Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަލި މީހާގެ ރައްކާތެރިކަން

ބަލި މީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްވުމަކީ ސިއްހީ ނިޒާމަށް އިތުބާރާއި ޔަޤީންކަން ލިބިގެންދާނެ ކަމެއް - ސާޖިދާ

ސިއްހީ ކަންކަމުގައި ބަލި މީހާ އަށް ދޭ ރައްކާތެރިކަމަކީ ދިވެހިންގެ އިތުރުން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ލިބިދޭންޖެހޭ ހައްގެއް ކަމަށް އެ ކަމަނާ ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2024 | އާދީއްތަ 04:09
"ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސް 2024" ގެ ތެރެއިން

"ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސް 2024" ގެ ތެރެއިން

ބަލި މީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްވުމަކީ ސިއްހީ ނިޒާމަށް އިތުބާރާއި ޔަޤީންކަން ލިބިގެންދާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވި "ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސް 2024" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އައްޑޫ ސިޓީގައި ބޭއްވި އެ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ ބަލި މީހާގެ ރައްކާތެރިކަމަކީ ވަކި ކަމެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި އެއީ ކުރާ މަސައްކަތާއި ލާމެހިފައިވާ ކަމަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ސިއްހީ ކަންކަމުގައި ބަލި މީހާ އަށް ދޭ ރައްކާތެރިކަމަކީ ދިވެހިންގެ އިތުރުން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ލިބިދޭންޖެހޭ ހައްގެއް ކަމަށް އެ ކަމަނާ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ބަލިމީހާގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަކީ ޞިއްޙީ ނިޒާމުގައި ހިމެނޭ ހުރިހާފަރާތްތަކެއްގެ ޝާމިލުވުން ބޭނުންވާކަމެއްކަމުގައި ސާޖިދާ ފާހަގަކުރެއްވިއެވެ. ބަލިމީހާއަށް ފަރުވާ ދެވޭގޮތުންނާއި ދެވޭފަރުވާގެ ބާވަތުން ހަށިގަނޑަށް ބޮޑެތި ގެއްލުންވުމާއި ފުރާނައަށް ގެއްލުންވުމަކީ ބައެއް ފަހަރު ރާއްޖޭގައި ވެސް ތަޖުރިބާ ކުރެވޭކަމެއްކަމަށް ވާއިރު، ޚިދުމަތް ދިނުމުގައި ފަރުވާތެރިވެ މިފަދަ ކަންކަން މަދުކުރުމަށް ނުވަތަ ނައްތާލުމަށް އެ ކަމަނާ ވަނީ ޢިލްތިމާސްކުރައްވާފައެވެ.

ބަލި މީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ދުވަހުގެ ތާރީޙާއި އެ ދުވަހުގެ މުހިންމުކަމަށް ސާޖިދާގެ ވާހަކައިގައި ވަނީ އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން މި އަހަރު ބަލި މީހާގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވާ "ބަލި މީހާގެ ރައްކާތެރިކަމަށް ބަލި ދެނެގަތުމުގެ ފެންވަރު މަތިކުރުން" މި ޝިއާރަށް ވެސް ސާޖިދާ ވަނީ ބައްލަވާލައްވާފައެވެ. އެގޮތުން އެކަމަށްޓަކާ ހޮނިހިރު ދުވަހު އެކުލަވާލި ކޮމިޓީ އަކީ ބަލި ދެނެގަތުމުގެ މަރުހަލާ ފުރިހަމަކުރުމަށް އެޅުނު މުހިންމު ފިޔަަވަޅެއްގެ ގޮތުގައި ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ. ހޮނިހިރު ދުވަހު ބޭއްވި ކޮންފަރެންސަކީ ފުރިހަމަ ކޮންފަރެންސެއް ކަމަށާއި އެ ކޮންފަރެންސްގެ އަލީގައި މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށް ސާޖިދާ ވަނީ ވިދާޅުވެފައެވެ. އަދި ބަލި މީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުވައްޒަފުން ތަމްރީންކުރުމާއި މުވައްޒަފުން ތަމްރީންކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ކަމަނާ ފާހަގަކުރެއްވިއެވެ. ‎ހަމައެހެންމެ ބަލި މީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމުކަމަށް ސާޖިދާ ވަނީ އަލިއަޅުވާލައްވާފައެވެ.

ސާޖިދާ ވަނީ ކޮންމެ ވަގުތެއްގައިވެސް ބަލިމީހާގެ ރައްކާތެރިކަމަށް އިސްކަންދީގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ. ޤައުމީ ފެންވަރުގައި ހުރިހާ ލެވެލެއްގައި މަޝްވަރާކޮށް ނިންމުންތަކެއް ނިންމައި ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް މަސައްކަތްކުރުމަށް ވެސް ސާޖިދާ ވަނީ ގޮވާލައްވާފައެވެ. ‎ އަދި އެކަމުގައިމާއި ބަލިމީހުންގެ ސަލާމަތަށްޓަކައި އާ އުޞޫލުތަކާއި އާ ވަޞީލަތްތައް ތަޢާރަފުކުރުމުގެ މުހިންމުކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައެވެ.

މިއީ ރާއްޖޭގައި ބަލި މީހުންގެ ރައްކާތެރިކަމުގެ ދުވަސް މާލެ އިން ބޭރުގައި ފާހަގަކުރި ފުރަތަމަ ފަހަރެވެ. މި ކޮންފަރެންސްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ޕޭޝަންޓް ސޭފްޓީ ސްޓްރެޓެޖިކް ޕްލޭން" އިފްތިތާޙް ކޮށްދެއްވާފައެވެ. މީގެ އިތުރުން މި ކޮންފަރެންސްގައި "އިމްޕްރޫވިންގ ޑައިގްނޯސިސް ފޯރ ޕޭޝަންޓް ސޭފްޓީ"ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއްވެސް ބާއްވާފައިވެއެވެ. އެ ރަސްމިއްޔާތުގައި ފަރސްޓް ލޭޑީ ސާޖިދާ ވަނީ ޕޭޝަންޓް ސޭފްޓީ ކޮމިޓީ އިފްތިތާޙްކޮށްދެއްވައި އެކޮމެޓީގެ މެންބަރުންނަށް ޕިން ހަވާލުކޮށްދެއްވާފައެވެ.

. ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު