބުނެއެވެ.

މި ޤަވާއިދުގައި ވަރަށް ސާފުކޮށް، ވިއްކާ އަގުގެ އިތުރަސް އެހެން ކޮމިޝަނެއް ލައިގެން ނުވާނެ ކަމަށް ވެސް ބުނެފައިވެެވެ، އަދި ބޭރު ފައިސާ ގަނެ ވިއްކާ މީހުންނަށް ރަސީދެއް ދޭން ވާނެކަން ބަޔާންކޮށް އެ ރަސީދުގައި ފުރިހަވާން ޖެހޭ ޝަރުތުތައް ވެސް ހާމަކޮށްފައި އެބަހުއްޓެވެ. އެކަމަކު ކަން ހިނގަނީ އެހެންތޯއެވެ؟ ޑޮލަރުގެ ވިޔަފާރީގެ ނަމުގައި މީހުން ގުބޯ ހެއްދުންފަދަ އެތައް ނެއެއްގާނީ އަމަލެއް ހިނގަނީ މި އުސޫލުތަކަށް ނުބަލާތީއެވެ. ކަންކަން މަތީގައި ބިދޭސީން ޑޮލަރުގެ ވިޔަފާރިކުރަނީ އެކަން ބަލާނެ، ޒިންމާވާނެ ބަޔަކު ނެތީމައެވެ.

ޑޮލަރު ނުލިބުން ވާނެ ދަތި މި ސަރުކާރަށް ރޭކާލީ ބީއެމްއެލް އިން ކުރިކަމަށް ބުނާ " މާލީ ބަގާވާތަށް" ފަހުގައި ކަމަށް ދެންނެވިދާނެއެވެ. އޭގެ ކުރިން އެކި މިނިސްޓަރުން އަބަދުވެސް ވިދާޅުވަމުން ދިޔައީ މިވެނި މަހެއްގެ ކުރިން ޑޮލަރުގެ މައްސަލަ ހައްލުވާނެކަމަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ހުސް " ކަލް ދޯ ބަޖޭ" އެވެ.

މިހާރުވެސް އެމްއެމްއޭ އިން ވިދާޅުވަނީ ރެގިއުލޭޝަނަށް ބަދަލު ގެންނަ ވާހަކައެވެ. އެކަމަކު، ގާނޫނުތަކަށް ބަދަލު ގެނައި ނަމަވެސް ތަންފީޒު ކުރެވޭނެ ރަނގަޅު އުސޫލެއް ނެތް ނަމަ ކަޅު ބާޒާރު ދުއްވާ ނުވެލޭނެ އެވެ. އަގު ބޮޑުކޮށް ޑޮލަރު ގަނެ ވިއްކާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތައް އެޅެން އެބަޖެހެއެވެ.

ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ބޭންކްތައް މެދުވެރިކޮށް ޑޮލަރު ވިއްކޭނެ ނިޒާމެއް ދެ ހަފްތާ ތެރޭ އެކުލަވައި އެކުލަވައިލާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވެސް ވިދާޅުވިތާ މަސްދުވަސްވެގެން ދިޔައީއެވެ. އަދި ހައްލެއް ނެތެވެ. އެ ވާހަކައިގައި ވެސް "ކުރިން ބުނި އެތި ކެންސަލް" ވީ ތޯއްޗެކެވެ.

ބޭންކިން ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވަނީ މިވަގުތު އެންމެ މުހިއްމު ކަމަކީ ހަމައެކަނި ބޭންކުތައް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތްތައް ހިންގޭނެ ގޮތްތައް ފަހި ކުރުން ކަމަށެވެ. އެކަން ކުރުމުން ބޭންކުތަކަށް ބޭނުންވާ ކަންކަމަށް ޑޮލަރު ހުންނަ ވަރު އިތުރު ކުރެވޭނެއެވެ.

އެހެންވީމަ ކުރުކޮށް ދަންނަވަނީ ނަމަ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމުގެ ޤާބިލްކަމާއި ޤާނޫނީ ތަނަވަސްކަން އެބައޮތެވެ. ނެތީ އިޚުލާސްތެރި ނިޔަތެކެވެ.

އެމްއެމްއޭޑޮލަރުގެ ކަޅުބާޒާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ކޮންމެ ބޭންކަކުން ވެސް ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް ހަދައިފި

ކޮންމެ ބޭންކަކުން ވެސް ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް ހަދައިފި

25 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ފައިސާ ޗާޕު ކުރަން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އިސްތިއުފާ ދެއްވައިފި

ފައިސާ ޗާޕު ކުރަން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އިސްތިއުފާ ދެއްވައިފި

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު