Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

ކޯޓުއާ އަށް އަނިޔާވެއްޖެ

އަނިޔާގެ ސަބަބުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް އިން ލީލްއާ ދެކޮޅަށް ރެއާލް އިން ކުޅޭ މެޗުގައި ވެސް ކޯޓުއާ އަށް ނުކުޅެވޭނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2024 | އަންގާރަ 04:01
ރެއާލް މެޑްރިޑުގެ އެއް ނަންބަރު ގޯލު ކީޕަރު ތިބައޫ ކޯޓުއާ

ރެއާލް މެޑްރިޑުގެ އެއް ނަންބަރު ގޯލު ކީޕަރު ތިބައޫ ކޯޓުއާ

ސްޕެއިންގެ ރެއާލް މެޑްރިޑުގެ އެއް ނަންބަރު ގޯލު ކީޕަރު ތިބައޫ ކޯޓުއާ އަށް އަނިޔާވެއްޖެ އެވެ.

ކޯޓުއާ އަށް އަނިޔާވެފައި ވަނީ ސްޕެނިޝް ލީގުގައި ރެއާލް އިން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ކޯޓުއާ އަށް އަނިޔާވި ނަމަވެސް، އޭނާ ވަނީ މެޗު ފުރިހަމަ ކޮށްފަ އެވެ. އަދި އެ މެޗަށްފަހު ވަނީ ކޯޓުއާގެ އިތުރު މެޑިކަލްގެ ކަންކަން ކުރިއަށް ގެންގޮސްފަ އެވެ.

ރެއާލުން ހާމަކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ކޯޓުއާގެ މެޑިކަލް ޓެސްޓުތަކުން ދައްކާ ގޮތުގައި ކޯޓުއާގެ ވާއަތު ފައިގެ މަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ. އަދި އެ އަނިޔާގެ ސަބަބުން ދުވަސް ކޮޅެއް ވަންދެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ބައިނަލްއަޤުވާމީ ބްރޭކު ނިމުމުގެ ކުރިން، ކޯޓުއާ އަލުން އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ރެއާލާ ހަވާލާދީ ސްޕެއިންގެ މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.

އަނިޔާގެ ސަބަބުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް އިން ލީލްއާ ދެކޮޅަށް ރެއާލް އިން ކުޅޭ މެޗުގައި ވެސް ކޯޓުއާ އަށް ނުކުޅެވޭނެ އެވެ. އެ މެޗުގައި އޭނާގެ ބަދަލުގައި ރެއާލްގެ ގޯލު ބަލަހައްޓާނީ އެ ޓީމަށް ކުޅެމުން އަންނަ ޔޫކްރެއިންގެ ގޯލު ކީޕަރު އަންދްރޭ ލުނިން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ރެއާލަށް ބަދަލުވެ އެ ކުލަބުގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ކޯޓުއާ އަށް ވަނީ މި ފަހުން ގާތް ގާތުގައި އަނިޔާގެ މައްސަލަތަކެއް ދިމާވެފަ އެވެ. މިއަހަރުގެ ކުރީ ކޮޅު ކޯޓުއާ އަށް ލިބުނު އަނިޔާ އަކަށް ފަހު، އަލުން އެނބުރި ފަރިތަކުރުމަށް އައިސް ކުޅެމުން އަންނަނިކޮށް ވެސް އޭނާ އަށް ވަނީ އަނިޔާވެފަ އެވެ. އެ އަނިޔާއާ ގުޅިގެން ވެސް ގާތް ގަނޑަކަށް ދެ މަސް ދުވަހުގެ މުއްދަތެއް ވަންދެން އޭނާ ވަނީ ކުޅުމާ ދުރުގައި ހުރެފަ އެވެ.

ރެއާލް މެޑްރިޑްތިބައޫ ކޯޓުއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު