Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކްރޮސް ރޯޑްސްގެ 5 ވަނަ އަހަރީ ދުވަސް

ހިތްގައިމު ހަރަކާތްތަކަކާއި އެކު، ކްރޮސް ރޯޑްސް މޯލްޑިވްސްގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

މެހެމާނުންނަށް ފުރިހަމަ ވަގުތުކޮޅެއް ހޯދާ ދިނުމުގައި އަދިވެސް ދެމިތިބުމަށް ކްރޮސްރޯޑްސްގެ މުޅި ޓީމް އޮތީ ތައްޔާރަށެވެ.

ބައިވެރިންގެ ތެރެއިން ހޮވާލެވުނު ނަސީބުވެރިންނަށް ޚާއްސަ ހަދިޔާތަކެއް ވަނީ ދީފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2024 | ހޮނިހިރު 14:13
ކްރޮސް ރޯޑްސްގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތުގެ ތެރެއިން

ކްރޮސް ރޯޑްސްގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތުގެ ތެރެއިން

ހިތްގައިމު ހަރަކާތްތަކަކާއި އެކު، ކްރޮސް ރޯޑްސް މޯލްޑިވްސްގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

ހުކުރު ދުވަހު ހަވީރުން ފެށިގެން ރޭގަނޑާއި ހަމައަށް ދެމިގެން ދިޔަ މި ހަރަކާތުގައި ކްރޮސް ރޯޑްސްގެ އަހަރީ ދުވަހުގެ އިތުރުން، ފަތުރުވެރިކަމުގެ ދުވަސް ވެސް ވަނީ ފާހަގަކޮށްފައެވެ. ދަރިވަރުންނާއި، މީޑިއާ އަދި އިންޑަސްޓްރީ ޕާޓްނަރުން ހިމެނޭހެން ކުރިއަށް ދިޔަ އެ ހަރަކާތް ކުރިއަށް ދިޔައީ ލައިވް މިއުޒިކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ހިމެނޭ ގޮތަށް އެންމެންނަށް ޝާމިލް ވެވޭ ފަދަ އެކުވެރި މާހަައުލެއްގައެވެ.

އެ ހަރަކާތުގެ ބައިވެރިންނަށް ހާޑްރޮކް ކެފޭގައި މަރުޚަބާކިޔާފައި ވަނީ ބޮޑުބެރުގެ ހަރަކާތްތަކާއި އެކުގައެވެ. އެ ހަރަކާތުގެ ތެރޭގައި ދުނިޔޭގެ މަޤްބޫލް ޕަރފޯމެންސް ގްރޫޕެއްކަމަށްވާ އާބްރާކަޑަބްރާގެ ހުށަހެޅުމެއް ވަނީ ހުށަހަޅާދީފައެވެ. އެ ހަރަކާތުގައި ހާޑްރޮކް ހޮޓެލް މޯލްޑިވްސްގެ ރިސޯޓް މެނޭޖަރ މުހައްމަދު އާދިލް އާއި، މެރިން ބައޮލޮޖިސްޓް (ކްރޮސްރޯޑްސް މެރިން ޑިސްކަވަރީ ސެންޓަރ) ލަލިތްޕަތް ޕަންނިތީ ފަދަ ބެބޭފުޅުން ވަނީ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަދައްކަވާފައެވެ. އަދި ބައިވެރިންގެ ތެރެއިން ހޮވާލެވުނު ނަސީބުވެރިންނަށް ޚާއްސަ ހަދިޔާތަކެއް ވަނީ ދީފައެވެ. ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ހާޑްރޮކް ހޮޓެލް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ ފެޑްރިކް ވިދާޅުވީ އެ ހަރަކާތަށް ވަރަށް ހޫނު ތަރުޚީބެއް ލިބުނު ކަމަށާއި، ހަރަކާތް ކުރިއަށް ދިޔަ ގޮތާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މެހެމާނުންނަށް ފުރިހަމަ ވަގުތުކޮޅެއް ހޯދާ ދިނުމުގައި އަދިވެސް ދެމިތިބުމަށް ކްރޮސްރޯޑްސްގެ މުޅި ޓީމް އޮތީ ތައްޔާރަށްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލޭއާ އެންމެ 15 މިނެޓް ދުރުގައި އޮންނަ ކްރޮސްރޯޑްސް މޯލްޑިވްސް އަކީ "އެއް ޖަޒީރާ، އެއް ރިސޯޓް" ތަޖުރިބާ އެންމެ ފުރިަހަމައަށް ހިއްސާކޮށްލެވޭނެ އެއް ރިސޯޓެވެ. ތިން ރިސޯޓާއި، ލެޖެންޑަރީ ހާޑް ރޮކް ކެފޭއާއި، ތަފާތު ރީޓެއިލް އަދި ޑައިނިންގްތަކާއި، ފޯރިގަދަ އެކްސްކަޝަންތަކާއި، ސްޕާ އޮފާތަކާއެކު އެކުލަވާލާފައިވާ މި ރިސޯޓަކީ ހިތްހަމަ ޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލުމަށް އެންމެ އެކަށޭނެ އެއް މާހައުލެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް ވެފައި ވަނީ ފާއިތުވި 5 ވަރަކަށް އަހަރު ދުވަސް ތެރޭގައި ފަތުރުވެރިންގެ އިތުރުން ދިވެހިން މަޤްބޫލުކަން އިންތިހާއަށް ހޯދާފައިވާ ތަނަކަށެވެ. ކްރޮސްރޯޑްސްގައި ދުނިޔޭގެ ފެންވަރުގެ އެކޮމޮޑޭޝަންތަކާއި، މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދެއެވެ. އެގޮތުން ކްރޮސްރޯޑްސް މޯލްޑިވްސް އިން ތަފާތު އެކިއެކި އެކޮމޮޑޭޝަން އޮޕްޝަންތަކުގެ ތެރޭގައި ބީޗް ވިލާ، އޯވަވޯޓާ ވިލާ، އަދި ސުއިޓް ފަދަ ތަންތަން ހިމެނެ އެވެ. މިއިން ކޮންމެ އެކޮމޮޑޭޝަން ވައްތަރަކީ ވެސް މެހެމާނުންނަށް ލަގްޒަރީ އަދި އަރާމު ތަޖުރިބާ އެއް ފޯރުކޮށްދޭނެ އެކޮމޮޑޭޝަންއެކެވެ. ރާއްޖެ އެމްވީ އާއި ވާހަކަދައްކަވަމުން ފެޑްރިކް ވަނީ މިތަނުގައި ދިވެހިންނާއި ބިދޭސީންނަށް ވެސް ވަރަށް ފުރިހަމަ ތަޖުރިބާ އެއް ކުރެވޭނެކަން ފާހަގަކޮށްފައެވެ. ގުދުރަތީ ރީތިކަމާއި، ވޯޓާ ސްޕޯޓްސްގެ އިތުރުން މުއްސަނދި ސަޤާފީ ކަންކަން ވެސް އެއްތަނަކުން ތަޖުރިބާކޮށްލުމުގެ ފުރުސަތު މިތަނުން ލިބޭނެކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ރެސްޓޯރެންޓްތަކާއި ބާތަކާއި ސްޕާ އަދި ވެލްނެސް ސެންޓަރާއި ސްވިމިން ޕޫލްތަކާއި ފިޓްނަސް ސެންޓަރު ހިމެނޭ މި ރިސޯޓްގައި ސްނޯކްލިން އާއި ޑައިވިން ފަދަ ވޯޓާ ސްޕޯޓްސް ހަރަކާތްތަކުގެ އިތުރުން އެކްސްކަޝަންތައް ވެސް ތަޖުރިބާކޮށްލެވޭނެއެވެ. މީގެ އިތުރުން މިތަނުން ލިބެން ހުންނަ މީރު ކެއުންތަކުގެ ތެރެއިން ބައިނަލްއަޤްވާމީ ކެއުންތަކާއި ދިވެހި މީރު ރަހަތައް ހިމެނޭ ގޮތަށް ތަފާތު ވައްތަރުގެ ކެއުންތައް ލިބެން ހުރެއެވެ. ކްރޮސްރޯޑްސް ފަރުމާކޮށްފައިވަނީ ދަތުރުވެރިންނަށް އަރާމުކޮށް، ތާޒާވެލާ ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ތަނެއްގެ ގޮތުގައެވެ. ކްރޮސްރޯޑްސްގެ ޚާއްސަ އަނެއްކަމަކީ މި ތަނުގައި ހިމެނޭ މެރިން ޑިސްކަވަރީ ސެންޓަރަކީ ރާއްޖޭގެ ޚާއްސަ މެރިން އިކޯސިސްޓަމް ހިމާޔަތްކޮށް ކުރިއެރުވުމަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ އިމަރސިވް ކޮންޒަވޭޝަން ތަޖުރިބާއަކަށްވުމެވެ. އެގޮތުން މެރިން ބަޔޮލޮޖީ ލެބޯޓްރީއަކާއި ކޯރަލް ޕްރޮޕެގޭޝަން އަދި ކްލޯންފިޝް ރިލީޒް ޕްރޮގްރާމަކާއެކު ސްކޫބާ ޑައިވިން، ސްނޯކްލިން، ކޯރަލް ނާސަރީ އެކްސްޕްލޯރޭޝަން އަދި މެރިން ކޮންޒަވޭޝަން ޕްރޮގްރާމްތައް ފަދަ އިންޓަރެކްޓިވް ހަރަކާތްތައް މި ތަނުން ލިބެން ހުންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫ އިން "ޓޫ ތައުސަން އައިލްސް"އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އުރީދޫ އިން "ޓޫ ތައުސަން އައިލްސް"އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

02 ޖޫން 2017
ސުޕަމާޓް ރަމަޟާން ބާޒާރު ބޮޑެތި ޑިސްކައުންޓް ތަކާއެކު ފަށައިފި

ސުޕަމާޓް ރަމަޟާން ބާޒާރު ބޮޑެތި ޑިސްކައުންޓް ތަކާއެކު ފަށައިފި

24 އެޕްރީލު 2017
އީވޯގެ ސެލްފީ ޕްރޮމޯޝަނާ އެކު 40,000ރ.ގެ ގިފްޓް ވައުޗަރެއް

އީވޯގެ ސެލްފީ ޕްރޮމޯޝަނާ އެކު 40,000ރ.ގެ ގިފްޓް ވައުޗަރެއް

19 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު