Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމައާ ބެހޭ މަޝްވަރާތަކަށް އެމެރިކާގެ ޚާރިޖީ ވަޒީރު މިއަދު މިސްރަށް ވަޑައިގަންނަވާނެ

ހަމާސް އިން ދެކޭ ގޮތުގައި އަނެއްކާވެސް އެމެރިކާއިން އައު ހުށަހެޅުމެއް ހުށަހަޅައިގެން ކުރަން ފަށަން އުޅެނީ ކުރިންވެސް ފެއިލްވެފައިވާ މަސައްކަތެކެވެ.

ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2024 | އަންގާރަ 07:47
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންތަނީ ބްލިންކެން އަންގާރަ ދުވަހު މިޞްރަށް ދަތުރުފުޅެއް ކުރައުރައްވާނެކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

މި ދަތުރުފުޅުގައި ޣައްޒާގެ ހަނގުރާމަ ހުއްޓުވުމާއި، ހަމާސްގެ ބަންދުގައި ތިބި އިޒްރޭލުގެ ރަހީނުން ދޫކޮށްލުމާ ބެހޭގޮތުން މިޞްރުގެ އިސްވެރިންނާ މަޝްވަރާ ކުރައްވާނެއެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ވޮޝިންގްޓަނާއި އެކުގައި މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ގަތަރާއި މިޞްރުން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ. ބްލިންކަންގެ މި ދަތުރުފުޅާ ބެހޭ ގޮތުން ހަމާސްގެ އޮފިޝަލަކު ބުނެފައިވަނީ، އެމެރިކާއިން ސުލްހަ ގާއިމް ކުރުމުގެ ނަމުގައި ކުރާ މަސައްކަތުގައި ހަމަލާތައް ހުއްޓުވުމަށް އިޒްރޭލަށް ޕްރެޝަރ ކުރަމުންނެއް ނުދެއެވެ. ހަމާސް އިން ދެކޭ ގޮތުގައި އަނެއްކާވެސް އެމެރިކާއިން އައު ހުށަހެޅުމެއް ހުށަހަޅައިގެން ކުރަން ފަށަން އުޅެނީ ކުރިންވެސް ފެއިލްވެފައިވާ މަސައްކަތެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް މިހާރު އޮތް އެންމެ ބޮޑު ދެ ހުރަކީ މިސްރާއި އިޒްރޭލު ވަކިކުރާ ސަރަހައްދީ ރޮނގުގައި އޮންނަ ފިލަޑެލްފިއާ ކޮރިޑޯގައި އިޒްރޭލު ސިފައިން ދާއިމީ ގޮތެއްގައި ބޭތިއްބުމަށް އިޒްރޭލުން ގޮތްދޫނުކޮށް ބާރުއެޅުމާއި ހަމާސް އާއި އިޒްރޭލާ ދެމެދު ހައްޔަރު ކޮށްފައިތިބި ދެ ގައުމުގެ މީހުން ބަދަލު ކުރާނެ ގޮތުގެ ތަފްސީލްތަކަށް އެއްބަސް ނުވެވުން ކަމަށްވެއެވެ. މިސްރުން ބުނެފައިވަނީ ފިލެޑެލްފިއާ ކޮރިޑޯގައި ދާއިމީ ގޮތެއްގައި އިޒްރޭލް ސިފައިން ބައިތިއްބަން އެއްބަސް ނުވާނެ ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބްލިންކަންގެ ދަތުރުފުޅާ ބެހޭ ގޮތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ހުރިހާ ރަހީނުން ދޫކޮށްލުމާއި، ފަލަސްތީން ރައްޔިތުންގެ ތަކުލީފްތަކަށް ލުއިހޯދައިދިނުމާއި، ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމަށް މަގުފަހިވާނެ އެއްބަސްވުމަކަށް އާދެވޭތޯ މަޝްވަރާ ކުރައްވާނެކަމަށެވެ.

އިޒްރޭލުން ހުއްޓުމެއްނެތި ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 41،000ށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު