Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާ އޮތީ ރަނގަޅު ހިސާބެއްގައި، ފްލިކް ހުރީ ހަމަޖެހިގެން

މިހާތަނަށް ކުޅުނު ފަސް މެޗުން މޮޅުވެ، 15 ޕޮއިންޓާއެކު ބާސެލޯނާ އެއް ވަަނައިގައި އޮތްއިރު، ލީގުގައި ދެން ޓީމު ނިކުންނާނީ ވިޔަރެއާލްއާ ދެކޮޅަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ސެޕްޓެމްބަރު 2024 | އަންގާރަ 04:24
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ސްޕެއިންގެ ބާސެލޯނާ މިވަގުތު އޮތީ ރަނގަޅު ހިސާބެއްގައި ކަމަށާއި، އޭނާ ވެސް ހުރީ ހަމަޖެހިގެން ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ފްލިކް މިހެން ބުނީ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ޖިރޯނާގެ ދަނޑުގައި ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ. އައު ސީޒަނާ ދިމާކޮށް ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ޖަރުމަނުގެ ފްލިކްގެ އިރުޝާދުގެ ދަށުން، ބާސެލޯނާ އިން އަންނަނީ ރަނގަޅު ނަތީޖާއެއް ހޯދަމުންނެވެ.

އެމެޗަށްފަހު ވާހަކަ ދައްކަމުން ފްލިކް ބުނީ، މިއީ ސީޒަންގެ އެންމެ ކުރީކޮޅު ކަމަށެވެ. މިހާތަނަށް އައިއިރު ބާސެލޯނާގެ ފަރާތުން ފެންނަނީ ރަނގަޅު ކުޅުމެއް ކަމަށާއި، ހަމަޖެހިގެން، މެޗަށް ފޯކަސް ކޮށްގެން އަދި ބޭނުންވާ ގޭމު ކުޅެވޭ މަންޒަރު ފެންނަ ކަމަށް ވެސް ފްލިކް ބުންޏެވެ. ޖިރޯނާ އަކީ ވެސް ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު އުނދަގޫކަން ފާހަގަކޮށް ފްލިކް ބުނީ، ބާސެލޯނާ އަށް ލިބުނީ ޙައްޤު މޮޅެއް ކަމަށެވެ.

މީގެ އިތުރުން ފްލިކް ބުނީ މެޗު ފެށިގެން ހަތަރު ވަނަ ލަނޑު ޖެހުމާާ ހަމައަށް ވެސް، ބާސެލޯނާ އިން ކުޅެމުން ދިޔައީ އޭނާ ބޭނުންވި ގޮތަށް ކަމަށެެވެ. ފުރަތަމަ ހާފު ނިމުނުއިރު ބާސެލޯނާ އޮތީ ދެ ލަނޑު ޖަހައިގެން ކުރީގަ އެވެ. ފްލިކް ބުނީ މެޗުގެ ހާފް ޓައިމްގައި ވެސް އޭނާ ކުޅުންތެރިންނާ ވާހަކަ ދެއްކި ކަމަށާއި، އިތުރު ލަނޑުތަކެއް ޖަހާނެ ގޮތްތަކެއް ބުނެދީފައިވާނެ ކަމަށެވެ. އޭގެ ފަހުން ދެ ވަނަ ހާފަށް ނިމުނެ ޑެނީ އޮލްމޯގެ ލަނޑެއް ހާފުގެ ކުރީ ކޮޅު ފެނުނުކަން ވެސް ފްލިކް ވަނީ ފާހަގަ ކޮށްފަ އެވެ.

ފްލިކް ބުނީ ބާސެލޯނާގެ ކުޅުންތެރިން އަދި ޓީމުގެ ނަތީޖާއާ މެދު އޭނާ އުފާވާ ކަމަށެވެ. އޭނާ ބުނީ ބާސެލޯނާ އިން ކުރަމުން އަންނަނީ ބުރަ މަސައްކަތެއް ކަމަށާއި، އެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް ތަކުރާރު ކުރަން ޖެހޭނެ ކަމަށެވެ. އޭނާ އާއި ބާސެލޯނާގެ ކުޅުންތެރިން ވެސް ތިބީ އެ އަމާޒުގައިކަން ފާހަގަކޮށް ފްލިކް ބުނީ، ބޭނުން ވަނީ މެޗަކަށްފަހު މެޗަކުން މޮޅުވެގެން ކުރިއަށް ދާން ކަމަށެވެ. ޚާއްސަކޮށް ބާސެލޯނާ އާއެކު ކާމިޔާބާ ހަމައަށް ދެވިދާނެ ކަމަށް ވެސް ފްލިކް ޤަބޫލު ކުރެ އެވެ.

މިހާތަނަށް ކުޅުނު ފަސް މެޗުން މޮޅުވެ، 15 ޕޮއިންޓާއެކު ބާސެލޯނާ އެއް ވަަނައިގައި އޮތްއިރު، ލީގުގައި ދެން ޓީމު ނިކުންނާނީ ވިޔަރެއާލްއާ ދެކޮޅަށެވެ. އޭގެ ކުރިން ޔުއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ބާސެލޯނާ ނިކުންނާނީ މޮނާކޯއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު