Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ކޭންގެ ހަތަރު ލަނޑާ އެކު، ބަޔާނަށް ނުވަ ލަނޑުގެ މޮޅެއް

18 ސެޕްޓެމްބަރު 2024 | ބުދަ 06:53

އެއާއެކު ކޭން ވެގެމް ގޮސްފައި ވަނީ ޔޫރަޕުގެ މަތީ ފަންތީގެ މުބާރާތެއްގައި، އިންގްލެންޑުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ސެޕްޓެމްބަރު 2024 | ބުދަ 06:53
މެޗުގައި ލަނޑު ޖެހުމަށްފަހު ކޭން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ކޭން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކުން ޑައިނަމޯ ޒަގްރެބްއާ ދެކޮޅަށް ކުޅުނު މެޗުން ނުވަ ލަނޑުގެ ބޮޑު މޮޅެއް ހޯދައިފި އެވެ.

އައު ފޯމެޓުގެ ޗެމްޕިއަންސް ލީގުގެ ދަށުން ބަޔާންގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 9-2ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން ވަނީ ތިން ލަނޑު ޖަހައި ލީޑު ނަަގައިފަ އެވެ. ދެ ވަނަ ހާފުގައި ޑައިނަމޯ ޒަގްރެބް އިން ދެ ލަނޑު ޖެހިއިރު، ބަޔާނުން ވަނީ އިތުރު ހަ ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން 19 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގަދިނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. އެއީ ބަޔާނަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން ކޭން ޖެހި ލަނޑެކެވެ. ފުރަތަމަ ހާފުގައި ބަޔާންގެ އަނެއް ދެ ލަނޑު ޖެހީ ރަފައެލް ގަރޭރޯ އަދި މައިކަލް އޮލީސޭ އެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ޑައިނަމޯ ޒަގްރެބް އިން ދެ ލަނޑު ޖެހި އެވެ. އެއީ މެޗުގެ 49 ވަނަ މިނެޓުގައި ބްރޫނޯ ޕެޓްކޮވިޗް ޖެހި ލަނޑާއި، މެޗުގެ 50 ވަނަ މިނެޓުގައި ޓަކޫޔާ އޮގިވާރާ ޖެހި ދެ ލަނޑެވެ. ދެ ލަނޑާ އެކު އެ ޓީމުން ފަރަގު ކުޑަ ކުރި ނަމަވެސް، ބަޔާނުން ވަނީ އިތުރު ހަ ލަނޑު ޖަހައިފަ އެވެ.

ދެ ވަނަ ހާފުގައި ކޭން ވަނީ އިތުރު ތިން ލަނޑު ޖަހައި، މެޗުގައި ހަތަރު ލަނޑު ހަމަކޮށްފަ އެވެ. އެއާއެކު ކޭން ވެގެމް ގޮސްފައި ވަނީ ޔޫރަޕުގެ މަތީ ފަންތީގެ މުބާރާތެއްގައި، އިންގްލެންޑުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ. މެޗުގައި ބަޔާންގެ އަނެއް ލަނޑުތައް ޖެހީ، އޮލީސޭގެ އިތުރުން، ލެރޯއީ ސާނޭ އަދި ލެއޯން ގޮރެޓްޒްކާ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބަޔާން މިއުނިކްހެރީ ކޭން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް